ބޮލީވުޑްގެ އެއްމެ ޑިމާންޑްބޮޑު އެކްޓަރ އަކްޝޭ ކުމާރުގެ އަތުގައި މިވަގުތުވެސް ހައެއްކަ ފިލްމުގެ މަސައްކަތް އެބަ އޮތެވެ. ހުއްޓުމެއް ނެތި އަކްޝޭ އަބަދުހެން އުޅެމުންދަނީ ފިލްމެއްގެ ޝޫޓިންއެއްގަ އެވެ. ކިތައްމެ ބުރަކޮށް އުޅުނަސް، އިތުރު ފިލްމުތަކުގައި ސޮއެކުރުން އޭނާ ހުއްޓައެއް ނުލައެވެ.
ރިޕޯޓްތައް ބުނާގޮތުން ސުޕަރސްޓަރ އަކްޝޭ ކުމާރު އަނެއްކާވެސް މިވަނީ އައު ފިލްމެއްގައި މަސައްކަތްކުރުމަށް ސޮއެކޮށްފައެވެ. އެ ފިލްމަކީ ތަމަޅަ ފިލްމު “ސޫރަރައި ޕޮޓްރޯ”ގެ ރަސްމީ ހިންދީ ރީމޭކް ކަމަށް ރިޕޯޓްތައް ބުނެއެވެ.
“ސޫރަރައި ޕޮޓްރޯ” އަކީ ‘އެއަރ ޑެކަން’ގެ ފައުންޑަރ ކެޕްޓަން ޖީ.އާރް ގޯޕީނާތުގެ ދިރިއުޅުމަށް ބިނާކޮށްގެން އުފައްދާފައިވާ އަސަރުގަދަ ހަޔާތުނާމާ ޑްރާމާއެކެވެ. މި ފިލްމުގެ ލީޑް ކުޅެފައިވަނީ ސޫރްޔާ އެވެ.
މަޢުލޫމާތު ލިބޭގޮތުން، މި ފިލްމުގައި އަކްޝޭ ހިމެނުމާމެދު ވާހަކަތައް ދެކެވެމުން އަންނަތާ މިހާރު ހައެއްކަ މަސް ވެދާނެއެވެ. އަދި މިދިޔަ އަހަރު މި ފިލްމަށް އަކްޝޭ ކުމާރް އަނގަބަހުން އާނ ބަސް ބުނެފައިވާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ. މީގެ އިތުރުން ރަސްމީ ލިޔެކިޔުންތަކުގައި ދާދި ފަހުން އަކްޝޭ ސޮއެކޮށްފައި ވާކަމަށްވެސް މަސްދަރަކުން ބުނެއެވެ.
އަކްޝޭ ކުމާރް ދެން އެންމެ އަވަހަށް ފިލްމަކުން ފެންނާނީ ފަރްހާދު ސަމްޖީގެ “ބައްޗަން ޕާންޑޭ” އިންނެވެ. މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މި އަހަރު މާރިޗް މަހު 18 ގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 10 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާއިން ރެކޯޑެއް މުގުރާލައިފި
- 9 އޭޕްރިލް 2025ޚަބަރުރާއްޖޭގެ “ޓޫ އޮފްއަސް” ބޭންޑުން އިންޑިއާގެ ޖަޖުން އާޝޯޚްކޮށްލާ ފަދަ ހުށައެޅުމެއް!
- 9 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާ އަދި ލަވަތަކަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް!
- 6 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުގެ ޓިކެޓް ބްކިން މިއަދު ފަށަނީ!