ޕާކިސްތާނު ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކުން އެ ފިލްމަކަށް އެންމެ އިންތިޒާރުކުރުވި ފިލްމު “ދަ ލިޖެންޑް އޮފް މައުލާ ޖަޓް” ނެޓްފްލިކްސްގައި މިމަހު 13ވަނަ ދުވަހު ރިލީޒްކޮށްފި އެވެ. ބިލާލް ލަޝާރީ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ޕާކިސްތާނުގެ އެންމެ އަގުބޮޑު ތަރިން ހިމަނައިގެން ކުޅެފައިވާ ވަރުގަދަ އާޓް ފިލްމެކެވެ.
“ދަ ލިޖެންޑް އޮފް މައުލާ ޖަޓް” އުފެއްދި ފަރާތްތަކުން މި ފިލްމުގެ ޕްރެޒެންޓިންގ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ޕާކިސްތާނުގެ އެންމެ ވަރުގަދަ މީޑިއާ ގްރޫޕް ‘ޖިއޯ ފިލްމްސް’ އެވެ. މިއީ ޕާކިސްތާނުގައި ބައިސްކޯފު ފިލްމުތައް ދިރުވައި އާލާކުރުމަށް އެންމެ ބޮޑަށް ހިއްސާވާ ކުންފުންޏެވެ.
“ދަ ލިޖެންޑް އޮފް މައުލާ ޖަޓް” މިއީ ޕާކިސްތާނުގައި އުފައްދާ އެންމެ އަގުބޮޑު ފިލްމެވެ. ޕާކިސްތާނުގެ އަގުބޮޑު ފިލްމީ ތަރިންގެ އިތުރުން މި ފިލްމުގައި ލަވަކިޔުންތެރިޔާ ފާރިޝް ޝާފީ އަދި ޢަލީ އަޒްމަތު ވެސް ހަރަކާތްތެރިވެ އެވެ.
މި ފިލްމުގެ އިސް ރޯލުތަކުން، ބޮޑު މަޤުބުޅުކަމެއް ހޯދާފައިވާ މަޝްހޫރު އެކްޓަރ ފަވާދް ޚާން ފެނިގެންދާނީ މައުލާ ޖަޓްގެ ރޯލުންނެވެ. މާހިރާ ޚާން ފެނިގެންދާނީ މުއްކޯގެ ރޯލުންނެވެ. ޕަންޖާބީ ބަހުން އުފައްދާފައިވާ މި ފިލްމަކީ 1979ގައި ޔޫނުސް މާލިކް އުފައްދައި ނެރުނު “މައުލާ ޖަޓް”ގެ ރީބޫޓް ފިލްމެކެވެ.
“ދަ ލިޖެންޑް އޮފް މައުލާ ޖަޓް” ރިލީޒްކުރެވިފައި މިވަނީ 10 އަހަރު ދުވަހުގެ މަސައްކަތަށް ފަހުގައިކަން ފާހަގަކުރަމުން ބިލާލް ލަޝާރީ ބުނެފައިވަނީ ނުނިންމޭނެ ކަމަށް ގިނަބަޔަކު ބުނި މި ފިލްމު މި އޮކްޓޫބަރު މަހު ރިލީޒްކުރެވޭނެ ކަމަށެވެ.
ފިލްމުގެ ސްކްރީންޕްލޭ ލިޔުނީވެސް ލަޝާރީ އެވެ. ޑައިލޮގުތައް ލިޔުނީ ނާސިރު އަދީބެވެ.
އެންސައިކްލޮޕީޑިއާ އެންޑް ލަޝާރީ ފިލްމްސްއިން ޓްރިޕްލް އޭ މޯޝަން ޕިކްޗާސްއާއި ގުޅިގެން އުފައްދާފައިވާ މި ފިލްމުގެ ޕްރޮޑިއުސަރަކީ އައްމާރާ ހިކްމަތު އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ސެޕްޓެމްބަރ 2024ޚަބަރު“ދޭދަރު ރުއިން” ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި
- 19 ސެޕްޓެމްބަރ 2024ޚަބަރު“އުދަބާނި” މިރޭ އޮލިމްޕަހަށް
- 17 ސެޕްޓެމްބަރ 2024ޚަބަރު“ބިބީ” ގެ ޓިކެޓް ވިއްކަން ފަށައިފި
- 16 ސެޕްޓެމްބަރ 2024ރިޕޯޓްބުލީގެ ޝިކާރައެއް! އެހަނަސް، މިއީ ފިސާރި ހުނަރުވެރިއެއް!