މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް އާއި ދިވެހި އިންޝުއަރެންސް ކޮމްޕެނީ ގުޅިގެން ޔޫނިއަންގެ މެމްބަރުންނަށް އިންޝުއަރެންސް ޕޮލިސީއެއް ތައާރަފް ކޮށްފިއެވެ.
މި އިންޝުއަރެންސް ޕޮލިސީއަކީ ދިވެހި އިންޝުއަރެންސްގެ ފަރާތުން ޔޫނިއަންގެ މެންބަރުންނަށް ވަކިން ޙާއްސަކުރެވިގެން ފަރުމާކުރެވިފައިވާ ޕޮލިސީއެކެވެ. މިޕޮލިސީގެ ދަށުން ހިމެނެނީ:
1. މިއުޒިކް ކުޅޭ ސާމާނާއި ފޮޓޯ/ވީޑިއޯގްރަފީ ސާމާނަށް ލިބޭ ކަވަރޭޖް:
• ގުދުރަތީގޮތުން ލިބޭ ގެއްލުމާއި، ވަގަށް ނެގުމުން ލިބޭގެއްލުމާއި، އަލިފާނުގެ ސަބަބުން ލިބޭ ގެއްލުން.
• ތަކެތި އެއްތަނުން އަނެއްތަނަށް އުފުލުމުގައި ލިބޭ ގެއްލުން.
2. މެންބަރުންނަށް އެކްސިޑެންޓަކުން ލިބިދޭ ޒަޚަމްތަކާއި އަދި ނިޔާވުމާއިގުޅިގެން ލިބޭ ކަވަރޭޖް.
3. ތިންވަނަ ފަރާތެއްގެ އިހުމާލުން ލިބޭ ގެއްލުންތަކާއި ގުޅޭ ކަވަރޭޖް.
މި އިންޝުއަރެންސް ޕޮލިސީ ބައްލަވައިގަތުމަށް ބޭނުންފުޅުވާ ޔޫނިއަންގެ މެމްބަރުން، ޔޫނިއަންގެ ޕްރިމިއަމް އެޑް-އޮން އަށް ސަބްސްކުރައިބް ކުރެއްވުމުން، މި ޕޮލިސީ ބައްލަވައި ގަނެވޭނެއެވެ. ޔޫނިއަންގެ މެމްބަރުން ނޫން ފްރީލާންސްކޮށް މަސައްކަތްކުރާ ފަންނުވެރިންވެސް މިޕޮލިސީގެ ޚިދުމަތް ހޯދުމަށް ބޭނުންފުޅުވާ ނަމަ ޔޫނިއަންގައި ރެޖިސްޓަރ ކުރެއްވުމުން މި ޕޮލިސީ ބައްލަވައި ގަނެވޭނެއެވެ.
މިއީ މިފަދަ ޚިދުމަތެއް ފްރީލާންސްކޮށް މަސައްކަތްކުރާ ފަންނުވެރިންނަށް ތައާރަފުކުރެވިގެންދާ ފުރަތަމަ ފަހަރެވެ.
ޔޫނިއަންއާއި ދިވެހި އިންޝުރެންސް ކޮމްޕެނީގެ ފަރާތުން މި އިންޝުއަރެންސް ޕޮލިސީއާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ދިނުމުގެ ސެޝަންއެއް 23 ފެބްރުއަރީ 2022 ވަނަ ދުވަހު، 15:30 ގައި ކުލަބް ހައުސް އެޕްލިކޭޝަން މެދުވެރިކޮށް ބާއްވާފައިވެ އެވެ.
ދިވެހި އިންޝުއަރެންސް ކުންފުންޏަކީ އިންޝުއަރެންސް ދާއިރާގައި 20 އަހަރުގެ ތަޖްރިބާ ހޯދާފައިވާ އަބްދުލް ވާހިދު ތައުފީޤް އުފައްދަވާފައިވާ ކުންފުންޏެކެވެ. 2016 ވަނަ އަހަރު މިކުންފުނި އުފެއްދީ އެންމެ ފަހުގެ ޒަމާނީ އިންޝުއަރެންސް ކަވަރޭޖް މާރކެޓްއަށް ތައާރަފް ކުރުމުގެ މަޤްޞަދުގައެވެ.
މި އިންޝުއަރެންސް ޕޮލިސީގެ ހިދުމަތް މި ހިނގާ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުން ފެށިގެން ބައްލަވައި ގަނެވޭނެ ކަމަށް މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް އިން ހާމަކުރެއެވެ.
މި އިންޝުރެންސް ޕޮލިސީ އާއި ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސްގެ ވެބްސައިޓްގައިވާ https://www.musiciansunion.mv/dhivehi-insurance ލިންކުން ލިބޭނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!