ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް މަދޫރީ ޑިކްސިޓްގެ އަލަތު ވެބް ސީރީޒް ”ފައިންޑިންގ އަނާމިކާ“ގެ ނަން “ދަ ފޭމް ގޭމް” އަށް ބަދަލުކޮށް ފެބްރުއަރީ 25 ގައި ރިލީޒްކުރަން ނިންމައިފިއެވެ.

“އޭނާގެ ދުނިޔެއަކީ ބީރައްޓެހި ދުނިޔެއެއް. އޭނާގެ ވާހަކައަކީ ކިޔައިނުދީ އޮތް ވާހަކައެއް. ނަމަވެސް މިހާރު އޭނާ ދުނިޔެ ކުރިމައްޗަށް އެ އަންނަނީ އޭނާގެ ވާހަކަ ހިފައިގެން. “ދަ ފޭމް ގޭމް” ސީރީޒް، ނެޓްފްލިކްސްގައި ދައްކަން ފަށާނީ 25 ފެބްރުއަރީގަ.” ވެބް ސީރީޒް “ދަ ފޭމް ގޭމް”ގެ ޕޯސްޓަރެއް އިންސްޓަގްރާމްގައި އާއްމުކުރަމުން ބޮލީވުޑްގެ ‘ދަކް ދަކް އެކްޓްރެސް’ މަދޫރީ ބުނެފައިވެއެވެ.

 

View this post on Instagram

 

A post shared by Madhuri Dixit (@madhuridixitnene)

މި ސީރީޒްގެ ރަސްމީ ކުރު ޚުލާޞާ (އޮފިޝަލް ސިނޮޕްސިސް)ގައި ލިޔެފައި ވަނީ، “ބޮލީވުޑްގެ މަޝްހޫރު ބަޠަލާ އަނާމިކާ އާނަންދަށް ހުރިހައި ކަމެއް ހާސިލްވެފައި ވިޔަސް، އޭނާގެ ދިރިއުޅުން އެންމެ ފުރިހަމަ ހެއްޔެވެ؟ ނުވަތަ އޭނާގެ ދިރިއުޅުމަކީ ދުނިޔެއަށް ދައްކާފައިވާ ކެހިވެރި ދަޅައެއް ހެއްޔެވެ؟ ދިހުން އަރާ އޮފުދާރުކަމާ މަޝްހޫރުކަމާއި ދެމެދުގައި އޮންނަ ޙަޤީޤަތާއި އަސްލާއި ދެމެދުގައި ފުސްކަމެއް ވެއެވެ. “ދަ ފޭމް ގޭމް” (ފައިންޑިންގ އަނާމިކާ)ގައި އަހަރުމެން ގެންގޮސްދޭނީ ސުޕަރސްޓަރ އަނާމިކާގެ ދުނިޔެއަށެވެ. އަނާމިކާގެ ރޯލު ކުޅެފައިވަނީ އަބަދަށް ފެހި، ހިތްގައިމު ބަޠަލާ މަދޫރީ ޑިކްސިޓް އެވެ. މި ސީރީޒް ޕްރޮޑިއުސްކޮށްފައިވަނީ ދަރްމެޓިކް އެންޓަޓެއިންމެންޓުންނެވެ. މިއީ މަދޫރީގެ އަލަތު ވެބް ސީރީޒެވެ.”

“ދަ ފޭމް ގޭމް”ގައި ކިޔައިދޭނީ ކައިވެނިކޮށް ދަރިންވެސް ލިބިފައިވާ މަޝްހޫރު ފިލްމީ ބަތަލާ އަނާމިކާއަށް ވީނުވީއެއް ނޭނގި ކުއްލިއަކަށް ގެއްލުމާ ގުޅިގެން އޭނާ ހޯދަން އާއިލާއިން ކުރާ މަސައްކަތުގެ ތެރޭގައި ދިމާވާ ހާދިސާތަކެކެވެ

މި ސީރީޒުން ފެނިގެންދާނެ މުހިންމު ތަރިންގެ ތެރޭގައި ސަންޖޭ ކަޕޫރު، މާނަވް ކޯލް، ލަކްޝްވީރު ސަރަން، ސުހާސިނީ މުލޭ އަދި މުސްކާން ޖެފްރީ ހިމެނެ އެވެ.

“ދަ ފޭމް ގޭމް”ގެ ޑައިރެކްޓަރުންނަކީ ބިޖޯއި ނަމްބިއާ އާއި ކަރިޝްމާ ކޯލީ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.