މި މަޢުޟޫގައި އާއްމުކޮށްފައިވާ ވީޑިއޯ ފެނުމާއެކު އަހަރެންގެ ހަނދާނަށް އައީ ކޮލެޖުން އަހަންނާ ދިމާވި ވަރަށް ޚުލްޤުހެޔޮ ދީންވެރި އެކުވެރިއެއްގެ މަތިންނެވެ. އެ އެކުވެރިޔާ އަކީ މިއަދު ޝެއިޚެކެވެ. ކައިވެނިކޮށްގެން އުޅެނީ ޖަޕާން ކުއްޖަކާއެެވެ. އެކުއްޖާ މުސްލިމުކުރުވައިގެންނެވެ. ލޯބިލޯބި ދޭއް ނުވަތަ ތިން ދަރިންވެސް އެމީހުންގެ އެބަ ތިއްބެވެ. މިހާރު ދިރިއުޅެމުން ގެންދަނީ ޖަޕާނުގައެވެ. އެއީ އެހެން ވާހަކައެކެވެ. ގެނެސްދޭން މިއުޅެނީ އެހެން ވާހަކައެކެވެ.

އަޙްމަދު މައޭނޯ އަކީ ކާކު؟

އިސްލާމްދީނާއި މެދު ތިބާގެ ހިތުގައި ފުރިހަމަ ޔަޤީންކަމެއް އުފެދުނީ ކިހާ ހިސާބެއްގައި؟

ތިބާ އިސްލާމްވުމުން، އާއިލާއާއި ރައްޓެހިންގެ ރައްދު އަމަލު (ރިއެކްޝަން) ހުރީ ކިހިނެއް؟

ތިބާ އިސްލާމްވުމަށްފަހު، އޭގެ ތެރެއިން (އާއިލާ އާއި ރައްޓެހިންގެ ތެރެއިން) އެއްވެސް ބަޔަކު އިސްލާމްވިތަ؟

މިއީ ޖަޕާނުގެ މުސްލިމު އިމާމެއް ކަމަށްވާ އަަޙްމަދު މައޭނޯ އިސްލާމްވީ ގޮތާއި އޭގެ ފަހުން ކަންކަން ދިމާވީގޮތް ކިޔައިދޭ އަސަރުގަދަ ވާހަކައެކެވެ. އިސްލާމްވުމުގެ ކުރިން އޭނާގެ ނަމަކީ ނައޯކީ އެވެ.

“އަހަރެންގެ ބައްޕަ އަހަރެން ގާތުގައި އަހަން ފެށި:

ކަލޭ އަދިވެސް މުސްލިމެއްގެ ގޮތުގައި ތިޔަ ހުރީ ކީއްވެ؟

މުސްލިމުކަން ދޫކޮށްލާ!

އަހަރެން ބައްޕަ ގާތުގަ ބުނިން، ނޫނެކޭ އެކަމެއް ނުވާނެޔޭ، ބައްޕާއޭ ބައްޕައަށްވެސް އެނގޭ ނޫންހޭ އަހަރެން އިސްލާމްވުމަށްފަހު އެހެން މީހަކަށް ބަދަލުނުވާކަން؟ ނޫނީ ކުރިއަށްވުރެން ގޯސް މީހަކަށް އަހަރެން ވީ ހެއްޔޭ؟ ބައްޕައަށް ހަމަ ރަނގަޅަށް އަހަރެން އެނގޭނެ، އަހަރެން ބަދަލެއް ނުވާކަން، ކުރިއަށްވުރެން ގޯހެއް ނުވާކަން.

ނަމަވެސް އެއްމެ ފަހުން ބައްޕަ ބުނީ “ތީ މީގެ ފަހުން މަގޭ ދަރިއެއް ނޫން” މިހެން.”

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.