މިދިޔަ އަހަރު ޑިސެމްބަރު 09 ވަނަ ދުވަހު ރާޖަސްތާނުގައި ކައިވެނި ކުރި މަޝްހޫރު ބޮލީވުޑް ތަރި ކެޓްރީނާ ކައިފް އާއި ވިކީ ކޯޝަލް އަށް މަޝްހޫރު އެކްޓަރ ސަލްމާން ޚާން ކައިވެނީގެ މަރުޙަބާކިޔައިފި އެވެ. ކެޓްރީނާގެ ކައިވެންޏަށް ސަލްމާން މަރުޙަބާ ކިޔީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ދެއްކި ބިގްް ބޮސް ފިނާލޭގަ އެވެ.
ބިގް ބޮސް 15ގެ ފިނާލޭގައި ކުރީ އަހަރު ބިގް ބޮސް ކާމިޔާބުކުރި ތޭޖަސްވީ ޕްރަކާޝް ވެސް ބައިވެރިވި އެވެ. ކުރީގެ ސީޒަންތައް ކާމިޔާބުކުރި ފަރާތްތަކަށް މި ޝޯވގެ ހޯސްޓް ސަލްމާން ޚާން މަރުޙަބާކިޔާފައި ވެއެވެ. އޭގެ ތެރޭގައި ގޯހަރް ޚާން، ރުބީނާ ޑިލައިކް، އުރްވަޝީ ދޮލަކިއާ، ގޯތަމް ގުލާޓީ އަދި ޝްވޭތާ ތިވާރީ ހިމެނެއެވެ.
ބިގް ބޮސް 15 ފިނާލޭ ޝޯވ ނިމެން ކައިރިވެފައި ވަނިކޮށް، ‘ޗިކްނި ޗަމޭލީ’ ލަވައަށް ރާކީ ސާވަންތު އަދި ރުބީނާ ޑިލައިކް އާއެކު ސަލްމާން ޚާން ނެށިއެވެ. އެ ނެށުމަށްފަހު، ސްޕަރސްޓަރ ސަލްމާން ޚާން، ކެޓްރީ ކައިފް އާއި ވިކީ ކޯޝަލްއަށް ކައިވެނީގެ މަރުހަބާ ކިޔީ “ޝާދީ މުބާރަކް ހޯ، ކެޓްރީނާ” މިހެން ބުނަމުންނެވެ.
View this post on Instagram
ސަލްމާން ޚާން އަދި ކެޓްރީނާ އެކުގައި ކާމިޔާބު އެތަކެއް ފިލްމުތަކެއްގައި މަސައްކަތް ކޮށްފައިވެއެވެ. އެގޮތުން، “މެއިނޭ ޕިޔާރް ކިޔޫނ ކިޔާ (2005)”، “ޕާރޓްނަރ (2007)”، “އޭކް ތާ ޓައިގަރ (2012)”، “ޓައިގަރ ޒިންދާ ހޭ (2017)”، އަދި “ބާރަތު ު(2019)” ހިމެނެއެވެ.
މި ދެ ތަރިން އެކުގައި ދެން އެއްމެ އަވަހަށް ފެނިގެންދާނީ ފްރެންޗައިޒް ފިލްމު “ޓައިގަރ 3″ން ނެވެ. މިއީ މަނީޝް ޝަރްމާ ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ މި އަހަރު ޖޫން މަހުގެ ފަހުންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 އޭޕްރިލް 2025ޚަބަރު“ހިލޭ ޓީވީ” މެދުވެރިކޮށް ސުމާރެއްނެތްހާ ގިނަ ޗެނަލްތައް ހިލޭ ބަލައިލެވޭނެ
- 20 އޭޕްރިލް 2025ޚަބަރު“އަބަދަށް” ޕްރިމިއާ ނައިޓްގަ ރަށްރަށުގައި ދެއްކުމުގެ ފުރުޞަތުހުޅުވާލައިފި
- 20 އޭޕްރިލް 2025ހޮލީވުޑް“ޓޫ އޮފް އަސް” އިން ހުށައެޅީ ބަދަން ޕޭ ސިތާރޭގެ ޓޫ ޕޮއިންޓް އޯ ވާރޝަނެއް – ޝްރަދާ ޕަންޑިތު
- 19 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ބޭންޑްގެ ހަތަރުވަނަ ހުށައެޅުން 19 އޭޕްރީލްގައި