މުޙައްމަދު މުންތަސިރު (މުންކޮ)ގެ ކޮންސެޕްޓަކަށް އިބްރާހީމް ވިސާން (ކަނޑި) ޑައިރެކްޓްކޮށް އޯކޭޒް އިންކް އިން އުފައްދާ “ގުދަން” ބައިސްކޯފަށް ގެންނަން ތައްޔާރުވެއްޖެ އެވެ.
މިއީ ތީމެއްގެ ގޮތުގައި ‘ލަދުވެތިކަން’ ދައްކައިދޭނެ ސީރީޒެއް ކަމަށާ މީގެ އިތުރުން ބާރެއްނެތި އުޅެން ޖެހުމުން ދިރިއުޅުމުގެ ކަންކަމަށް އަސަރުފޯރުވާ ގޮތާއި އެފަދަ ކަންކަމާމެދު އިހުމާލުވުމުން ދެން ކަންތަައްތައް ބަދލުވެގެންދާ ގޮތް ފެނިގެންދާނެ ސީރީޒެއް ކަމަށް މުނިއަވަސް އަށް މުންކޮ ބުންޏެވެ.
“އަހަރުމެންނަކީ ކޮން ބައެއްކަން އެނގޭނީ ކޮންމެވެސް މީހަކު އެކަން ފާހަގަކުރުމުން.” ވެބް ސީރީޒް “ގުދަން”ގެ އިތުރު މަޢުލޫމާތެއް ދިނުމަށް އެދުމުން މުންކޮ ފާހަގަކުރި އެވެ.
މަހްދީ އަޙްމަދުގެ ސްކްރީންޕްލޭއަކަށް އުފައްދާ “ގުދަން”ގެ މާގިނަ މަޢުލޫމާތުތަކެއް ހިއްސާކޮށްފައި ނުވިޔަސް މި ސީރީޒުގެ މުހިންމު ކެރެކްޓަރ އަކުން މުޙައްމަދު އަފްރާހް ފެނިގެންދާނެކަން ފާހަގަކޮށްލެވެ އެވެ.
ބައިސްކޯފުން އާއްމުކޮށްފައިވާ ޓްރެއިލަރއިން ގިނަ މޫނުތަކެއް ފެނިގެންދާއިރު، މިއީ ގުދަނެއްގެ ތެރޭގައި ހިނގާ ހާދިސާތަކެއް ދައްކުވައުދޭނެ ސީރީޒެއްކަމަށް ބެލެވެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 21 އޭޕްރިލް 2025ޚަބަރުޕްރޮޖެކްޓް 37 އެއީ “އަލިފާން”
- 20 އޭޕްރިލް 2025ޚަބަރު“ހިލޭ ޓީވީ” މެދުވެރިކޮށް ސުމާރެއްނެތްހާ ގިނަ ޗެނަލްތައް ހިލޭ ބަލައިލެވޭނެ
- 20 އޭޕްރިލް 2025ޚަބަރު“އަބަދަށް” ޕްރިމިއާ ނައިޓްގަ ރަށްރަށުގައި ދެއްކުމުގެ ފުރުޞަތުހުޅުވާލައިފި
- 20 އޭޕްރިލް 2025ހޮލީވުޑް“ޓޫ އޮފް އަސް” އިން ހުށައެޅީ ބަދަން ޕޭ ސިތާރޭގެ ޓޫ ޕޮއިންޓް އޯ ވާރޝަނެއް – ޝްރަދާ ޕަންޑިތު