މަގުމަތިން ހިނގާފައިދާ މީހުންގެ ކަނދުރާތައް ވެސް އެއްވެސް އިޚްތިޔާރަކާ ނުލައި އެނބުރެނީ އެ ތުއްތު ކުއްޖާ އާއި ދިމާއަށެވެ. ތުއްތު ކުއްޖާގެ ބޮލުގައި އޮންނަ ދިގު، ފަން އިސްތަށިގަނޑަށެވެ. މިއީ އިނގިރޭސި ވިލާތަށް އުފަންވި ކުއްޖެއްގެ ވާހަކައެވެ. އުފަންވިއިރު ވެސް އެކުއްޖާގެ އިސްތަށިގަނޑު އާދަޔާޚިލާފަށް ދިގެވެ. މިގޮތަށް މިކުއްޖާ އުފަންވީ ކީއްވެގެންކަން އެނގުމުން ހައިރާން ވާނެއެވެ.
ތުއްތުތުއްތު ކޮޒްނޫން އުފަންވީ މިދިޔައަހަރު ޖުލައި މަހުގެ 30 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ބްރައިޓަން ޖެނެރަލް ހޮސްޕިޓަލުގަ އެވެ. އުފަންވި އިރު ބަރުދަނުގައި ހުރީ 10 ޕައުންޑު ނުވަތަ 4.53 ކިލޯގްރާމު ކަމަށް ޑެއިލީ މެއިލް އިން ބުނެއެވެ. މިކުއްޖާގެ އުމުރުން އެންމެ 9 މަސް ވީއިރު، އިސްތަށި ގިނަކަމުން މިކުއްޖާ އަށް ލޯބިން ވަނަމަކަށް ‘ބޭބީ ބެއަރ’ ގެ ނަމުން މުޚާތަބުކުރަން ފެށީވެސް އެހެންވެގެންނެވެ.
“އޭނަ އުފަންވި އިރުވެސް ވަރަށް ބައިވަރު އިސްތަށި ހުރި.” ކުއްޖާގެ މަންމަ ޗެލްސީ ނޫން ބުންޏެވެ. “އޭނަ އެންމެ ފުރަތަމަ ފަހަރަށް ފެންވެރުމުގެ ކުރިން ފާހަގަވެސް ނުކުރެވޭ އެހާ ގިނައިން އިސްތަށި ހުރިކަމެއްވެސް.”
ހުރިހައި ފޫޅުމައިންނާއި ސިއްހީ ދާއިރާގެ މީހުން ބުނާގޮތުން ތުއްތުކުދިން ތަންމަތީގައި އޮންނައިރު ބޯ ޖެހޭ ދިމާއިން އިސްތަށި ފައިބާނެ. އެކަމަކު އެންމެ އިސްތައްޓެއްވެސް ނުފައިބާ ބޯ ދިގުވަމުން ދިޔައީ.”
ތިންކުދިންގެ މަންމަ އުމުރުން 32 އަހަރުގެ ޗެލްސީ ބުނީ ސުޕަމާރުކޭޓަށް ގޮސް ހޭދަކުރަންޖެހޭ 40 ވަރަކަށް މިނެޓް މިހާރު ދެ ގަޑިއިރަށް ދިގުލައިގެން ގޮސްފައިވާކަމަށެވެ. “މީހުން އައިސް ދަރިފުޅު ފެނިފަ އަހަރެން މަޑުކުރުވާ ވާހަކަ ދައްކާތީ އެހެންވަނީ.”
‘އަސްޑާ’ އަށް ކޮންމެ ހަފުތާއަކު އަހަރެން ވިޔާފާރިކޮށްލަން ދިޔައިމަ މީހުން އައިސް ބުނާނެ، “ޔާރައްބީ، ބަލާބަލަ އެކުއްޖާގެ ބޮލުގެ އިސްތަށިގަނޑު،” މިހެން ބުނެފަ ބޮލުގަ އަތްވެސް ލާނެކަމަށް ޗެލްސީ ބުންޏެވެ.
ޗެލްސީ ބުނީ ދަރިފުޅު ބޮލުގެ އިސްތަށިގަނޑު ދިގުކަމުން ‘ބްލޯ ޑްރައި’ ކޮށްގެން ބޮލުން ފެން ހިއްކަން ޖެހޭ ކަމަށެވެ. އެހެންނަމަވެސް ދަރިފުޅުގެ ބޯކޮށަން ގަސްދު ނުކުރާކަމަށްވެސް އޭނާ ބުންޏެވެ.
މީހުން ބުނާނެ، “ތި އިސްތަށިކޮޅު ކޮށާނަންތަ؟” އެކަމަކު ވަރަށް މަދުން ނޫނީ އެފަދަ އިސްތަށިކޮޅެއް އެހާ ތުއްތު ކުދިންގެ ނޯންނާތީ ދަރިފުޅުގެ ބޯ ކޮށަން ބޭނުން ނުވާކަމަށް އޭނާ ބުންޏެވެ.
ޗެލްސީ އަށް ލިބުނު ދަރިފުޅުގެ އިސްތަށިގަނޑު އެހާ ދިގީ ކީއްވެގެންކަން އެނގޭހެއްޔެވެ؟ ޗެލްސީ މާބަނޑު ދުވަސްވަރު ‘މޭ ދޮށް އެނދުން’ ކުރިމަތިމަތިވުމުން ވީ ކަމެއްކަމަށް ބުނުމުން ގަބޫލު ކުރެވޭނެ ހެއްޔެވެ؟ ޗެލްސީ ގެ 6 އަހަރަށްދާ މިޝެލް އާއި 4 އަހަރުގެ ޕްރިސްޓަން އުފަންވީކީ އެކަހަލަ ދިގު އިސްތަށިގަނޑަކާއި އެކުގައި ނޫންކަމަށް ޗެލްސީ ބުންޏެވެ. ނަމަވެސް ޗެލްސީ ބުނީ މި ދަރިފުޅަށް މާބަނޑު ދުވަސްވަރު ވަރަށް ގަދަޔަށް މޭ އަންދާގޮތް ވި ކަމަށެވެ.
2007 ވަނަ އަހަރު ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީން އާއްމުކޮށްފައިވާ ދިރާސާއެއްގައި ބުނަނީ މައިމީހާގެ ބަނޑުގައި އޮންނަ ކުއްޖާގެ އިސްތަށިގަނޑު ދިގުވުން ގުޅިފައިވަނީ މާބަނޑު ދުވަސްވަރު މޭ އެންދުމާއި ކަމަށެވެ. މީގެ ސަބަބަކަށް ވަނީ ‘އެސްޓްރޮޖެން ހޯމޯން’ އުފައްދާ މިންވަރު މަތިވުމެވެ. މި ހޯމޯނަކީ އިސްތަށި ދިގުކޮށްދިނުމަށް އަސަރު ފޯރުވާ ހޯމޯނެކެވެ.
ޗެލްސީ ބުނީ މިޝެލް އާއި ޕްރިސްޓަން އެމީހުންގެ ކޮއްކޮ ދެކެ ވަރަށް ލޯބިވާކަމަށެވެ. “މިކުއްޖާ ދެކެ އެކުދިންގެ ބޭބެއިން ވަރަށް ލޯބިވޭ. އެންމެ ހަގު ކުއްޖާވެސް މި ބޭބީގެ ފަހަތުން އަބަދު ދުވާނެ އޭނާގެ ފަލަ ކޮލުގައި ޗުކުއްޔެއް ކަނޑަން ބޭނުމޭ ގޮވަމުން،” ޑެއިލީ މިރާ އަށް ޗެލްސީ ބުންޏެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!