ބޮލީވުޑް ބަތަލާ ޔާމީ ގޯތަމް އާއި ވެބް ސީރީޒް “ސްކޭމް 1992” ކުޅެގެން ބޮޑު މަޤުބޫލުކަމެއް ހޯދި ޕްރަތީކް ގާންދީ ފުރަތަމަ ފަހަރަށް އެކުގައި ފިލްމަކުން ފެންނާނެކަން ހާމަކޮށްފިއެވެ.
“ދޫމް ދާމް” ގެ ނަން ދީފައިވާ މި ފިލްމަކީ ޔާމީ ގޯތަމްގެ ފިރިމީހާ، އަދިތުޔާ ދަރް ލިޔެ، ރިޝަބް ސެތު ޑައިރެކްޓްކުރާ ފިލްމެކެވެ. ފިލްމާއި ބެހޭ މާގިނަ މަޢުލޫމާތެއް ހާމަކޮށްފައި ނުވިނަމަވެސް ޔާމީ އާއި ޕްރަތީކްވެސް މިހާރު އަންނަނީ އެމީހުންގެ ކެރެކްޓާތަކަށް ތައްޔާރުވަމުން ކަމަށް ޚަބަރުތައް ބުނެއެވެ.
އަންނަ މާރިޗު މަހުގެ ތެރޭގައި ފިލްމުގެ ޝޫޓިންގ ފަށަން ތައްޔާރުވަމުން އަންނައިރު، ފިލްމު ޝޫޓްކުރާނީ މުމްބާއީގެ ފާހަގަކޮށްލެވޭ ސަރަހައްދުތަކުގައި ކަމަށާއި މިއީ މުމްބާއީގެ ރީތިކަމަށް ޓްރިބިއުޓެއް ދޭނެ ފިލްމެއް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
“ދޫމް ދާމް” ގެ އިތުރުން ޔާމީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަބީޝެކް ބައްޗަންއާއެކު ކުޅުނު “ދާސްވީ”، ނޭހާ ދޫޕިއާ އާއި ޑިމްޕަލް ކަޕާޑިއާއެކު ފެނިގެންދާ “އަ ތާރސްޑޭ”، ރާހުލް ކަންނާ އާއެކު ފެނިގެންދާ “ލޮސްޓް” އަދި އަކްޝޭ ކުމާރާއެކު ކުޅޭ “އޯހ މައި ގޯޑް 2” ހިމެނެއެވެ.
އޭގެ އިތުރުން ޕްރަތީކްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި “ދޭދް ބީގާ ޒަމީން”، “ވޯހ ލަޅްކީ ހޭ ކަހާނ؟” އަދި ވިދްޔާ ބާލަން އާއެކު ކުޅޭ ރޮމޭންޓިކް ޑްރާމާއެއް ހިމެނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 1 މެއި 2024ވާހަކައިމްނާ
- 16 އޮކްޓޯބަރ 2023ޚަބަރުމާމޮރިސް ބ: ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ޓީމް ޗަޑްސް އިން އުންމީދު އާކޮށްފި
- 16 އޮކްޓޯބަރ 2023ޚަބަރުމާމޮރިސް ބ. ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ރޯޔަލް ފްރެންޑްސް އާއި ޗެލެންޖާސް ސްޕޯޓްސް ކްލަބަށް މޮޅެއް
- 14 ސެޕްޓެމްބަރ 2023ޚަބަރުހަމް ޓީވީއިން މިފަހަރު ގެނެސްދެނީ “ފިތުނާ”