“ބެޓްލް އޮފް ބޮޑުބެރު” ނަމުގައި ބައިސްކޯފުން ބޮޑުބެރު ޗެލެންޖެއް ބާއްވަން ނިންމައި އެ ޗެލެންޖްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ. މިއީ މިއުޒިކީ އެހެން އިންސްޓްރޫމެންޓްތައް ވެސް ބޭނުންކޮށްގެން ހުށައަޅައިދޭ ބޮޑުބެރު ޗެލެންޖެކެވެ.

މި އޯގަސްޓް މަހު އޮޑިޝަން ފަށަން ހަމަޖެހިފައިވާ މި ޗެލެންޖްގައި އެއްވެސް އަގަކާއި ނުލައި ރެޖިސްޓްރީ ވެވޭނެ އެވެ. އެގޮތުން، ރެޖިސްޓްރީވުމަށްޓަކައި ގްރޫޕްގެ ނަން، ބައިވެރިންގެ ނަން، އައިޑީކާޑް އަދި ގުޅޭނެ ނަންބަރާއި ބޭނުންކުރާނެ މިއުޒިކް އިންސްޓްރޫމެންޓްތަކުގެ ނަން، 7307000 ނަންބަރަށް ވަޓްސްއެޕް ނުވަތަ ވައިބަރުން ފޮނުވައިލުމުން ރެޖިސްޓްރީ ވެވޭނެ އެވެ.

“ބެޓްލް އޮފް ބޮޑުބެރު” ޗެލެންޖްގެ ގަވާއިދުތަކަށް ބަލައިލާއިރު، ގްރޫޕެއްގައި ގިނަވެގެން ތިބެވޭނީ 05 ބައިވެރިންނަށެވެ. ކޮންމެ ގްރޫޕަކުން ވެސް 10 މިނެޓްގެ އައިޓަމް ހުށައަޅަން ޖެހެއެވެ. އިތުރު މިއުޒިކް އިންސްޓްރޫމެންޓް ބޭނުންކުރި ނަމަވެސް، މައިގަނޑު އިންސްޓްރޫމެންޓެއްގެ ގޮތުގައި ބޭނުންކުރަން ޖެހެނީ ބޮޑުބެރެވެ. ކޮންމެ ސެގްމެންޓެއްވެސް ހުށައަޅަން ޖެހެނީ ވަގުތުންނެވެ. ހުރިހައި ޖޮންރާއެއްގެ މިއުޒިކް ހުށައެޅުމުގެ ފުރުޞަތު ދީފައިވެ އެވެ. މިއީ ހުރިހައި ޤައުމެއްގެ މީހުންނަށްވެސް ހުޅުވާލާފައިވާ ފުރުޞަތެކެވެ.

ފަނޑިޔާރުންގެ މާކްސްއާއި ވޯޓުން އެންމެ ގަދަ 04 ޓީމެއް ހޮވާލެވޭނެ އެވެ.

“ބެޓްލް އޮފް ބޮޑުބެރު” ޗެލެންޖްގެ ފައިނަލް ބާއްވާނީ ކްރޮސްރޯޑް މޯލްޑިވްސްގެ ހާޑް ރޮކް ކެފޭގަ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.