ދިވެހި ޅެންވެރިކަމަށް ފަހުގެ ތާރީޚެއްގައި އެއްމެ އަގުހުރި، ގިނަގުނަ ޚިދުމަތްތަކެއް ކުރަމުން އަންނަ ން ދިވެހި ޅެންވެރިކަމާ ގުޅޭ މުހިންމު ދެ ފޮތެއް މިރޭ ނެރުމަށް ނިންމާފައިވާކަމަށް އީއޯޕީން ބުނެފިއެވެ. މިއީ މިއަދު ފާހަގަކުރާ ދިވެހިބަހުގެ ދުވަހުގެ މުނާސަބާއާއި ގުޅުވާލައިގެން އީއޯޕީން ދިވެހި ޅެންވެރިކަމުގެ ގުލްޝަނަށް ދޫކޮށްލާ ވަރަށް ބޭނުންތެރި ދެ ފޮތްކަމަށް އެނގިފައިވެއެވެ.

ދިވެހިބަހާއި ޅެންވެރިކަމަށް އަދި ލަވަ ލިޔުމަށާ ކިޔުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މި ޖަލްސާގައި ބައިވެރިވުމަށް ބޭނުންވާ ނަމަ އެކަމުގެ ފުރުޞަތުވެސް އީއޯޕީން ވަނީ ހުޅުވާލާފައެވެ. އެގޮތުން މިރޭ 10:45ގައި ޒޫމް މެދުވެރިކޮށް ބާއްވާ ޚާއްޞަ ހަފުލާގެ ލިންކު އާއްމުކޮށްފައިވެއެވެ.

މިރޭގެ މި ޖަލްސާގައި ނެރުމަށް ހަމަޖެހިފައިވަނީ “ޝާޢިރުންގެ ދުނިޔެ” ފޮތް އަދި “ރީތިކޮށް ލަވަލިޔަން ބޭނުމިއްޔާ” ފޮތެވެ. މި ދެ ފޮތް ނެރުމާއި އެ ފޮތާއިމެދު ކުރު ޚުލާޞާއެއް ދިނުމުގެ އިތުރުން، އެ ފޮތާމެދު ދަރިވަރެއްގެ ޚިޔާލު ގެނެސްދޭން ހަމަޖެހިފައިވެއެވެ. ހަމަ އެހެންމެ މި ދެފޮތާމެދު ރާއްޖޭގެ ނަން ހިނގާ ޝާޢިރެއްގެ ވާހަކަކޮޅެއްވެސް ގެނެސްދޭނެއެވެ.

މިރޭ އީއޯޕީން ބާއްވާ ރަސްމިއްޔާތަށް ވަނުމަށް ތިރީގައިވާ ލިންކް ބޭނުންކޮށްލާށެވެ.

Easa Shareef is inviting you to a scheduled Zoom meeting.

Join Zoom Meeting
https://us02web.zoom.us/j/87193236977?pwd=VDJveVpMWjhBbjFxOCtLUTl6K1FsQT09

Meeting ID: 871 9323 6977
Passcode: 376982

އީސާ އޮންލައިން ޕޮޔެޓްރީ (އީއޯޕީ)ން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ޅެންވެރިކަމުގެ އަސާސީ ހުނަރު ހިލޭސާބަހަށް ދަސްކޮށްދިނުމަށް ހިންގަމުން އަންނަ ކޯސްތަކުން ދެހާހަށް ވުރެން ގިނަ ދަރިވަރުން އުނގެނިފައިވެ އެވެ. މީގެ އިތުރުން ޅެންވެރިކަން ދަސްކުރުމަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާނެ ޅެންވެރިކަމުގެ ބޭސިކް ފޮތްތަކާއި އެޑްވާންސް ފޮތް އަދި ގިނަ އަދަދެއްގެ ޅެންފޮތާއި މަދަހަ ފޮތް ފަދަ އަދަބީ ފޮތްތައް އީސާ އޮންލައިން ޕޮޔެޓްރީ (އީއޯޕީ)ގެ ވެބްސައިޓުން ޑައުންލޯޑްކޮށްލެވެން ހުރިކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.