އަމީތާބް ބައްޗަން ލީޑުން ފެނިގެންދާނެ ފިލްމު “ޖޫންދު”ގެ ފުރަތަމަ ޓްރެއިލަރ ދައްކާލައިފިއެވެ. މިއީ ކުޅިވަރުގެ ޖޯޝާއި ފޯރި ފިސާރި ވަރުގަދައަށް ދައްކައިލާނެ ފިލްމެއްކަމަށާއި މީގައި ކާމިޔާބީއާ ހަމައަށް ވާޞިލްވުމަށް އެއްމެ ތަންފުކެއް ދޫނުކޮށް މަސައްކަތްކުރާ ތަން ފެނިގެންދާނެ ކަންވެސް މި ފިލްމުން ފެނިގެންދާނެއެވެ.
މިއީ މަޝްހޫރުވެގެން ދިޔަ މަރާޓީ ފިލްމު ”ސައިރާތު (2016)“ އަދި ”ފަންޑްރޭ (2013)“ގެ ޑައިރެކްޓަރު ނާގްރާޖް މަންޖޫލް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
އާއްމުކޮށްފައިވާ ޓްރެއިލަރުން ޖޫންދުގެ ދިރިއުޅުމުގެ އާދަޔާޚިލާފު ބައެއް ކަންކަން ދައްކައިލައެވެ. އެގޮތުން މަގުމަތީގައި ކުޅެން އުޅޭ ޒުވާނުންތަކެއް ހިމަނައިގެން ފުޓްބޯޅަ ކުލަބެއް ހެދުމަށް އަމީތާބު އިސްވެ ހުރެ ކުރާ މަސައްކަތްތައް ދައްކައިލައެވެ. އާއްމުކޮށްފައިވާ މަންޒަރުތަކުން ފެންނަ ޒުވާން ކުދިންނަށްވުރެން ބޮޑަށް އަމީތާބުގެ ޖޯޝާއި ޤާބިލުކަން ފެނިގެންދެއެވެ.
“ޖޫންދު” ގައި އަމީތާބު ކުޅޭ ވިޖޭގެ ރޯލުން އަމީތާބު ފެންނަ މުހިންމު މަންޒަރެއްވެސް ޓްރެއިލަރގައި ހިމަނާފައިވެއެވެ. މި ފިލްމުގައި މުޖުތަމަޢަށް މުހިންމު މެސެޖެއް ދެއެވެ. އެގޮތުން، މަގުމަތީގައި ޒުވާނުން ބިތްޖެހިފައި، ކަމެއް ނެތި ތިބޭ ތިބުމުގެ ޒިންމާ އެކުދިންނެކޭ އެއްވަރަށް މުޖުތަމަޢުން ނަގަން ޖެހޭކަން އަންގައިދެއެވެ.
ފިލްމު ”ޖޫންދު“ އަކީ ޙަޤީޤީ ދިރިއުޅުމުގެ ހަޔާތުނާމާއެއް ދައްކުވައިދޭނެ ފިލްމެކެވެ. މި ފިލްމުގައި ދައްކައިދޭނީ އިންޑިއާގެ ނާގްޕޫރަށް ނިސްބަތްވާ ’ސްލަމް ސޮކާ ޖަމްއިއްޔާ’ގެ މުއައްސިސް ވިޖޭ ބަރްސޭގެ ހަޔާތެވެ.
ފަޤީރު އަވަށްގަނޑެއްގައި ދިރިއުޅޭ ކުދިންތަކަކަށް، އެކުދިންގެ ދިރިއުޅުމުގެ މަޤްޞަދު އަންގައިދީ އެކުދިންނަށް ފުޓްބޯޅަ ޓީމެއް އުފައްދައިދިނުމަށް ޕްރޮފެސަރަކު ކުރާ މަސައްކަތްތައް މި ފިލްމުގައި ދައްކައިދޭނެއެވެ. އަމީތާބު ފެނިގެންދާނީ ޕްރޮފެސަރު ވިޖޭ ބަރްސޭގެ ރޯލުންނެވެ.
މި ފިލްމަށް މިއުޒިކް ހަދައިދޭނީ އަޖޭ-އަތުލް އެވެ. މި ފިލްމު އޯޓީޓީ މަންސައެއްގައި ރިލީޒްކުރާނެ ކަމުގެ އަޑުތައްވެސް ފެތުރުނެވެ. ނަމަވެސް ފިލްމުގެ ޕްރޮޑިއުސަރުން މިހާރު ނިންމާފައިވަނީ އަންނަ މާރިޗް މަހު 04 ގައި ސިނަމާތަކަށް މި ފިލްމު ރިލީޒްކުރުމަށެވެ.
ޓީ-ސީރީޒް، ތަންދަވް ފިލްމްސް އެންޓަޓެއިންމެންޓް އަދި އާތުޕަތުގެ ދަށުން ”ޖޫންދު“ ޕްރޮޑިއުސްކުރަނީ ބުޝަން ކުމާރް، ކްރިޝްނާ ކުމާރް، ރާޖް ހިރެމަތު، ސަވީތާ ރާޖް ހިރެމަތު، ނާގްރާޖް މަންޖޫލް، ގަރްގީ ކުލްކަރްނީ އަދި މީނޫ އަރޯރާ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 އޭޕްރިލް 2025ޚަބަރު“އަބަދަށް” ޕްރިމިއާ ނައިޓްގަ ރަށްރަށުގައި ދެއްކުމުގެ ފުރުޞަތުހުޅުވާލައިފި
- 20 އޭޕްރިލް 2025ހޮލީވުޑް“ޓޫ އޮފް އަސް” އިން ހުށައެޅީ ބަދަން ޕޭ ސިތާރޭގެ ޓޫ ޕޮއިންޓް އޯ ވާރޝަނެއް – ޝްރަދާ ޕަންޑިތު
- 19 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ބޭންޑްގެ ހަތަރުވަނަ ހުށައެޅުން 19 އޭޕްރީލްގައި
- 19 އޭޕްރިލް 2025ޚަބަރުޑާކް ރެއިންގެ ޕްރޮޖެކްޓް 37 ގެ ނަން މިމަހު ހާމަކުރަނީ