2018 ވަނަ ބޮލީވުޑުން ގެނެސްދިން އެންތޮލޮޖީ ފިލްމު “ލަސްޓް ސްޓޯރީސް” ގެ ސީކުއެލްގައި އާރް. ބަލްކީ ގެނެސްދޭ ސެގްމެންޓްގެ ލީޑް ރޯލަށް އަންގަދް ބޭޑީ އާއި މުރްނާލް ޓާކުރް ހަމަޖައްސައިފިއެވެ.
އާރް. ބަލްކީގެ ސެގްމެންޓަށް އަންގަދް ހަމަޖެއްސިއިރު، މިއީ އަންގަދް ބަލްކީގެ ފިލްމެއްގައި މަސައްކަތްކުރާ ދެވަނަ ފަހަރެވެ. ކުރިން އޭނާ މަސައްކަތްކުރީ މިހާރު ޝޫޓިންގ ނިންމާލައި ޕޯސްޓް ޕްރޮޑަކްޝަން މަރުހަލާގައި އޮތް ބަލްކީގެ “ގޫމަރް” ގައެވެ. އެއީ އަބީޝެކް ބައްޗަން، ޝަބާނާ އަޒްމީ އަދި ސައްޔާމީ ކޭރްވެސް އިސް ރޯލުތަކުން ފެނިގެންދާ ފިލްމެކެވެ. އަދި “ލަސްޓް ސްޓޯރީސް2” އަކީ ބަލްކީއާއެކު މުރްނާލް ކުރާ ފުރަތަމަ މަސައްކަތްކަން ފާހަގަކޮށްލެވެއެވެ.
“ލަސްޓް ސްޓޯރީސް2” ގައި ބަލްކީ ޑައިރެކްޓްކުރާ ސެގްމެންޓްގެ ނަން ހާމަކޮށްފައި ނުވިނަމަވެސް، ފިލްމުގެ ސްކްރިޕްޓްވެސް ފައިނަލް ކޮށްފައިވާ ކަމަށާއި މި ފެށުނު އޮގަސްޓް މަހުގެ7 ގައި މުމްބާއީގައި ފިލްމުގެ ޝޫޓިންގ ފަށާނެކަމަށް ޚަބަރުތައް ބުނެއެވެ. އަދި އޮގަސްޓް މަހުގެ މެދުތެރޭ ޝޫޓިންގ އެއްކޮށް ނިންމާލަން އަމާޒު ހިފާފައިވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.
އާރް. ބަލްކީ “ލަސްޓް ސްޓޯރީސް2” ގެ އެއް ސެގްމެންޓް ޑައިރެކްޓް ކުރާއިރު، ބާކީ3 ސެގްމެންޓް ޑައިރެކްޓް ކުރާނީ ކޮންކޮނާ ސެން ޝަރްމާ، ސުޖޯއީ ގޯޝް އަދި އަމިތު ރަވިންދަރްނާތު ޝަރްމާ ކަމަށްވެއެވެ.
“ލަސްޓް ސްޓޯރީސް2” ވެސް ޕްރޮޑިއުސްކުރަނީ ރޮނީ ސްކްރޫވާލާ، އާޝީ ދުއާ އަދި ނެޓްފްލިކްސް ގުޅިގެންނެވެ. މިއީ ރޮނީ ސްކްރޫވާލާ ޕްރޮޑިއުސްކޮށް ގެނެސްދޭން ފެށި އެންތޮލޮޖީ ފިލްމު ސީރީޒްގެ4 ވަނަ ފިލްމެވެ. ކުރިން ގެނެސްދިން ފިލްމުތަކަކީ2013 ގެ “ބޮމްބޭ ޓޯކީސް”،2018 ގެ “ލަސްޓް ސްޓޯރީސް” އަދި2020 ގެ “ގޯސްޓް ސްޓޯރީސް” އެވެ. އެ3 ފިލްމުވެސް ޑައިރެކްޓްކުރީ ކަރަން ޖޯހަރް، ޒޯޔާ އަޚްތަރް، އަނޫރާގް ކަޝިޔަޕް އަދި ޑިބާކަރް ބަނަރްޖީއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 1 މެއި 2024ވާހަކައިމްނާ
- 16 އޮކްޓޯބަރ 2023ޚަބަރުމާމޮރިސް ބ: ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ޓީމް ޗަޑްސް އިން އުންމީދު އާކޮށްފި
- 16 އޮކްޓޯބަރ 2023ޚަބަރުމާމޮރިސް ބ. ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ރޯޔަލް ފްރެންޑްސް އާއި ޗެލެންޖާސް ސްޕޯޓްސް ކްލަބަށް މޮޅެއް
- 14 ސެޕްޓެމްބަރ 2023ޚަބަރުހަމް ޓީވީއިން މިފަހަރު ގެނެސްދެނީ “ފިތުނާ”