“އިމްލީ” ސީރީޒަށް ގެންނަން އުޅޭ ޖީލެއްގެ ކުރިއެރުމަށް (ޖެނެރޭޝަން ލީޕަށް) ފަހުގައި މަޔޫރީ ދޭޝްމުކް ނުވަނަ މާލިނީ ވެސް އެ ސީރީޒުން ވަކިވާން އުޅޭކަމުގެ އަޑުތައް ފެތުރެން ފަށައިފި އެވެ.

“އިމްލީ” ސީރީޒަށް ގެންނަން އުޅޭ ޖީލެއްގެ ކުރިއެރުމަށް (ޖެނެރޭޝަން ލީޕަށް) ފަހުގައި ސީރީޒްގެ ލީޑް ކުޅެމުން އަންނަ ފަހްމާން ޚާން އަދި ސުމްބުލް ތަޢުޤީރް ވެސް މި ޝޯވ ދޫކޮށްލާނެކަން މިދިޔަ ހަފުތާގައި ކަށަވަރުކޮށްދީފައިވެ އެވެ.

ސީރީޒްގެ ވާހަކަ މިހާރު ކުރިއަށްދާ ގޮތުން، ވަރަށް އަވަހަށް އިމްލީ އަދި އާރްޔަން ގުޅޭނެ އެވެ. އިމްލީ އަށް އަންހެން ކުއްޖެއް ލިބޭނެ އެވެ. އިމްލީއަށް ދަރިއެއް ލިބުމާ ގުޅިގެން ޗީނީ އަށް ލިބެންވާ ސަމާލުކަން ލިބުން ކުޑަވާނެ ކަމަށް ހީވެ، ޗީނީގެ ހިތްހަމަ ނުޖެހުން އޮންނާނެ އެވެ.

މީގެ ދެ އަހަރު ކުރިން ފެށި މި ސީރީޒަށް ގިނަ ޓްވިސްޓްތަކެއް ގެނެސްފައިވާއިރު، ސީރީޒްގައި ފިރިހެން ލީޑުން އެންމެ ފުރަތަމަ ފެނުނު އަދްތިޔާ ކުމާރް އަދި އޭނާގެ އާއިލާ މި ސީރީޒުން ނުދައްކާގޮތަށް ނިންމައި، ވާހަކައިގެ މިސްރާބު އާރްޔަން އަދި އިމްލީގެ ގުޅުމަށް ބަލުކޮށްފައިވެއެވެ.

ސީރީޒް ފެނުނު އިރު، “އިމްލީ” އަކީ ރަށްފުށުގެ ދިރިއުޅުމަށް ލޯބިކުރާ ވަރަށް އާދައިގެ ނިކަމެތި އާއިލާއެއްގެ އަންހެން ކުއްޖެކެވެ. މި ސީރީޒްގައި ދައްކައިދިނީ ދަތުރުވަރެއްގައި ރަށްފުށަށް ދާ ޒުވާނަކާއި “އިމްލީ” އާ ދެމެދު ހިނގާ ކަންތައްތަކެއްގެ ސަބަބުން އެ ދެ މީހުންނަށް ކައިވެނިކުރަން މަޖުބޫރުވެ، ބީރައްޓެހި މާހައުލަކަށް އިމްލީ ހިޖުރަކުރާ ފަހުން އެނގެނީ ފިރިމީހާ އެހެން ކައިވެންޏެއް ކޮށްގެން އުޅޭ ކަމެވެ. އެކަމުގެ ސަބަބުން އިމްލީ އަށް ދިމާވާ އަސަރު ގަދަ ހާދިސާތަކެއް މި ސީރީޒްގައި ދައްކުވައިދީފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.