ފާތިމާ ސަނާ ޝައިޚް، ދިއާ މިރްޒާ، ރަތުނާ ޕާތަކް ޝާހް އަދި ސަންޖަނާ ސަންގީ އިސް-ބަޠަލާއިންގެ ގޮތުގައި ފެނިގެންދާ ފިލްމު “ދަކް ދަކް”ގެ ޝޫޓިން ފަށައިފިއެވެ.
ތާޕްސީ ޕަންނޫގެ އާ ޕްރޮޑަކްޝަން “ދަކް ދަކް” ޑައިރެކްކުރަނީ ތަރޫން ދުޖެދާ އެވެ. މި ފިލްމުގެ އެކްޓަރުން ވަނީ ފިލްމުގެ ފުރަތަމަ ލުކް މީސްމީޑިއާގައި ހިއްސާކޮށްފަ އެވެ.
“ދަކް ދަކް” ކޯ ޕްރޮޑިއުސް ކުރަނީ ތާޕްސީ، ޕްރަންޖަލް ޚަންދްދިޔާ، އަދި އަޔޫޝް މަހެޝްވާރީ އެވެ. ރޯޑް ޓްރިޕެއް ދައްކުވައިދޭ މި ފިލްމަކީ ޕަރިޖަތު ޖޯޝީ އާއި ތަރޫން ދުޑެޖާ ގުޅިގެން ލިޔެފައިވާ ފިލްމެކެވެ.
“ދަކް ދަކް” ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ތާޕްސީ ބުނީ އޭނާގެ ފިލްމުތަކުގައި ދައްކައިދޭން ބޭނުންވަނީ އާއްމުކޮށް ފިލްމުތަކުގައި ނުދައްކާ ފަދަ ވާހަކަތަކެއް ކަމަށާ މި ފިލްމުގައި ދައްކައިދޭނީ މިނިވަންކަމަކީ ގަދަ އަޅައި މަސައްކަތްކޮށްގެން ހާސިލްކުރެވޭނެ އެއްޗެއް ކަމާއި އަދި އެއީ އެއްގޮތަކަށްވެސް ދޫކޮށްލައިގެންވާނެ އެއްޗެއް ނޫންކަމެވެ.
“ދަކް ދަކް” ކޯ ޕްރޮޑިއުސް ކުރަނީ ވިއަކޮމް18 ސްޓޫޑިއޯސް އިންނެވެ. މި ފިލްމު ސިނަމާތަކުގައި ރިލީޒްކުރާނީ 2023 ވަނަ އަހަރު އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 19 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ބޭންޑްގެ ހަތަރުވަނަ ހުށައެޅުން 19 އޭޕްރީލްގައި
- 19 އޭޕްރިލް 2025ޚަބަރުޑާކް ރެއިންގެ ޕްރޮޖެކްޓް 37 ގެ ނަން މިމަހު ހާމަކުރަނީ
- 18 އޭޕްރިލް 2025ޚަބަރުޝާރިފް އަންގަނީ “ހޯދުނު ގޮތަކަށް ހޯދަން”
- 18 އޭޕްރިލް 2025ޚަބަރުހުވާކޮށްފަ ބުނަން، މަށަށް ހީވަނީ މި މުބާރާތް ކާމިޔާބުކުރާނީ ދިވެހިރާއްޖެއިން – އަނޫ މަލިކް