2022 އޯގަސްޓް 04ގައި ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ ހިންގާ ކޮމެޓީގެ ވައިސް ޗެއަޕާސަންއަށް ވާދަކޮށްފައިވާ ދެ ކެންޑިޑޭޓުންގެ ތެރެއިން ޢަބްދުﷲ މުއާޒު އޭނާގެ ނަން އަނބުރާ ގެންގޮސްފި އެވެ. މުއާޒު ވާދަނުކުރާ ގޮތަށް ނިންމުމާ ގުޅިގެން އިންތިޚާބުގައި ވާދަކުރާ އާމިރާ އިސްމާޢީލް ވަނީ ވައިސް ޗެއާޕާސަންގެ މަޤާމަށް ހޮވިފަ އެވެ.
މުނިއަވަސް އަށް އެނގިފައިވާ ގޮތުން މުއާޒު އޭނާގެ ނަން އަނބުރާ ގެންދިޔައީ މިރޭ އިރާކޮޅު ވަގުތެއްގައެވެ. މުއާޒުގެ ނަން އަނބުރާ ގެންގޮސްފައިވާކަން އިންތިޚާބު ކޮމެޓީގެ މީޑިއާ ކޯޑިނޭޓަރ އަޙްމަދު ސަޢީދު މުނިއަވަސް އަށް ކަށަވަރުކޮށްދީފައިވެ އެވެ.
“އަޅުގަނޑުމެން މުއާޒުގެ އިސްތިއުފާ ސިޓީ ޤަބޫލުވެސް ކޮށްފިން، ސިޓީގެ ޖަވާބުވެސް މާދަމާގެ ވަގުތެއްގައި ފޮނުވާނަން. މުއާޒު ނަން އަނބުރާ ނެންގެވީ އަދާކުރައްވަމުން ގެންދަވާ މަޤާމުގެ މަސްޢޫލިއްޔަތާ އާއިލާގެ ކަންކަމަށް ވަގުތުދެއްވުމާއެކު، އާއްމު މެންބަރެއްގެ ގޮތުގައި ހުންނަވައިގެން ފިލްމީދާއިރާއަށް ޚިދުމަތްކުރެއްވުމަށް ހުންނެވުމަށް ކަމަށް މުއާޒު ފާހަގަކުރައްވާ.” އިތުރު ތަފުސީލުދެމުން އިންތިޚާބު ކޮމެޓީގެ މީޑިއާ ކޯޑިނޭޓަރ އަޙްމަދު ސަޢީދު ހާމަކުރި އެވެ.
މިކަމާ ގުޅިގެން މުއާޒުގެ ބަހެއް ހޯދައިލުމަށް މުނިއަވަސް އިން ގުޅާލި ވަގުތަކީ މުއާޒު ވަދިކޮށް އުޅުއްވާ ގަޑިއެއްކަމުން އިތުރު މަޢުލޫމާތު ލިބޭގޮތް ވަނީ ނުވެފަ އެވެ.
ބޯޑުން މުއާޒުގެ ނަން ނެންގެވިޔަސް، އެންސީއޭގައި ހުންނަވައިގެން ފިލްމާ ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުން އޮލިމްޕަސް ނިންމައި ހުޅުވުމުގެ މަސައްކަތުގައިވެސް ޢަބްދުﷲ މުއާޒު މިހާރުވެސް ހަމަ ވަރަށް ބުރަކޮށް މަަސައްކަތްކުރައްވަމުން ގެންދަވާކަން ފާހަގަކޮށްލެވެ އެވެ.
“ކުރީ ބޯޑެކޭ އެއްގޮތަށް އަންހެން ބޭފުޅަކު އަޅުގަނޑުމެންގެ އެމްއެފްއޭ ބޯޑުގަ ހިމެނޭތީ އުފާކުރަން. ދެން އާމިރާއަކީ އަލަށް ބޯޑަށް ކުރިމަތިލެއްވި ބޭފުޅެއް. އާމިރާގެ ފަރާތުންވެސް ރަނގަޅު ކުރިއެރުންތަކެއް ލިބޭނެކަމަށް އަޅުގަނޑުމެން ޤަބޫލުކުރަނީ. އިންތިޚާބު ކޮމެޓީގެ ފަރާތުން އާމިރާއަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔަން.” ސަޢީދު އިތުރަށް ފާހަގަކުރި އެވެ.
މުނިއަވަސް އަށް އާމިރާ ބުނީ މުއާޒުގެ ނަން އަނބުރާ ގެންދިޔުމާ ގުޅިގެން ހައިރާންވެފައި ހުރި ކަމަށެވެ.
“އަޅުގަނޑުވެސް މި ހުރީ ސަޕްރައިޒްވެފަ. ނަން އަނބުރާ ގެންދިޔައީ ކީއްވެގެން ކަމެއް ބުނާކަށް ނޭނގޭ.” މުނިއަވަސް އަށް އާމިރާ ދިން ފުރަތަމަ ބަސްދީގަތުމުގައި ފާހަގަކުރި އެވެ. އާމިރާ އިތުރަށް ބުނީ މިހާރުވެސް ހުރި ގޮތަށް ފިލްމީ ދާއިރާގައި އޭނާ ސާބިތުވެ ހުންނާނެކަމުގެ ޔަޤީންކަންދޭ ކަމަށެވެ.
އެމްއެފްއޭ އިންތިޚާބު 2022ގެ ފޯރި ވަރަށް ބޮޑަށް ގަދަވެފައިވާކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން ޓީމު ހަދައިގެން ވަކި ސްލޯގަންއެއްގައި، މެނިފެސްޓޯއަކާއެކު ކެމްޕޭންކުރަމުން ގެންދަވާ ކެންޑިޑޭޓުންނާއި އަމިއްލަގޮތުން، މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ވާދަކުރައްވާ ކެންޑިޓޭޓުންވެސް ނުހަނު ޖޯޝާއި ފޯރީގައި ކެމްޕޭނު މެކުހަށް ޖަހާފައިވާކަން ފާހަގަކޮށްލެވެ އެވެ.
މޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ ވައިސް ޗެއާޕާސަން ޢާމިރާ އިސްމާޢީލަށް މުނިއަވަސް ޓީމުން މަރުޙަބާ ކިޔަމު އެވެ.
އެމްއެފްއޭ ހިންގާ ކޮމެޓީގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓް
🎥 ޗެއާޕާސަން
🎫 އިބްރާހީމް ރަޝީދު މޫސާ – ކެންޑިޑޭޓް ނަންބަރު 01
🎫 ޝިވާޒް ޢަބްދުﷲ – ކެންޑިޑޭޓް ނަންބަރު 02
🎥 ވައިސް ޗެއާޕާސަން
🎫 ޢާމިރާ އިސްމާޢީލް – މަޤާމަށް ހޮވިފައި
🎥 ޖެނެރަލް ސެކްރެޓަރީ
🎫 މުޙައްމަދު ރިފްޝާން – ކެންޑިޑޭޓް ނަންބަރު 01
🎫 މުޙައްމަދު މަނިކް – ކެންޑިޑޭޓް ނަންބަރު 02
🎥 ޚަޒާންދާރު
🎫 ޢަބްދުﷲ މާހިރު – ކެންޑިޑޭޓް ނަންބަރު 01
🎫 ޖާދުﷲ އިސްމާޢީލް – ކެންޑިޑޭޓް ނަންބަރު 02
🎥 ބޯޑު މެންބަރުން
🎫 އަމްޖަދު އިބްރާހީމް – ކެންޑިޑޭޓް ނަންބަރު 01
🎫 އަޙްމަދު ޝާހް ޢަލީ – ކެންޑިޑޭޓް ނަންބަރު 02
🎫 ޢަލީ ޝާހިދު – ކެންޑިޑޭޓް ނަންބަރު 03
🎫 މުޙައްމަދު ފައިސަލް – ކެންޑިޑޭޓް ނަންބަރު 04
🎫 އިބްރާހީމް ރިޔާޒް – ކެންޑިޑޭޓް ނަންބަރު 05
***********
މި ލަފުޒު އެނގޭތަ؟
ވަދިކޮށް – ބިޒީކޮށް
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!