ހިތްގައިމު މެޝަަޕް ލަވަތަކެއް ގެނެސްދެމުން އަންނަަ ޝަމްވީލްގެ ލަވް މެޝަޕް ގެ ހަތަަރުވަަނަަ ބައި ރިލީޒްކޮށް، ލޯބި ހިތްތަކާ ނިކަން ލޯބިން ކުޅެލައިފިއެވެ. މިމަހުގެ 14 ވަނަ ދުވަހު، ލޯބިވެރިންނަށް ޚާއްޞަކޮށްގެން ނެރުނު މި މެޝަޕްގައި ޖުމަލް 06 ލަވަ ހިމަނާފައިވެއެވެ. މީގެ ތެރޭގައި މުޅިން އައު ލިރިކްސް އެއް ރިޓްޒް ލިރިކްސް އިން ތައްޔާރުކޮށްފައިވެ އެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން ދެއަކުން ވިދައިލި ޝަމްވީލް (ބަރޯ) މިފަހަރު ގެނެސްދިން މެޝަޕްގައި ހިމެނޭ ހިންދީ ލަވަ ‘ކެހެނާ ހެ ކިޔާ’ ރާގަށް ރިޓްޒް ލިރިކްސް އިން ތައްޔާރުކޮށްފައިވާ ‘ކިހިނެއްހޭ ޔާރު’ މިއީ މި ހުރިހައި ލަވަތަަކުންް ވަކިން ބޮޑަށް ފާހަގަކޮށްލެެވޭ ލަވައެކެވެ.

މި މެޝަޕަށް މިއުޒިކު ތައްޔާރުކޮށް މިކްސިންގް އަދި މާސްޓަރިންގ ހަދައިދިނީ ހުސައިން ތައުފީގު އެވެ.

“ޝަމްވީލް- ލަވް މެޝަޕް 4″ގެ ހިތްގައިމު ވީޑިއޯ ޔޫޓިއުބަށް ދޫކޮށްލިތާ ދެ ދުވަހެއް ވެފައިވާއިރު، ގިނަ ބަޔަކަށް އެ ވީޑިއޯ ވަރަށް ބޮޑަށް ކަމުގޮސްފައި ވާކަން ފާހަގަކޮށްލެވެއެވެ. މި ލަވައިގެ ވީޑިއޯ ޑައިރެކްޝަން ހެދީ އެމް.ޖޭ.އެން އެވެ. ކެމެރާކުރީ މަޝްހޫރު ކެމެރާމަން މާސްކޭ އެވެ. އެޑިޓްކުރީ ފައިސަލް އެވެ.

“ޝަމްވީލް- ލަވް މެޝަޕް 4” ގައި ހިމެނޭ ލަވަތަކަށް ބަލައިލާއިރު، ދިވެހިންގެ ތެރޭގައި ބޮޑު މަޤުބޫލުކަމެއް ހޯދާފަައިވާ ލަވަ ‘މިރޭ ނަސީބުހޭ’، ‘ވިންދު ޖަހާތީ’، ‘ޖެހިލުންވެ މޭ ތެޅޭ’، ‘އެ ހޯދި އުފާ’، އަދި ‘ހޯދާ މަހޯދާ’ ހިމެނެއެވެ. މީގެ އިތުރުން މުޅިން އައު ލިރިކްސް އެއް އިވިގެންދިޔަަ ‘ކިހިނެއްހޭ ޔާރް’ ހިމެނެއެވެ.

ޔޫޓިއުބްގެ އިތުރުން ސައުންޑްކްލައުޑަށް ޝަމްވީލް ދޫކޮށްލާފައިވާ މި މެޝަޕްގެ މަސައްކަތްތަކަށް ވެސް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބުނުކަން ޝަމްވީލު ޝުކުރުވެރިކަމާއެކު ފާހަގަކުރެއެވެ. އޭގެ ތެރޭގައި އިބްނާ، ރައު، ބޮކިޓޯސް، ޝަމާނާ، ޔާންޓެ، މާސްކޭ، ފައިސަލް، ސްމޫކާހ، ގޯމެޓް، ޑީސް، ރިއްފަތު އަދި ކަޔާން ހެއަރ ސްޓޫޑިއޯ ހިމެނެއެވެ.

މިލަވަ ސްޕޮންސަރކުރީ ‘ސްމޫކާހ’ އިންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.