“ޖަސްޓް އެޑް މެޖިކް: މިސްޓްރީ ސިޓީ”ގައި ކުޅުނު ރޯލުންނާއި “ނައިން ވަން ވަން : ލޯން ސްޓަރ”ގައި ޚާއްޞަ ފެނިލުމަކުން ފެނި މަޝްހޫރުކަން ލިބިގެން ދިޔަ ޗައިޑް އާޓިސްޓް ޓައިލަރ ސޭންޑަރސް އުމުރުން 18 އަހަރުގައި މަރުވެއްޖެ އެވެ. “ފިއަރ ދަ ވޯކިންގ ޑެޑް”ގައި ވެސް ހަރަކާތްތެރިވި ޓައިލަރ މަރުވިކަން ހާމަކުރީ މިމަހު 17ވީ ހުކުރު ދުވަހު އެވެ.
ޓައިލަރ ސޭންޑަރގެ އޭޖެންޓް ޕެޑްރޯ ޓެޕިއާ ހުކުރު ދުވަހު ނެރުނު ނޫސްބަޔާނެއްގައި މިކަން ކަށަވަރުކޮށްދީފައިވެ އެވެ.
“ޓައިލަރ އަކީ އުޖާލާ ކުރިމަގެއް އޮތް ހުނަރުވެރި އެކްޓަރެއް. އޭނާއަކީ ރަނގަޅު އާއިލާއަކުން އައިސް ހުރި ކުއްޖެއް. އެހެންކަމުން ޓައިލަރ ނިޔާވުމާއި ގުޅިގެން މިވަގުތު އޭނާގެ އާއިލާގެ ޕްވައިވެސީއަށް އިހްތިރާމުކުރުމަށް އަޅުގަނޑު އެދެން.” ޕެޑްރޯ ނެރުނު ނޫސްބަޔާނުގައި ހާމަކޮށްފައިވެ އެވެ. ޓައިލަރ މަރުވެފައި އޮއްވާ ފެނުނީ އޭނާގެ ގޯތިތެރޭގައި މިދިޔަ ބުރާސްފަތި ދުވަހު އެވެ.
“ސޭންޑަރސް މަރުވި ސަބަބެއް އަދި އެނގިފައެއް ނުވޭ. އެކަން ތަހުގީގީ އިދާރާތަކުން ގެންދަނީ ބަލަމުން.” އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.
އެމެޒޯން އިން 2019ގައި ދައްކަން ފެށި “ޖަސްޓް އެޑް މެޖިކް” ޓީވީ ޑްރާމާގައި ސޭންޑަރސް ފެނިފައިވަނީ ލިއޯގެ ކެރެކްޓަރ އިންނެވެ. އޭގެ ފަހުން މި ސީރީޒްގެ ބައެއްގެ ގޮތުގައި 2020ގައި ނެރުނު “ޖަސްޓް އެޑް މެޖިކް : މިސްޓްރީ ސިޓީ”ގައި ވެސް ލިއޯގެ ކެރެކްޓަރއިން އޭނާ ފެނިފައިވެ އެވެ.
މީގެ އިތުރުން އޭނާ ވަނީ އޭއެމްސީން 2017ގައި ނެރުނު ސަރވައިވަލް ޑްރާމާ “ފިއަރ ދަ ވޯކިންގ ޑެޑް”ގައި ޚާއްޞަ ފެނިލުމެއްގައި ބައިވެރިވެފަ އެވެ. އޭނާ އެ ސީރީޒްގައި ކުޅުނީ ޖޭކް އޮއްޓޯގެ ޅައިރުގެ ރޯލެވެ. މީގެ އިތުރުން އޭބީސީން 2018ގައި ދެއްކި ޕޮލިސް ޑްރާމާ “ދަ ރޫކީ”ގައި ވެސް އޭނާ ހަރަކާތްތެރިވި އެވެ.
“ނައިން ވަން ވަން : ލޯން ސްޓަރ”ގައި ސޭންޑަރސް ކުޅުނު ބައި ދެއްކީ މި އަހަރު އޭޕްރީލް މަހު އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!
ދުނިޔޭގައި ކުއްލި މަރުތައް ގިނަވާކަން ފާހަގަ ކޮށްލެއްވުން މުހިންމު. ވެކްސިން ގެ އަނިޔާތައް މި ފެންނަނީ.