މާރިޗް 05 ގައި ރިލީޒްކުރާ ‘ވަކިން ލޯބިން’ ގެ ޓިކެޓް ވިއްކަަން ފަށައިފި އެވެ. ޑާކްރެއިން އެންޓަޓެއިންމެންޓުން ބުނީ ހެނދުނު 10:00 ން ރޭގަނޑު 10:00 އާއި ދެމެދު އޮލިމްޕަހުގެ ޓިކެޓް ކައުންޓަރުން ޓިކެޓް ގަންނަން ލިބެން ހުންނާނެ ކަަމަށެވެ.
އައިޝަތު ފުއާދު ތައުފީގުގެ ސްކްރީންޕްލޭ އަކަށް، އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓް ކުރިި ފިލްމް “ވަކިން ލޯބިން” ގެ ޓިކެޓް އޮންލަައިންކޮށް ބުކިން ހެއްދުމުގެ ފުރުޞަތު ހުޅުވައިލުމުން ވަަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަަމަށް އެ ސްޓޫޑިއޯއިން ވަނީ ބުނެފަައެވެ.
މި ފިލްމަކީ ވަރިފަށަށް އަރާ ޒުވާން ދެމަފިރިއެއްގެ ވާހަކަ ކިޔައިދޭ ފެމިލީ ޑްރާމާއެކެވެ.
މި ފިލްމްގެ ޑައިރެކްޓަރަކީ އެންމެ ފަހުން ބޭއްވި އެވޯޑްސްގައި އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ހޯދި އަލީ ޝިފާއު (ޗިއްޕެ) އެވެ. ފިލްމްގެ މައިގަނޑު ތަރިންގެ ތެރެއިން ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) އަކީ އެންމެ މޮޅު ބަތަލާ އާއި ބަތަލާގެ މަގާމު ހޯދި ތަރިންނެވެ. މި ދެތަަރިންގެ އިތުރުން ނުޒުހަތު ޝުއައިބް ވެސް ފިލްމުގައި މުހިންމު ރޯލެއް ކުޅެފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 4 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ރަސްމީ ޕޯސްޓަރާއި ބައެއް ލަވަތައް ނެރުމަށް އާއްމުކޮށް ހުޅުވާލައިގެން ބޮޑު އިވެންޓެއް!
- 30 މާރޗް 2025ޚަބަރު“ސޮރީ” ފިލްމުގެ ލަވައެއްގެ ޝޫޓިންއަށް ގިނަ ޢަދަދެއްގެ ކުޑަކުދިން ބޭނުންވެއްޖެ
- 30 މާރޗް 2025ރިޕޯޓްމެލަސްމާ އަކީ ކޮބާ؟
- 30 މާރޗް 2025އިޖްތިމާޢީފާޚާނާތަށި ސާފުކޮށް ބަހައްޓައި މީރުވަސްދުއްވުމަށް މިކަން ކޮށްލާ!