ލ. އަތޮޅަކީ ރާއްޖޭގެ ބިމުގެ ގޮތުން ސަރާސަރަށް ހިކިފައިވާ އެންމެ ބޮޑު އެއްފަސް ސަހަރެވެ. ގުޅިފައިވާ ރަށްތަކުގެ މެދުގައި ދަމާލެވިފައިވާ ތާރު އެޅިމަގަކީ ވެސް މުޅި ރާއްޖޭގައިވާ އެންމެ ދިގު މަގެވެ. މިހެން ގޮސް އެތައް ގޮތަކުން ވެސް ޒަމާނުން ސުރެވެސް ލާމަކީ ސަޅި ތަކެވެ.
ލާމުު ގުޅިފައިވާ ރަށްތަކުގެ ތެރެއިން ފޮނަދޫގައި ދާދިފަހުން ހުޅުވިގެންދިޔަ ސެލެކް ކޭފޭ ވެސް ތަފާތެވެ. ތަނުގެ ބޭރުން ފެށިގެން ތަނުގެ އިންޓީރިއަރ (އެތެރެވެށި) އެކަންޏެއް ނޫނެވެ. ސެލެކް ކޭފޭގެ ބުއިންތައް ތަކާއި ލިބެންހުރި “ޝޯޓް އީޓްސް” ވެސް ވަރަށް ސަޅި އެވެ.
ލ. ފޮނަދޫގައި އާ ކެފޭއެއް ހުޅުވިކަމަށް ފޭސްބުކުން ފެނި، މާ ސަޅިވެގެން ކޮންމެހެން ރަހަބަލާލާނަމޭ ހިތާ ރަހްމަތްތެރި އަކާއި އެކު ސެލެކް ކެފޭ އަށް ޖައްސާލީމެވެ. ތަނަށް ވަދެ އާދައިގެ މަތިން އެކުގައި ދިޔަ ރަހްމަތްތެރި އާއި އެކު ގޮޑީގައި ޖައްސާލީމެވެ. އެހެން ނަމަވެސް ނަޒަރު ހުއްޓުނީ ސެލްފް ސާވިސް ބޯޑާއި ހަމައިން ނެވެ. އިށީދެ އިދެގެން އެއްވެސް ކުރިއެރުމެއް ނެތް ކަން އެގުނީ އެހިސާބުންނެވެ. ލަދުރަކި ގޮތަކަށް ގޮސް ކައުންޓަރު ކައިރިއަށް ޖެހިލިއިރު، އިތުރު ދެ ބޯޑާއި މެނޫ ވެސް އޮތެވެ. އެއްބޯޑުގައި ޖަހާފައި ވަނީ ‘ އޯޑަރ ހިޔަރ’ ކަމަށެވެ. އަނެއް ބޯޑުގައި ޖަހާފައި ވަނީ ‘ޓޭކް ހިޔަރ’ ކަމަށެވެ. މެނޫ ބަލާލެވޭ ވަރެއް ނުވި އެވެ. ކައުންޓަރު ކައިރީގައި ހުރި ބުއިމެއްގެ ފޮޓޯ ފެނި ހަމަ އޭގެ އެއްޗެކޭ ބުނީމެވެ. ކައުންޓަރު ގައި ހުރި ޒުވާން ފުރައިގެ ކުއްޖާ (ބަރިސްޓަރ) ހީލާފައި ‘ޗޮކްލެޓް ފްރެޕޭ” އެއް ދޯއޭ އަހާލިއެވެ. ބުނުމުން އާއެކޭ ބުނުމަށް ބޯޖަހާލީމެވެ. އެކުގައި ދިޔަ ރަހްމަތްތެރިޔާ އަށް އެވަރުވެސް ނުވިއެވެ. މިލްކް ސޭކެކޭ ބުނެފިއެވެ. ޖަވާބުގައި ކައުންޓަރުގައި ހުރި ކުއްޖާ ބުނީ ކޮންވައްތަރެއްތޯ އެވެ. ‘އޯރިއޯ، ނޫނީ ކެރެމަލް ތޯ އެވެ.’ ޖަވާބުގައި ރަގަޅު އެއްޗެއް އޯކޭ ވާނެ’ ކަމަށް ބުނެ ރަހްމަތްތެރިޔާ ފުއްދާލި އެވެ. ކައުންޓަރު އިން ކުއްޖާ ވަގުތުން ބިލާއި 5 ވަނަ ނަމްބަރު އަޅުގަނޑުއަތަށް ދިއްކޮށްލި އެވެ. އޯޑަރ ރެޑީވުމުން ގޮވާލާނޭ ވެސް ބުނެލި އެވެ. ދެން ހިނގައި ގަތް ތަނުން ދިމާވީ މާ ލަދުވެތި ގޮތެކެވެ. އަނެއްކާ ވެސް އެކުއްޖާ ގޮވާލާފައި “ޕޭ ފަސްޓް’ ކަމަށް ބުންޏެވެ. އަގަޔަކުން ދެރައެއް ނުވަމެވެ. މިއީ މިރާއްޖޭގައި މިކަން އޮންނަ ގޮތް ނޫންވީމާ ނޭގުނީ ކަމަށް ބުނީމެވެ.
[smartslider3 slider=6]
ފައިސާ ދައްކާލުމަށް ފަހު އިށީންނަން ހިނގައިގަތުމާއި އެކު، މަޑު މަޑުން ރަހްމަތް ތެރިޔާ ކައިރީ އެންމެ ފަހުން މިޒާތުގެ ތަނަކަށް ވަނީ ބޯޓުު ދަތުރުކުރަށް އުޅުނު އިރު އިޓަލީ ވިލާތުން ކަމަށް ބުނީމެވެ. ހަގީގަތުގައި އާލާވެގެން ދިޔައީ ޒުވާން ދުވަސް ވަރު ބޯޓުު ދަތުރުކުރަން އުޅުނު ޒަމާނުގައި ވިލާތުގެ ގައުމުތަކާއި އެމެރިކާ ބައްރުގައި ސައިބޯން އެހެން ގޮސް އުޅުނު ހަދާންތަކެވެ.
އިށީދެ މާ ގިނައިރު ތަކެއް ނުވަނީސް އަޅުގަނޑުގެ އަތުގައި އޮތް ފަސް ވަނަ ނަމްބަރަށް ގޮވާލި އެވެ. ކައުންޓަރު މަތީ އެހެރީ އަޅުގަނޑުމެން އޯޑަރު ދިން ދެ ބުއިން ރެޑީކޮށް ތަބަކަށް ލާފައެވެ. ގެންދަންޖެހެނީ އަމިއްލައަށްތޯ އަހާލުމަށް ފަހު ތަބައް ހިފައިގެން ނައްޓާލީމެވެ.
އިށީނދެ ހަމަޖެހިލަމުން ޑްރިންކް ގެ ރަހަ ބަލައިލީމެވެ. ހަގީގަތުގައި ވެސް ރަހަ ތަފާތެވެ. ޖެހިގެން ހުރި މޭޒުގައި ތިބި މީހުން ވެސް ދެއްކީ ހަމަ އެވާހަކަ އެވެ. އެއްޗެހީގެ ރަހަ މީރު ވާހަކައެވެ. އެ މޭޒުގައި މޮކާ ފްރެޕޭ އަކާއި ބަނާނާ ސްމޫތީއެއްގެ އިތުރުން މޮޖީޓޯ އަކާއި އޮރެންޖް ޖޫސްތައްޓެއް ވެސް ހުއްޓެވެ.
ކަރުބުޑަށް ވެގެންދިޔަ އަރާމާއި ކުޑަ ދުލުން ބުނެދިން ރަހަތަކުން ސިކުޑި އަށް ފަހުމު ވެގެން ދިޔައީ ތަނުގެ ރީތިކަމާއި ހިތްގައުމުކަމެވެ. ހަގީގަތުގައި ވެސް މިއީ ލ. އަތޮޅުގައި ހުރި ތަނެކޭ ބުނަން ބޭނުން ނުވީ ޖަހާފައި ހުރި އިގިރޭސި ލަވަކިޔުންތެރިޔާ ރިހާނާގެ ތޫލި ލަވައިގެ ސަބަބުންނެވެ.
ސެލެކް ކެފޭ އިތުރަށް ފުރިހަމަ ވެގެން ދަނީ އިންވެގެން ހުރި ޑިޕާޓްމެންޓް ސްޓޯރު (ސެލެކް ސޮޕް) އާއި ގުޅުވާލާ އެއްތަނެއްގެ ގޮތުގައި ހިންގަމުންދާ ކަމުންނެވެ.ސެލެކް ކެފޭއިން ރަހަބަލާލި މީހެއް ހަސިއްޔަތުން އަޅުގަނޑު ހަމަ ބުނެލަން އޮތީ ފީލިންގ ތަފާތު ވާހަކަ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!