ބިލާލް (އަފްރާހް) އަކީ ދީނީ އިލްމުވެރިއެކެވެ. ދީނީ ގޮތުން އާންމުން އިތުރަށް ހޭލުންތެރި ކުރުމަށް ޒިންމާވާ އެންޖީއޯއެއްގެ ރައީސްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އެންޖީއޯގެ މައިގަނޑު ފޯކަސް އޭރިއާއަކީ ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގުމުގެ މައުޟޫއާ ގުޅޭގޮތުން ދިވެހި މުޖުތަމަޢު ހޭލުންތެރިކުރުވުމެވެ.
މިގޮތުން ގައްޔޫމް (ޔޫޝައު) ގެ އެހީތެރިކަމާއެކު ބިލާލް އަށް ފަރަހް (އައްޒަ) ގާތަށް ދިއުމުގެ އިންތިޒާމު ހަމަޖެއްސުމަށް އެހީތެރިވެ އެވެ. ބިލާލް ފަރާހާއާ ބައްދަލުކޮށް އޭނާ ފަރާތުން ޚިދުމަތް ހޯދުމަށް ފައިސާ ދެއްކުމަށްފަހު އޭނާގެ ހާލަތާއި މިމަސައްކަތް ކުރަނީ ކީއްވެގެންތޯ ސުވާލު ކުރެއެވެ.
އާޚިރުގައި ބިލާލް ފަރަހާއަށް ދެނީ ދުވަހަކުވެސް އެއްވެސް ކަސްޓަމަރަކު އޭނާއަށް ދީފައި ނުވާ ހުށައެޅުމެކެވެ. މިހެންވެ ސުވާލަކީ މި ހުށަހެޅުމަށް ފަރަހާ ޖަވާބެއް ދެނީ ކިހިނެއްތޯއެވެ. ފިލްމު ބަލައިލުމުން މި ސަސްޕެންސް އެނގިގެންދާނީ ބެލުންތެރިންނަށް ހައިރާންކަމެއް ދެމުންނެވެ.
“ހަށި” މިއީ ހުނަރުވެރި، މަދު ތަރިންތަކެއް ބޭނުންކޮށްގެން ކުޅެފައިވާ އިބްރަތްތެރި، މޮޅު ފިލްމެކެވެ. މީޑިއާނެޓް ކުރު ފިލްމު މުބާރާތުގައި ބައިވެރިކޮށްފައިވާ މި ފިލްމު މީޑިއާނެޓްގެ ވީޑިއޯކްލަބުން ބަލައިލެވޭނެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓިކެޓް ބުކްކޮށްލަން ތައްޔާރުތަ؟
- 12 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ އަސަރުގަދަ ލަވަތައް ލަވަފޮށިން!
- 10 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާއިން ރެކޯޑެއް މުގުރާލައިފި
- 9 އޭޕްރިލް 2025ޚަބަރުރާއްޖޭގެ “ޓޫ އޮފްއަސް” ބޭންޑުން އިންޑިއާގެ ޖަޖުން އާޝޯޚްކޮށްލާ ފަދަ ހުށައެޅުމެއް!
👏👏👏👏