އެއްވަނައަށް ދާ ފަރާތަކަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާ އެކު މީޑިއާނެޓުން ހުޅުވައިލި “އެމްއެސް ޝޯޓް މޫވީ ޗެލެންޖް”ގެ ނަތީޖާފާޅުކުރުމުގެ ހަފުލާ ޖޫން 11ވަނަ ދުވަހު ހަވީރު ބޭއްވުމަށް ނިންމައިފި އެވެ.

“އެމްއެސް ޝޯޓް މޫވީ ޗެލެންޖް”ގައި ނުވަ ފިލްމު ބައިވެރިކޮށްފައިވެ އެވެ.

“އެމްއެސް ޝޯޓް މޫވީ ޗެލެންޖު”ގެ ނަމުގައި މީޑިއާނެޓުން ކުރުފިލްމު މުބާރާތެއް ތައާރަފުކޮށްފައި ވަނީ މި އަހަރު ފެބްރުއަރީ މަހުގެ ތެރޭގައެވެ.

މި މުބާރާތުގައި ބައިވެރިކޮށް މީޑިއާނެޓުގައި އާއްމުކޮށްފައިވަނީ:-

– އިޚްތިޔާރު – ލޯރ
– ދަ ލެޓަރ – އަލީ ޝާމިން
– ހަށި – މުޙައްމަދު ޝަނޫން
– ނަޒަރު – ލައިޓްސް އައުޓް
– ހިމިތި – އިސްމާޢީލް އާސިފް
– މޫވީ ނައިޓް – މިފްޒާ ޙަސަން
– ޙައްޤު ނިޔާ – ރީޝާ ޝަރީފް
– ބްލޫސް – ޝިއްމަ
– ގާރޑަން ތެރޭ އުދުހިލާ – ސްލޯ ޓޭޕް

ސާޅީސް މިނެޓަށް ވުރެ ދިގުނުވާ ގޮތަށް، ސިޔާސީ ނުވަތަ ދީނާ ދެކޮޅު ފިލްމު ކެޓަގަރީއަށް ނުދާގޮތަށް، ތައްޔާރު ކޮށްފައިވާ މި ފިލްމުތަކުގެ ތެރެއިން ފަނޑިޔާރުން އަދި ބެލުންތެރިންގެ އެންމެ މަގުބޫލުކަން ލިބޭ ފިލްމަކަށް 100،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެއެވެ.

ދެވަނައަށް ދާ ފަރާތަކަށް 50،000 ރުފިޔާ އަދި ތިންވަނައަށް ދާ ފަރާތަށް 30،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ގަދަ ތިނަކަށް ދާ ފަރާތްތަކަށް މީޑިއާނެޓާ ގުޅިގެން ފިލްމާއި ސީރީޒްގެ އިތުރުން އެކި ބާވަތުގެ ކޮންޓެންޓު އުފެއްދުމުގެ ފުރުސަތު ދިނުމަށްވެސް ހަމަޖެހިފައިވެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.