ސުލައިމާން ޢަބްދުލް މުޠަކައްލިމު މިސްރާބު ޖެހީ އޭނާގެ އަންހެނުންނާާއި އޭނާ ކާނޭ އެއްޗެހި ހިފައިގެން ގެއަށް ދިޔުމަށެވެ. ފައިމަގުގައި ހިނގާފަ އެވެ. ނަމަވެސް ގެއަށް ދަނިކޮށް ޢަބްދުލް މުޠަކައްލިމް ގެ ފުށަބޮލަށް ބަޑިޖަހައި އޭނާ މަރާލީ އެއްވެސް ރަހުމެެއް ނެތް ޒުވާާނެއްގެ ދެއަތުންނެވެ.

އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ބުނަނީ ޢަބްދުލް މުޠަކައްލިމަކީ އެއްވެސް ކުށުގެ ރެކޯޑެއް ނެތް މައުސޫމު ޒުވާނެއްކަމަށެވެ.

މި ނިމޭ ޖެނުއަރީމަހު ދެ ޒުވާނެެއްގެ މައްޗަަށް ޢަބްދުލް މުޠަކައްލިމް މަރައިލިކަމުގެ ކުށް ސާބިތުވެ، ވަކިވަކިން ބޭއްވި ދެ އަޑުއެހުމެއްގަައި ކޯޓުން ވަނީ ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ. ނަަމަވެސް އެވަގުތު ޢަބްދުލް މުޠަކައްލިމް ގެ މަންމަ ވަނީ ވަރަށް އާދަޔާޚިލާފު ކަމެއްކޮށް، އިންސާނިއްޔަަތަށް ރަނގަޅު ނަމޫނާއެއް ދަައްކާފަ އެވެ. މުސްލިމުންގެ ހިތްތިރިކަމާއި މަައިވަަންތަކަމުގެ ލާމަސީލު ނަމޫނާއެއް ދައްކާފަ އެވެ. ކޯޓު އަޑުއެހުމަށް ހާޒިރުވެ އިން ޢަބްދުލް މުޠަކައްލިމް ގެ މަންމަަ ބޭނުންވީ އެ މަންމަގެ ދަރިފުޅުގެ ޤާތިލުންގެ ގައިގައި ލޯބިން ބަައްދާލާށެވެ.

ޢަބްދުލް މުޠަކައްލިމް ގެ މަންމަ ރުޤިއްޔާާ އަށް އެފުރުޞަތު ޢަބްދުލް މުޠަކައްލިމް ގެ ގާތިލު ޖޭވަން ދިނެވެ.

ސުލައިމާން ޢަބްދުލް މުޠަކައްލިމް ގެ ޤާތިލު ޖެވާން

ރުޤިއްޔާ ބޭނުންވަނީ އޭނާގެ ދަރިފުޅުގެ ޤާތިލުން ޖަލުގައި ތިބޭއިރު ޖަލަށް ޒިޔާރަތްކޮށް އެކުދިންނަށް އެހީތެރިވެ، އެކުދިންނަކީ ރަނގަޅު ބަޔަކަށް ހެދުމަށް މަސައްކަތް ކޮށްދޭށެވެ. ވިސްނާލަބަލާށެވެ. އެ މައިމީހާގެ ލޮލުގެ ފިނިކަން ދުއްވައިލި ދެ ޒުވާނުންނާއި ބަައްދަލުކޮށް، އެ ދެޒުވާނުންނަށް ރަނގަޅުމަގު ދައްކަައިދޭން ނިންމާނީ ހަމަގައިމުވެސް ވަަރަށް މާތް އަންހެކެވެ. ދަރިފުޅުގެ ޤާތިލުންނަށް ހެޔޮގޮތް ވުމަށް އެދެވޭނީ އިންސާނިއްޔަތުކަން ވަރަށް މަތީ ދަރަޖައަކަށް ހުރި މީހަކަށެވެ.

ރުޤިއްޔާގެ ވިސްނުން އެހެން މީހުންގެ ވިސްނުމާއި ވަރަށް ތަފާތެވެ. ރުޤިއްޔާ ދެކެނީ އޭނާގެ ދަރިފުޅުގެ ޤާތިލުން ތިބީ ބައްޔެއްގެ ޝިކާރައަކަށް ވެފައި ކަމުގައެވެ. އެކުދިން ތިބީ އެ ބަލީގެ ޅަފަތުގަައި ކަމުން އެ ބައްޔަށް ޝިފާާ ހޯދިދާނެކަމަށްވެސް އޭނާ ޤަބޫލުކުރެ އެވެ.

ރުޤިއްޔާ ބުނަނީ ބަދަލުހިފުމަަކުން އެއްވެސް ކަމެއް ހަައްލު ނުވާނެ ކަމަށެވެ. އިސްލާމްދީނަކީ ބަދަލުހިފުމުގެ ދީން ނޫންކަަމަށެވެ. ބަދަލުހިފުމަކުން މަރުވެފައިވާ އޭނާގެ ދަރިފުޅު އަލުން އެނބުރި ދުނިޔެއަށް ނާންނާނެ ކަމަށެވެ. ސުބްޙާނަﷲ!! ކޮންފަދަ މަތިވެރި ވިސްނުމެއް ގެންގުޅޭ މަންމައެއް ހެއްޔެވެ؟

ރުޤިއްޔާ ގެ ދަރިފުޅުގެ މަރާލީ އެންމެ 60 އެމެރިކާ ޑޮލަރަށްޓަކައި

މި ހާދިސާ ހިނގާފައިވަނީ 28 ޖޫން 2015 ވަނަ ދުވަހުގެރޭ އެމެރިކާގެ އޮހައިއޯ ގެ ސައުތު ކާމިންސްވިލް ހަައިވޭއެއްގެ ދަށުގައެވެ. ސުލައިމާން އޭނާގެ ގެއާއި ދިމާއަށް ހިނގާފައި ދިޔައީ ކާއެއްޗެއްހި ކޮތަޅެއް ހިފައިގެންނެވެ.

ފުލުހުން ބުނީ މަގުފޭރޭ ތިން މީހެއް މިކަމުގައި ސާމިލުވާ ކަމަށެވެ. އޭގެތެރެއިން އެކަކީ އުމުރުން އެންމެ 14 އަހަރުގެ ޖެވާން އެވެ. ސީސީޓީވީ ކެމެރާއަށް ރެކޯޑްވެފައިވާ ވީޑިއޯއިން ފެންނަގޮތުން ސުލައިމާނު މަރާލުމަށްފަހު ސުލައިމާނު ލަައިގެންހުރި ޖީންސް ގެ ކުރިމަތީ ޖީބުން ޖެވާން ފައިސާ ފޭރުނުތަން ފެނެއެވެ.

ވީޑިއޯ އިން ފެންނަގޮތުން ސުލައިމާނުގެ ޖީބުން ޖެވާން ނެގި ފައިސާ އޭނާގެ ދެ އެކުވެރިންގެ އަތަށް ދެއެވެ. އޭގެތެރެއިން އެކަކު އެއީ އުމުރުން 17 އަހަރުގެ ވެލެންޓީނޯ ޕެޓިސް އެވެ. ފުލުހުން ގަަބޫލުކުރާގޮތުން ތިންވަނަ މީހާއަކީ އުމުރުން 20 އަހަށްދާ ޒުވާނެކެވެ. މި ޒުވާނާ އަށް އެއްވެސް ހުކުމެއް ކޮށްފައެއް ނުވެއެވެ.

ސުލައިމާން މަަރާލަައި ފައިސާ ނެގުމަށްފަހު ޖެވާން، ވެލަންޓީނޯ އަދި ތިންވަނަައަށް ހުރި ޒުވާނާ މަގުހުރި ސީދަލަަށް ހިނގައިގަންނަަނީ ސުލަައިމާން ގެ އަތުގައި އޮތް ކާާއެއްޗެހި ކޮތަޅުވެސް ހިފައިގެންނެވެ.

ސުލަައިމާން ގެ މަންމަ ރުޤިއްޔާ އަކީ ނޯތު ކެރޮލީނާގެ ރަށްވެއްސެކެވެ. އޭނާ އިސްލާމްވީ އުމުރުން ވިހީގެ އަހަރުތަކުގެ ފަހުކޮޅު އެވެ. ހެޔޮލަފާ މުސްލިމެއްގެ ގޮތުގައި ދިރިއުޅުން ވޭތިކުރަމުން އަންނަ އެ މަައިމީހާާގެ ފިރިހެން ދަރިފުޅު މަަރުވެގެންދިޔަ މަންޒަރު އިއްޔެ ވީކަމެއްހެން ހަނދާންކުރުމުގަައި އުޅެމުން އަންނަތާ ދެ އަހަަރު ފާއިތުވެ ހިނގައްޖެ އެވެ.

ރުޤިއްޔާގެ ގޭގައި އިނދެގެން ދިން އިންޓަވިއުއެއްގައި އޭނާާ ވަަނީ ސުލަައިމާން ގެ އެންމެ ފަަހު ވަގުތުކޮޅު ކަންތަައްތައް ވެގެންދިޔަގޮތް ހިއްސާކޮށްފަ އެވެ. ސިންސިނާޓީ މެޑިކަލް ސެންޓަރުގަައި ފަރުވާާދެމުން ދަނިކޮށް ނިޔާވި ސުލަައިމާނަކީ ރުޤިއްޔާގެ އުފަން ތިންދަރިންގެ ތެރެއިން އެންމެ ހަގު ދަރިފުޅެވެ. ސުލަައިމާން ނިޔާވިއިރު އޭނާގެ އެނދު ކަައިރީގަައި ރުޤިއްޔާާ އާއި އާއިލާ މެންބަރުން ތިއްބެވެ. ރުޤިއްޔާ ހުރީ ދަރިފުޅުގެ އަތުގައި ހިފަަހައްޓާލަައިގެންވެ.

ރުޤިއްޔާ އެ ދީނަަކަށް ބަަދަލުވި އިސްލާމް ދީން ދަަސްކޮށްދެނީ ދަރިންނާއި އެއްކޮށް އަލްވަދާޢު ކިޔުން އެއީކީ އޮންނަަކަަމެއް ނޫންކަަމަށެވެ. އެހެންކަަމުން ސުލައިމާން ނިޔާާވިވަގުތު އޭނާގެ ކަންފަތްދޮށުގައި މަަޑުމަޑުން ރުޤިއްޔާ ބުނީ އަދި އަލުން ބައްދަލުވާންދެން ކެތްކުރާނެ ކަމަށެވެ. މިހެން ބުނަމުން ދަަރިފުޅުގެ ގައިގާ ބޮސްދިނެވެ.

 

ދަރިފުޅުގެ މަަރަށް ދެއަހަރު ވީފަހުން ކޯޓުގައި ބޭއްވި އަޑުއެހުމުގެ ތެރެއިން ހެމިލްޓަން ކަައުންޓީ ކޮމަން ޕްލީގެ ފަަނޑިޔާރު މޭގަން ޝަނަަހަން ކުރެން ރުޤިއްޔާ އެދުނު ކަންތަކުން މުޅި ކޯޓު ރޫމް ހައިރާންވެ އަންތަރީސްވި އެވެ. އެފަދަ ކަމެއް މީގެ ކުރިން ކޯޓެއްގެ ތެރެއިން ފެނިފައިނުވާތީ އެވެ.

ފަަނޑިޔާާރުގެ ހުއްދަަ ހޯދުމަށްފަހު ރުޤިއްޔާާ ގޮސް މަޑުކޮށްލީ ޖެވާން ކަައިރީގައެވެ. ނަމަވެސް އޭގެ ކުޑަިއރުކޮޅެއް ކުރީން ޖެވާން ވަނީ ސުލައިމާނު މަަރާލުމުގައި ބައިވެރިވިކަމަށް އިޢުތިރާފު ވެފައެވެ. އެހެންނަމަވެސް ރުޤިއްޔާާ ގޮސް ޖެވާން ގެ ގައިގަައި ބައްދާާލި އެވެ. ޖެވާން ގެ މަންމަގެ ގައިގާ ވެސް ބަައްދާލި އެވެ.

ޖެވާން ގެ މަންމައާާއި ކޮއްކޮމެން ކޯޓުގައި

އެމީހުންނަށް ރުޤިއްޔާ ދޭންބޭނުންވި މެސެޖަކީ އޭނާގެ ދަަރިފުޅު މިދުނިޔެއާ ވަކިވެދިޔުމުގެ ހާދިސާއަށްވުރެން ދުރަށް އޭނާގެ ވިސްނުން ހުރިކަމެވެ.

“އޭނާގެ (ދަރިފުޅު ސުލައިމާާނުގެ) މަަރަަކީ ތަޤްދީރުގައި ލިޔެވިފަައިވާ ކަަމެއް،” ކިތަންމެ ވޭނެއް އަޅަމުން ދިޔަަޔަސް ރުޤިއްޔާ ބުންޏެވެ. “ފަހަަރެއްގައި ވެދާނެ މިކަން މެދުވެރިވުމުގެ ސަބަަބަަކީ ކަަލޭގެ (ޖެވާން ގެ) ދިރިއުޅުން ސަލާާމަތްވުން ކަމަށްވެސް ވެދާނެ.”

އުމުރުން 66 އަހަރުގެ ރުޤިއްޔާާ ބުނީ އޭނާގެ ދަަރިފުޅުގެ ގާތިލުންނަކީ މަައިންތަަކެއް ދަރިންތަަކެއް ކަމަަށެވެ.

“މި ޒުވާން ކުދިން – އެމީހުން އެ ކުރިކަމެއް ކޮށް އަހަރެންގެ ދަރިފުޅު މަރައިލިޔަސް – އަހަރެމެން އެބަޖެހޭ މިކުދިންނަށްޓަކައި މަސައްކަތްކުރަން. ސަބަަބަަކީ މިކުދިން އަދި ޖަަލުން އެނބުރި އަންނާާނެ. އޭރު އެމީހުން ތިބޭނީ ދުވަސްވެފައި. އެކަަމަކު އެމީހުންނަށް އަލިމަގެއް ނުފެނިއްޖެނަމަަ، އަނެއްކާ އަލުން ހަމަަ މި ބަލިމަޑުކަން އެމީހުން ތަަކުރާރު ކުރާނެ. އެހެން ކޮންމެވެސް މީހެއްގެ ދަަރިއެއްގެ ފުރާނަަ ދުއްވާލައި ޚުދު އެމީހުން ދިރިއުޅުންވެސް މަރާލާނެ،” ރުޤިއްޔާ ބުންޏެވެ. “އަދި މިއީ ހަމަ ކޮންމެ މަންމައެއްގެ ހިިތަަށް އިޙްސާސް ކުރެވެންޖެހޭނެ ކަމެއް.”

“އެކުދިންގެ ޙަައްޤުގަައި އެކުދިންނަށް ރަަނގަޅު ދިރިއުޅުމެއް ހޯދަައިދިނުމަށްޓަކައި އެބަޖެހޭ މަސައްކަތް ކުރަން،” ރުޤިއްޔާ ބުންޏެވެ. “އަދި އެކުދިންވެސް އެބަޖެހޭ ބާއްޖަަވެރި ދިރިއުޅުމެއް ހޯދުމަށް މަސައްކަތްކުރަން.”

 

ޖެވާާން

ޖެވާން އަށް ހަައްޤު އަދަަބު ދޭންޖެހޭނެކަން ޖެވާންގެ މަންމަ، މަލީކާާ ބޯނާ ޤަބޫލުކުރެ އެވެ.

“އެ ކުރި ކަމަކީ ގޯސްކަމެއް،” މަލީކާ ބުންޏެވެ.

މަލީކާ ދިރިއުޅެމުން އަންނަނީ ރުޤިއްޔާގެ ގެއާާއި ދެމޭލެއްހައި ދުރުގައި ހުންނަ އޭނާގެ އެޕާޓްމެންޓުގަައި ދަރިންނާއި އެކުގައެވެ.

ސުލައިމާނުގެ ގަަޔަށް ބަޑިޖެހީ ސީދާ ކާާކުކަމެއް އަދިވެސްވަނީ ސާފު ނުވެއެވެ. ސުލައިމާނުގެ ގަަޔަށް ބަޑިޖެހިތަން ސީސީޓީވީ ކެމެރާއަށް އަރާފައެއް ނުވެއެވެ.

ސުލައިމާންގެ ފޮޓޯއެއް ހިފައިގެން އޭނާާގެ މަަންމަަ ރުޤިއްޔާ

ވަނަަމަކަށް ޓީނޯގެ ނަން ދީފާއިވާ ވެލެންޓީނޯ ކުށްވެރިކުރަަނީ ޖެވާން އެވެ. ޖުވެނަައިލް ކޯޓަށް ހެކިބަސްދިން ހެކިވެރިއެއް ބުނީ ބަަޑީގެ ވަޒަން ގޮސް ސުލަައިމާނުގެ ގަަޔަށް އެރުމަަށްފަހު، ޖެވާން ދެކެ ވެލަންޓީނޯ ވަަރަށް ރުޅިއައެވެ. “ވެލަންޓީނޯ ރުޅިއައީ އެއްވެސް ކުށެއްނެތް މީހެއްގެ ގަަޔަށް ޖެވާން ބަަޑިޖެހީތީ.” ހެކިދިން މީހާާ ބުންޏެވެ.

ނަމަވެސް ޖެވާން ފުލުހުންކައިރީ ބުނީ ބަޑިޖެހީ އެމީހުންނާއިއެކުގައި ހުރި ތިންވަނަ މީހާ ކަމަށެވެ.

“އަހަރެން އަޑުއެހިން އެކަންކުރީ ޓީނޯ ކަމަށް ބުނިއަޑު. ޖޭވަން ކަމަށް ބުނިއަޑު. ތިންވަަނަަ މީހާއޭ އެކަން ކުރީ ބުނިއަޑު.” ސިންސިނާތީ ޕޮލިސް ޑިޓެކްޓިވް އެރިކް ކެރަަގްލޭފް ޖުވެނައިލް ކޯޓުގެ އަޑުއެހުމެއްގައި ބަޔާންދެމުން ބުންޏެވެ. “އެކަންކުރީ ކާކުކަމެއް މުހިންމެއްނޫން- އެމީހުން އެންމެންވެސް އެކަމުގައި ޝާމިލުވޭ.”

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.