ޑާކް ރެއިން އެންޓަރޓެއިންމަންޓް އިން މި އަހަރު ނެރެން ނިންމާފައިވާ މުހިންމު އެއް ފިލްމު ކަމަށްވާ “ގޮށްރާޅު” ގެ ފުރަތަމަ ފެނިލުން ދައްކާލައިފިއެވެ.
ސަލްސާ ރޯޔަލްގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ފިލްމުގެ ޕޯސްޓަރ ރިލީޒްކޮށްފައިވާއިރު، ގޮށްރާޅު ގެ ޕޭޖުގައި ފިލްމުގެ މޯޝަން ޕޯސްޓަރ ވެސް ވަނީ ރިލީޒްކޮށްފައެވެ. މި މޯޝަން ޕޯސްޓަރުން ފެންނަނީ ފިލްމުގެ ލީޑް ޖުމައްޔިލް ނިމާލް (ޖުމަލް)، ރަސްމީ ހެދުމެއްގައި ހުއްޓައެވެ. ޖުމަލް އަށް އަނިޔާކޮށް، އަނގައިން ލޭ އަންނަތަަން ފެނެއެވެ. އަނގައިން ދަވަ އާއި ލޭ ފައިބަމުންދާތަން ފެނެއެވެ. އެހެންކަމުން މި މަންޒަރުތަަކަށް ބަލާއިރު ތަފާތު އިހްސާސެއް ކުރެވެއެވެ.
‘ގޮށްރާޅު’ ގެ ޕޯސްޓަރާއި އެނިމޭޓެޑް ޕޯސްޓަރުންވެސް ޖުމަލް ގެ ބޮލުގެ އިސްތަށިގަނޑެއް ނުފެނެ އެވެ. އަދި މި ފިލްމުގެ ޝޫޓިން ފެށިފަހުން ޖުމަލް ފެންނަނީ ބޮލަށް ކޯރިއެއް މަހައިގެން ހުންނަތަނެވެ. އެހެންކަމުން މި ފިލްމުގައި ޖުމަލް ގެ ބޯ ބާލާފައި ހުންނަނީ ކަމަށްވެސް ވެދާނެ އެވެ.
މޫމިން ފުއާދުގެ ވާހަކައަކަށް ޢަހުމަދު ޝިނާން ޑައިރެކްޓް ކުރާ “ގޮށްރާޅު” ގެ 75 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. ޕްރޮޑިއުސް ކޮށްފައި ވަނީ މުޙައްމަދު އަލީ (މޮގަރ) އާއި އާއިޝަތު ފުވާދު ތައުފީޤެވެ.
ޖުމައްޔިލްގެ އިތުރުން މި ފިލްމުން ދެން ފެނިގެންދާނީ، މޯލްޑިވިއަން އައިޑަލް އިން ފެނިގެންދިޔަ ހަސަން އިރުފާން (ޒަކިއްޓެ)، އައިމިނަތު ރަޝްފާ، ޢައިޝަތު ތަސްނީމާ، ޢަބްދުﷲ އަޒާން، ނުޒުހަތު ޝުޢައިބު (ނުޒޫ)، ނާޝިތު މުޙައްމަދު، ހަމްދާން ފާރޫޤް، މަރިޔަމް ޝަކީލާ އަދި އިސްމާއިލް ރަޝީދެވެ.
މި ފިލްމު ރިލީޒްކުރުމަށް ނިންމާފައި ވަނީ އޭޕްރީލް 5 ވަނަ ދުވަހުއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!