ބޮލީވުޑްގެ ޒުވާން ދެ ތަރިން ކަމަށްވާ ވަރުން ދަވަން އާއި ޖާންވީ ކަޕޫރް ލީޑުން ފެނިގެންދާ “ބަވާލް” ގެ ފަހު ޝޫޓިންގ ޝެޑިއުލް ފަށައިފިއެވެ.

ޔޫރަޕުގެ ގިނަ ޤައުމުތަކެއްގައި ފިލްމުގެ ޝޫޓިންގ ކުރިއަށް ގެންގޮސްފައިވާއިރު، މިހާރު ޕޮލެންޑްގައި ޝޫޓިންގ ކުރިއަށްގެންދާ “ބަވާލް” މި ހިނގާ ޖުލައި މަސް ނިމޭއިރަށް ނޫނީ އޮގަސްޓް މަހުގެ ކުރީކޮޅު ޝޫޓިންގ އެއްކޮށް ނިންމާލަން އަމާޒު ހިފާފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

ފިލްމާއި ބެހޭ މާގިނަ މަޢުލޫމާތެއް އާންމުކޮށްފައި ނުވާއިރު، މި ފިލްމު ޑައިރެކްޓްކުރަނީ ނެޝަނަލް އެވޯޑް ހޯދާފައިވާ 2019 ގެ ފިލްމު “ޗިޗޯރޭ” ގެނެސްދިން ޑައިރެކްޓަރު ނިތޭޝް ތިވާރީއެވެ. ޕްރޮޑިއުސް ކުރަނީ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ސާޖިދު ނާދިއާޑްވާލާއެވެ.

“ބަވާލް” ގެ އިތުރުން ވަރުންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަދި ޝޫޓިންގ ނުފަށާ “ސަންކީ” އަދި އެއްކޮށް މަސައްކަތް ނިމިފައިވާ ހޮރޯ-ކޮމެޑީ “ބޭޅިޔާ” ހިމެނެއެވެ. “ބޭޅިޔާ” އަކީ އަންނަ ނޮވެމްބަރު 25 އަށް ތާވަލުކޮށްފައިވާ ފިލްމެކެވެ.

“ބަވާލް” ގެ އިތުރުން ޖާންވީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި މި ހިނގާ ޖުލައި މަހުގެ 29 ގައި ރިލީޒްކުރާ “ގުޑް ލަކް ޖެރީ”، “މިލީ” އަދި “މރ. އެންޑް މިސިސް. މާހީ” ހިމެނެއެވެ.

“ބަވާލް” ރިލީޒްކުރަން ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ 7 އަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.