ބޮލީވުޑްގެ ‘ކިލާޅީ’ އަކްޝޭ ކުމާރް އަދި އިމްރާން ހާޝްމީގެ ފިލްމު “ސެލްފީ”ގެ ޝޫޓިން މިމަހުގެ ފަހުކޮޅު ފަށަން ހަމަޖެހިއްޖެއެވެ. މި ފިލްމު ޑައިރެކްޓްކުރާނީ “ގުޑް ނިއުޒް (2021)”ގެ ހުންގާނުގައިވެސް ހުރި ރާޖް މެހްތާ އެވެ.
ދަރްމާ ޕްރޮޑަކްޝަންގެ ދަށުން ކަރަން ޖޯހަރް ޚަރަދުކުރާ ފިލްމު “ސެލްފީ” އަކީ މަލަޔާޅަމް ހިޓް ފިލްމު “ޑްރައިވިން ލައިސަންސް (2019)”ގެ ރީމޭކެކެވެ.
ފިލްމު “ސެލްފީ” ރިލީޒްކުރާނީ އޯޓީޓީ ޕްލެޓްފޯމެއްގައި ކަމަށް ފެތުރެމުންދާ އަޑުތަކަށް ރިއާޔަތްކޮށް، ދަރްމާ ޕްރޮޑަކްޝަންސްގެ ސީއީއޯ އަޕޫރްވާ މެހްތާ އެކަން ސާފުކޮށްދެމުން ބުނީ، މީހުން އެ ވާހަކަތައް އަބަދުވެސް ދައްކާ ކަމަށާ މީހުން އެ ވާހަކަތައް ޤަބޫލުވެސްކުރަމުން އަންނަ ކަމަށެވެ.
“އަހަރުމެން މިހާރު އެ ފިލްމު އުފައްދަމުން މި ދަނީ. ސެލްފީ އަކީ ވަރުގަދަ ސަބްޖެކްޓެއް، މިއަށް އަކްޝޭ އަދި އިމްރާން އަށް ވުރެން ރަނގަޅު ކާސްޓެއް އަހަރުމެންނަކަށް ނުފެނުނު. ރާޖް ހުރީ މި ފިލްމުގެ މަސައްކަތްކުރަން ކެތްމަދުވެފަ. ފެބްރުއަރީ ފަހުކޮޅު ފިލްމުގެ އަމަލީ މަސައްކަތްތައް ފަށާނަން. މިހާރު ނިންމާފައިވާ ގޮތުން މިއީ ސިނަމާތަކުގައި ރިލީޒްކުރާނެ ފިލްމެއް. އެހެން ގޮތަކަށް ވިސްނާފައެއް ނެތް.” އަޕޫރްވާ މެހްތާ އިތުރު ތަފްސީލު ދެމުން ފާހަގަކުރިއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 10 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާއިން ރެކޯޑެއް މުގުރާލައިފި
- 9 އޭޕްރިލް 2025ޚަބަރުރާއްޖޭގެ “ޓޫ އޮފްއަސް” ބޭންޑުން އިންޑިއާގެ ޖަޖުން އާޝޯޚްކޮށްލާ ފަދަ ހުށައެޅުމެއް!
- 9 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާ އަދި ލަވަތަކަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް!
- 6 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުގެ ޓިކެޓް ބްކިން މިއަދު ފަށަނީ!