މުޙައްމަދު ޢަބްދުﷲ (މުހައްމާ)ގެ ޕްރޮޑަކްޝަން ހައުސް ’ދެކެދެކެވެސް ޕްރޮޑަކްޝަން‘ އިން އުފައްދާފައިވާ ވެބް ސީރީޒް “ބަލްގިޝް” އިން ރާއްޖޭގެ ހުނަރުވެރި އެކްޓްރެސް އާމިރާ އިސްމާޢީލްގެ ތަފާތު މޮޅު އެކްޓިންއެއް ދައްކާލައިފި އެވެ. މިމަހު 07ވަނަ ދުވަހުގެ ރޭ ދައްކަން ފެށި މި ސީރީޒުގެ ދެ އެޕިސޯޑް މިހާރު އެމްއެސް ވީޑިއޯ ކުލަބުން ބަލައިލެވޭނެ އެވެ.
ނެށުމުގެ ހުނަރުގެ އިތުރުން ކޮންމެ ކަހަލަ ރޯލެއް ކުޅުމަށްވެސް ހުނަރުވެރި އާމިރާ، މި ސީރީޒުން ފެނިގެންދަނީ މީގެ ކުރިން އޭނާ ދައްކާފައިވާ އެކްޓިންތަކާ ތަފާތު އެކްޓިންއެއް ދައްކައިލެވޭ ވަރުގަދަ ރޯލެކެވެ. މިވަގުތު ރާއްޖޭގެ ފިލްމީ ދާއިރާގައި ހަރަކާތްތެރިކޮށް ތިބި ސީނިއަރ އަންހެން އެކްޓަރުންގެ ތެރެއިން އެންމެ ހުނަރުވެރި އެކްޓްރެސް އާމިރާ މި ސީރީޒްގައި ކުޅެފައިވަނީ ނުފޫޒުގަދަ ދޮން މަންމައެއްގެ ރޯލެވެ.
ފަސް އެޕިސޯޑް ހިމެނޭ ”ބަލްގިޝް“ގެ ސްކްރީންޕްލޭ ލިޔުނީ މަޝްހޫރު ކެމެރާމަން ޢަލީ ރަޝީދު (ގޮޅާ)ގެ އަންހެނުން ރިނާޒާ އެވެ. ޑައިރެކްޓަރަކީ މަޝްހޫރު އެކްޓަރ ޑައިރެކްޓަރ އަޙްމަދު ނިމާލެވެ. ކެމެރާކުރީ ޢަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ. ޑްރާގެ އިސް-ބަޠަލުންގެ ތެރޭގައި ހިމެނެނީ އާމިރާ، ޢަލީ އާޒިމް (ދޮން އައްޔަ)، އަޙްމަދު ނިމާލް، ޝިފާ، ޢާރިފާ (އަރީ)ގެ އިތުރުން ޢަބްދުﷲ މާހިރު (މާއްޓެ) އެވެ.
”މި ޑްރާމާއަކީ އަޅުގަނޑު ދަންނަވާނީ ބެލުންތެރިން ވަރަށް ބަލާހިތުން ބަލައިލާ ކަހަލަ ކޮންސެޕްޓަކަށް، މޮޅު ސްކްރީންޕްލޭއަކަށް ހަދާ ޑްރާމާއެއް. ދެން ޚާއްޞަކޮށް ނިމާލް އަދި ޝިފާގެ އެކްޓިން މީގަ ވަރަށް މޮޅުވާނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ.“ ޑްރާމާ ސީރީޒް ”ބަލްގިޝް“އާ މެދު މުހައްމާ ދެކޭގޮތް ހާމަކުރަމުން މީގެ ހަތަރު މަސްކުރިން މުނިއަވަސް އަށް އޭނާ ބުނެފައިވެ އެވެ.
”މީގެ އިތުރުން ދޮން އައްޔަގެ ހަމަ މުޅިން ތަފާތު ކެރެކްޓަރއެއް ”ބަލްގިޝް“ގަ ފެނިގެންދާނީ.“ މުހައްމާ އިތުރަށް ފާހަގަކުރިއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!