‘ނޮވެލް ސްޓޫޑިއޯ”ގެ “ގިނިމާ”އަލްބަމު، ޔޫޓިއުބް އަދި ސައުންޑްކްލައުޑުގައި ރިލީޒްކޮށްފި އެވެ. މިމަހު 16 ވަނަ ދުވަހު ރިލީޒްކުރި “ގިނިމާ” އަލްބަމުގައި 10 ލަވަ ހިމެނެ އެވެ. ހުރިހައި ލަވަތަކެއްގެ ލިރިކްސް ވީޑިއޯ ޔޫޓިއުބްގައި ރިލީޒްކޮށްފައިވެ އެވެ.

“ގިނިމާ” އަލްބަމުގެ ލަވަތައް ކިޔާފައި ވަނީ ޒުކާން، ބަދުރު، އަޒްމީ، ހައިޝަމް، ޓެބޭ، ޖިމީ، ޓައިގަރ، އެކްސް ކިޔު އަދި ހިޝާމް އެވެ. ލަވަތަކުގެ މިއުޒިކު ހެދީ ބަދުރު އެވެ. މިކްސިންގ އަދި މާސްޓަރިން ހެދީ އަޒްމީ އެވެ. ގްރެފިކްސް ހެދީ ފަރޭ އެވެ.

‘ނޮވެލް ސްޓޫޑިއޯ’ އަކީ ކޮއްކޮއަކާއި ބޭބެއެއް މަޝްވަރާކޮށްގެން ޓީމެއް އެކުލަވައިލާ އުފެއްދި ސްޓޫޑިއޯއެކެވެ. ”

ކޮއްކޮއަކީ ލަވަކިޔަން ޝައުޤުވެރިކަން ހުންނަމީހަކަށް ވެފަ، ބޭބެއަކީ ވީއެފްއެކްސް، ސިނަމޮޓޯގްރަފީ، ކެމެރާ އަދި އެޑިޓިންފަދަ ކަންކަން ކޮންމެވެސް ވަރަކަށް ދަންނަ މީހަކަށް ވާތީ ރައްޓެހިންކޮޅަކާ މަޝްވަރާކޮށްގެން ކުރިއަށްގެންދަން ނިންމި ޓީމެއް.” ސްޓޫޑިއޯ އުފެދުނު ގޮތް މުނިއަވަސް އާ ހިއްސާކުރަމުން ސްޓޫޑިއޯގެ ސީއީއޯ ޢަޒްމީ ޢަބްދުﷲ ކިޔައިދީފައިވެ އެވެ.

‘ނޮވެލް ސްޓޫޑިއޯ’ އަކީ ހަމައެކަނި މިއުޒިކް އުފައްދާ ސްޓޫޑިއޯއެއް ނޫނެވެ. އެގޮތުން ބައެއް ފަރާތްތަކުން ލިބޭ އެހީތެރިކަމާއެކު ކުރު ފިލްމު ހެދުމަށްވެސް އެ ސްޓޫޑިއޯއިން ވަނީ ނިންމާފައެވެ. މަޝްހޫރު ޑައިރެކްޓަރ މޫމިން ފުއާދު އުފައްދައި ބައިސްކޯފުގައި ރިލީޒްކުރުމަށް ތައްޔާރުވެފައިވާ “ނެތީމޭ” ވެބް ސީރީޒްގެ އެޑިޓިން ހަދާފައިވަނީ އަޒްމީ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.