އިންޑިޔާގެ ޗެންނާއީ މަގުތަކުގައި ސަލާންޖަހަން އުޅުނު ޒުވާނަކަށް އިނގިރޭސިވިލާތުގެ ކެމްބްރިޖް ޔުނިވަރސިޓީން މަތީ ތަޢުލީމު ހާސިލްކުރުމުގެ ފުރުޞަތު ލިބިއްޖޭ ބުނުމުން ގަބޫލުކުރަން ދަތިވާނެއެވެ. ނަމަވެސް ޖަޔާވަލް ގެ މި ދަތުރަކީ ޝައުގުން ފުރިގެންވާ ދަތުރެކެވެ.
ޖަޔާވަލް ގެ ވާހަކަ މިވަނީ ޗެންނާއީގެ މަގުތަކުގައި ‘ރަށްގޮވާ އަޑަށް’ ނުވަތަ ޓޯކް އޮފް ދަ ޓައުން އަށް ވެފައެވެ. ދިރިއުޅުމަށްޓަކައި ޖަޔާވަލްގެ އާއިލާ ސަލާންޖަހަން އުޅެނިކޮށް އުމުރުން 22 އަހަރުގެ ޖަޔާވަލް އަށް މިވަނީ ކެމްބްރިޖް ޔުނިވަރސިޓީން ‘އެޑްވާންސްޑް އޮޓޯމޮބައިލް އިންޖިނިއަރިން’ ކިޔެވުމުގެ ފުރުޞަތު ފަހިވެފައެވެ.
ޖަޔާވަލްގެ ވާހަކަ ފެށެނީ 1980 އާއި ހަމައިންނެވެ. ދަނޑުވެރިކަން ކޮށްގެން ބަނޑުފުރާނަ މުއްތިކުރަމުން އައި ޖަޔާވަލް ގެ އާއިލާގެ ދަނޑުތަކަށް ކުރިމަތިވި ޚަރީފް ކަމެއްގެ ސަބަބުން ދަނޑުތައް ހަލާކުވި އެވެ. ނަތީޖާއެއްގެ ގޮތުން އެމީހުންނަށް މަޖުބޫރުވީ އަމިއްލަ އަވަށް، ނެއްލޫރު ދޫކޮށް ޗެންނާއީ އަށް ހިޖުރަކުރާށެވެ. ދިރިއުޅެވޭނެ ގޮތެއް ހޯދުމަށެވެ. ޗެންނާއީ އަށް ގޮސް ކުރެވޭނެ އެހެންކަމެއް ނެތުމުން އެ އާއިލާއިން ސަލާންޖަހަން ފެށިއެވެ. ބޯހިޔާވަހިކަމެއް، އަޅައިލާނެ މީހެއް ނެތުމުން މަޖުބޫރު ވެގެންނެވެ.
“އަހަރުމެން މަގުތަކުގެ ދުވާރުމަތީގައި ނިދައި އުޅުނިން. ވިއްސާރަ ވެއްޖެއްޔާ ކޮންމެވެސް ފިހާރައެއްގެ އަސްކަނިދޮށުގައި ތިބެމު ފުލުހުން އައިސް އަހަރުމެން ފަހާލަންދެން.” އިންޑިޔާ ޓްޑޭ އަށް ދިން އިންޓަވިއު އެއްގައި ޖަޔާވަލް ބުންޏެވެ.
ޖަޔާވަލްގެ ބައްޕަ ނިޔާވުމުން، އޭނާގެ މަންމަ ބަނގުރަލަށް ދެވިހިފައި ބަނގުރަލުގެ ޝިކާރައަކަށް ރަނގަޅަށް ވެގެންދިޔައެވެ. ޖަޔާވަލް ހޯދާ ފައިސާއިން ބޮޑުބައެއް ހޭދަކުރަން ޖެހުނީ ބަނގުރަލަށެވެ. ނަމަވެސް ޖަޔާވަލް ގެ ނިކަމެތި ހާލަތު ބަދަލުވެގެންދިޔައީ އުމާ މުއްތުރާމަން އާއި ބައްދަލުވެވުނު ހިސާބުންނެވެ.
ޖަޔާވަލް އަށް އެހީތެރިވުމަށް އުމާ އާއި އޭނާގެ ފިރިމީހާ މުއްތުރާމަން ނިކުތެވެ. އުމާ އާއި އޭނާގެ ފިރިމީހާ ގެ މަގުޞަދަކީ ‘ޕޭވްމެންޓް ފްލާވަރ’ ގެ ނަމުގައި ވީޑިއޯ ވާހަކައެއް ތައްޔާރުކުރުމެވެ.
“އަހަރުމެން އެ ދެމަފިރިންނަކާ އެހާ ގަޔާއެއް ނުވަމު. އަހަރުމެން އެމީހުންގެ ހިތުގައި ވެސް ޖެއްސުވިން. އެއީ ކިތަންމެ ބައެއް އަހަރުމެންގެ ނަން ބޭނުންކޮށްގެން ސަރުކާރުން ފަންޑު ހޯދަން މަސައްކަތްކޮށްފަ ހުރީތީ.” ޖަޔާވަލް އަށް ކުރެވުނު ހިތްދަތި ތަޖުރިބާގެ ހަނދާން އާކުރަމުން ބުންޏެވެ.
އެހެންނަމަވެސް، ޖަޔާވަލް އާއި އޭނާގެ މަންމައަށް އެހީވުމަށް އުމާ އާއި މުއްތުރާމަން ދިއްކޮށްލި އަތަކީ އެއްވެސް އަމިއްލަ އެދުމެއް ނެތް އަތެއްކަން އެނގުމުން ޖަޔާވަލް ގެ ހިތް އެމީހުންގެ މައްޗަށް މަޑުވެ، އެމީހުންނަށް އިތުބާރުކުރި އެވެ. އޭގެ ނަތީޖާވެސް ފޮންޏެވެ. އުމާ އާއި މުއްތުރާމަން މަސައްކަތް ކުރަމުންދިޔަ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމުއިއްޔާގެ ފަރާތުން 1999 ވަނަ އަހަރު ޖަޔާވަލް އަށް ތަޢުލީމު ޙާސިލްކުރުމުގެ ފުރުޞަތު ‘ސުޔަމް ޗެރިޓެބަލް ޓްރަސްޓް’ ގެ ދަށުން ފަހިކޮށްދިނެވެ.
ގްރޭޑް 12 ގެ އިމްތިހާނުން މޮޅު ނަތީޖާއެއް ޖަޔާވަލް ހޯދުމާއިއެކު، ކެމްބްރިޖް ޔުނިވަރސިޓީއަށް ވަނުމަށް ދެވޭ އިމްތިހާނުގައި އިށީންނުގެ ފުރުޞަތު އޭނާއަށް ފަހިވި އެވެ. އިމްތިހާނަށްފަހު އިނގިރޭސިވިލާތު ވޭލްސް ގެ ގްލެންދޫރް ޔުނިވަރސިޓީން ‘ޕަރފޮމަންސް ކާރ އެންހޭންސްމެންޓް ޓެކްނޮލޮޖީ އިންޖިނިއަރިން’ ހެދުމުގެ ފުރުސަތު ލިބުނެވެ.
ޖާޔާވަލް އަށް މަތީ ތަޢުލީމު ހާސިލް ކުރުމުގެ ފުރުސަތު ލިބުން ވެގެންދިޔައީ އޭނާ ދެކެމެދުން އަންނަ ބޮޑެތި ހުވަފެންތަކެއް ހަޤީޤަތަކަށް ހެދުމަށް އެޅުނު ފުރަތަމަ ފިޔަވަޅަކަށެވެ. ކިޔަވައި ނިމިގެން އޭނާ ބޭނުންވަނީ އޭނާ އަށް އެހީތެރިކަން ފޮރުކޮށްދިން ‘އެންޖީއޯ’ (ހިލޭސާބަހަކަށް މަސައްކަތްކުރާ ޖަމުއިއްޔާ) ހިންގުމުގައި އެހީތެރިވެ، މަގުމަތީގައި ބިކަވެފައިވާ އެތަކެއް ކުދިންނަށް ކުރިމަގުގައި އެހީތެރިކަން ފޯރުކޮށްދެމުން ގެންދިއުމަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!