ބައިސްކޯފުން މިދިޔަ އަހަރު ރަމަޟާން މަހު ގެނެސްދޭންފެށި ކާމިޔާބު ޓޯކް ޝޯވ “ރީލް ޓު ރިއަލް ވިތު ނިއުމާ”ގެ ‘އެޕިސޯޑް 06 – ނުޒުހަތު ޝުޢައިބް’ ސްޓްރީމްކުރަން ފަށައިފިއެވެ. ނުޒޫގެ ޒާތީ ދިރިއުޅުމުގެ ހިތްދަތި ސަފުޙާތަކެއް މި އެޕިސޯޑްގައި ނުޒޫ ކިޔައިދީފައިވެ އެވެ. އެގޮތުން ނުޒޫ އަލަށްކުރި ކައިވެނިން ލިބުނު ހިތާމައާއި ހިތްދަތިކަމުގެ ވާހަކަތައް ހިތްވަރުދައްކަމުން، އެހެނަސް އަސަރާއެކު ކިޔައިދީފައިވެ އެވެ.
“ނުޒޫ އިން ބިޓްވީން… އަނެއް… ފިލްމުކުޅެން ފެށުމުގެ ކުރިން ނެށުމުގެ ތެރެއިން މީހަކާވެސް އިނިން.” ނުޒޫގެ ހަޔާތުގެ ގިނަގުނަ ވާހަކަތައް ހިއްސާކުރަމުން ޝޯވ ނިމެން ކައިރިވެފައިވަނިކޮށް ބުނެލައެވެ. ޝޯވގެ ހޯސްޓް ނިޢުމާއަށްވެސް މިކަން ވެގެން ދިޔައީ ހައިރާންކަމެއް ލިބުނު ވާހަކައަކަށެވެ.
“އަދި ކުރިންވެސް އިނިންދޯ؟” ޔަޤީން ކޮށްލުމަށް ނިޢުމާ އަހައިލައެވެ.
“ފުރަތަމަ ކައިވެނީގަ ވަރަށް ލޯބިވިން، ލޯބިވެގެން ގޮއްސަ ތަޅާ އަނިޔާކުރީމަވެސް ނުޒޫ ހަމަ މީހުން ކައިރީ ދޮގުހެދީ. ނުކުރޭ އަނިޔާއެއް. އޭރު ހުންނާނީ ދެލޮލާ ތަންތަން ރަތްވެފަ. މި ތަންތަނަށް ކޮނޑުއަރުވާރާފަ ހުންނައިރު ކޮނޑުގަ އިންނަ ‘އޭ އަކުރުވެސް’ މިތަނަށް ފިތްގަނޑެއްހެން އަރާ.. އެކަމަކުވެސް ހަމަ ބުނަނީ ނުޖަހައޭ.” ބައިސްކޯފްގެ ރީލް ޓު ރިއަލް ވިތު ނިއުމާ ޝޯގައި ވަރަށް ތަފްސީލުކޮށް އެ ވާހަކަތައް އޭނާ ކިޔާދެއެވެ.
ކޮންމެއަކަސް، މިފަދަ ރިއަލިޓީ ޓޯކް ޝޯވތަކުގައި ހިއްސާކުރާ އިމޯޝަނަލް ވާހަކަތައް، އޭގެ އެންމެ އަސަރާއެކު ބަލައިލާ އަޑުއަހައިލުމަށްވުރެން ސަޅި ގޮތެއް ނޯންނާނެއެވެ. ބައިސްކޯފު ފޯނު އެޕްލިކޭޝަނުން ނުވަތަ ގޭގެ ބޮޑުފެންޑާގައި ބަހައްޓާފައި ހުންނަ ބޮޑު ޓީވީން ބައިސްކޯފު އަޅުވާލައިގެން މިހާރު މި ޝޯވވެސް ބަލައިލެވޭނެއެވެ.
Reel to Real w/ Niuma — Nuzhath Shuaib
Now streaming only on #baiskoafu pic.twitter.com/UPn85Wm496— Baiskoafu (@baiskoafu) April 4, 2022
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓިކެޓް ބުކްކޮށްލަން ތައްޔާރުތަ؟
- 12 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ އަސަރުގަދަ ލަވަތައް ލަވަފޮށިން!
- 10 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާއިން ރެކޯޑެއް މުގުރާލައިފި
- 9 އޭޕްރިލް 2025ޚަބަރުރާއްޖޭގެ “ޓޫ އޮފްއަސް” ބޭންޑުން އިންޑިއާގެ ޖަޖުން އާޝޯޚްކޮށްލާ ފަދަ ހުށައެޅުމެއް!