ނުކުޅެދުންތެރިކަމާއި ނަފުސާނީ މައްސަލަތައް ތަޙައްމަލު ކުރަމުން އަންނަ ކުދިންގެ އަޑު އެއްމެ ރަނގަޅަށް އިއްވޭނެ ބަޔަކީ ޚުދު އެފަދަ ކުއްޖެއް ނުވަތަ ކުދިންގެ ބެލެނިވެރިންނަށެވެ. އަޒީނާ ޢަބްދުﷲ (އަޒީނަތު) އަކީ އެފަދަ ނަމޫނާ މައެކެވެ. މަދަރުވެރި އެކެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކައުންސިލްގެ މިއަހަރުގެ އިންތިޚާބުގައި ބެލެނިވެރިންގެ ނުވަތަ ބަލަދުވެރިންގެ ކެޓަގަރީން އެ ކައުންސިލަށް ކުރިމަތިލާފައިވާ އަޒީނަތަކީ އެފަދަ މަސައްކަތް ކުރުމުގައި ސާބިތުވެ ހުރި ކަނބަލެކެވެ.
މުުނިއަވަސް ކްލަބްހައުސް މެދުވެރިކޮށް ގެނެސްދެމުން އަންނަ ވީއައިޕީ ޓޯކްޝޯގެ ޚާއްޞަ އެޕިސޯޑެއް އަޒީނަތަށް މިވަނީ ޚާއްޞަކޮށްލާފައެވެ. މިމަހުގެ 21 ވަނަ ދުވަހުގެ ރޭ 22:30 ގައި މުުނިއަވަސް ކްލަބްހައުސް ޚަބަރަށް ފަހު، މި ޝޯވ އާއެކީގައި ބައްދަލުކުރާނީ މުނިއަވަސްގެ ޕްރޮގްރާމް މެނޭޖަރ އަދި މަޝްހޫރު ޕްރެޒެންޓަރ ޢާއިޝަތު ރިފްޒާ އާއި މުނިއަވަސް ކްލަބް ހައުސްގެ ކޮންޓެންޓް އެޑިޓަރ ޚަދީޖަތު ސަނާ އެވެ.
“އަޒީނަތު ޢަބްދުﷲ : ކެންޑިޑޭޓް ނަންބަރ 1 – ވީއައިޕީ ޓޯކް ޝޯވ” ޚާއްޞަކޮށްލާފައި ވަނީ ނުކުޅެދުންތެރިކަމާއި ނަފުސާނީ މައްސަލަތައް ތަޙައްމަލު ކުރަމުން އަންނަ ފަރާތްތަކުންގެ ޙައްޤުގައި އަޒީނަތު އަދި އޭނާ މަސައްކަތްކުރަމުން އަންނަ ‘ވިލަވްސް ޖަމިއްޔާ’ އިން ކުރަމުން އަންނަ ކަންތައްތައް ހިއްސާކޮށްލައި، އާއްމުންނާ ހަމައަށް އެ މަޢުލޫމާތުތައް ގެނެސްދިނުމަށެވެ.
‘ވިލަވްސް ޖަމިއްޔާ’ގެ ފައުންޑަރ މެންބަރ އަދި މި ދައުރުގެ ރައީސާ އަޒީނަތަށް ޚާއްޞަކޮށްލާ މި ޝޯވގައި އަޒީނަތުމެން މަސައްކަތްކުރަމުން އަންނަ ދާއިރާ އާއި ގުޅުންހުރި ސުވާލުތައް، އެހުންތެރިން ކުރުމުގެ ފުރުޞަތުވެސް ހުޅުވައިލާނެއެވެ.
އަޒީނަތަކީ ނުކުޅެދުންތެރިކަން ހުންނަ ދެކުދިންނާއެކު، ހަތަރު ކުދިންގެ މަންމައެކެވެ. ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ކަންކަމުގައި އޭނާ ނުކުތީ ވިލިމާލޭގައި ދިރިއުޅުނު އިރު އެފަދަ ކުދިންގެ ބެލެނިވެރިން، ކުދިންގެ ކަންކަމުގައި އުޅޭ ދަތި ހާލު ވަރަށް ގާތުން ފެނުމަށްފަހުގައެވެ. އެގޮތުން ވިލިޖޯލި ބެލެނިވެރިންގެ ސަޕޯޓް ގްރޫޕްގެ ތެެރެއިން އެހެން މީހުންނާ ހަމައަށް އަޒީނަތުގެ އަޑުވެސް ގެންނަން ހިތްވަރު ލިބުނު ހިސާބަކީ އަޒީނަތުގެ މި މަތިވެރި މަސައްކަތުގެ ފެށުމެވެ.
ކޮންމެއަކަސް، މުުނިއަވަސް ކްލަބްހައުސް މެދުވެރިކޮށް ގެނެސްދިނުމަށް ތާވަލްކޮށްފައިވާ “އަޒީނަތު ޢަބްދުﷲ : ކެންޑިޑޭޓް ނަންބަރ 1 – ވީއައިޕީ ޓޯކް ޝޯވ” ގައި މިފަދަ އެތައް ވާހަކަތަކެއް އިވިގެންދާނެއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކައުންސިލްގެ މިއަހަރުގެ އިންތިޚާބުގައި ބެލެނިވެރިންގެ ނުވަތަ ބަލަދުވެރިންގެ ކެޓަގަރީން އެ ކައުންސިލަށް އަޒީނަތު ކުރިމަތިލާ ވަރުގަދަ މިޝަންއަކީ ކޮބައިކަން އެނގިގެންދާނެއެވެ.
މުުނިއަވަސް ކްލަބްހައުސް މެދުވެރިކޮށް ގެނެސްދިނުމަށް ތާވަލްކޮށްފައިވާ “އަޒީނަތު ޢަބްދުﷲ : ކެންޑިޑޭޓް ނަންބަރ 1 – ވީއައިޕީ ޓޯކް ޝޯވ“އަކީ ގިނަގުނަ މަޢުލޫމާތުތަކެއް ލިބިގެންދާނެ ޝޯވ އަކަށް ވެގެންދާނެއެވެ. މި ޝޯވ ގައި ބައިވެރިވުމަށް ތިރީގައިވާ ލިންކަން ފިއްތައިލާ، ބެލް އައިކަން އެކްޓިވް ކޮށްލާފައި ބަހައްޓާށެވެ.
🌟 𝘼𝙯𝙚𝙚𝙣𝙖𝙩𝙝 Abdulla Candidate No:1 – 🆅🅸🅿︎ Show🌠 – MUNIAVAS – Clubhouse
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!