ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ޖޫހީ ޗަވްލާގެ އަލަތު ވެބް ސީރީޒް “ހަޝް ހަޝް” ރިލީޒްކުރާނެ ތާރީޚް އިޢުލާނުކޮށްފި އެވެ. މި ސީރީޒް ރިލީޒްކުރާނީ 22 ސެޕްޓެމްބަރުގައި ކަމަށް އެމެޒޯން ޕްރައިމް އިން ބުނެވެ.
ވެބް ސީރީޒް “ހަޝް ހަޝް”ގެ ލީޑްގައި ޖޫހީގެ އިތުރުން ކްރިތިކާ ކަމްރާ، ޝަބާނާ ގޯސްވާމީ، އަޔޭޝާ ޖުލްކާ އަދި ކަރިޝްމާ ތަންނާ ހަރަކާތްތެރިވެ އެވެ.
ފިލްމު “ސަންގްރާޝް،” “ގަރީބް ގަރީބް ސިންގްލޭ” އަދި “ދުޝްމަން” ޑައިރެކްޓްކުރި ތަނޫޖާ ޗަންދްރާ ޑައިރެކްޓްކުރާ “ހަޝް ހަޝް”އަކީ ހަތް އެޕިސޯޑްގެ ތުރިލާ ސީރީޒެކެވެ.
މި ސީރީޒްގެ ވާހަކަ އެނބުރޭނީ ހަމަޖެހޭ އުފާފާގަތި ދިރިއުޅުމެއް އުޅެމުން އައި އަންހެނުންތަކެއްގެ ވަށައިގެންނެވެ. އެމީހުންގެ ހަޔާތަށް ކުރިމަތިވާ ހާދިސާތަކެއްގެ ސަބަބުން އެމީހުންގެ ދިރިއުޅުން ހީވެސްނުކުރާ ގޮތަކަށް ފުރޮޅިގެންދިއުމުން ކުރިމަތިވާ ކަންތައްތަކެއް މި ސީރީޒްގައި ދައްކައިދޭނެ އެވެ.
“ހަޝް ހަޝް އަކީ ހަޤީޤީ ދިރިއުޅުން ދައްކައިދޭ ސީރީޒެއް. އެތައް ދުވަހެއް ވާންދެން އަހަރުމެން އެއް ހެދުމެއް ލައިގެން އުޅެނީ އެއްވެސް މޭކަޕެއް ނުކޮށް އަހަރުމެންގެ އަސްލު އިމޯޝަންތައް ދައްކައިގެން.” މި ސީރީޒްއާ ބެހޭގޮތުން ވާހަކަދައްކަމުން ސޯހާ އަލީ ޚާން ބުންޏެވެ.
މި ސީރީޒަކީ ޖޫހީ ޗަވްލާގެ އިތުރުން އަޔޭޝާ ޖުލްކާގެ ވެސް އަލަތު ވެބް ސީރީޒެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 19 ސެޕްޓެމްބަރ 2024ޚަބަރު“އުދަބާނި” މިރޭ އޮލިމްޕަހަށް
- 17 ސެޕްޓެމްބަރ 2024ޚަބަރު“ބިބީ” ގެ ޓިކެޓް ވިއްކަން ފަށައިފި
- 16 ސެޕްޓެމްބަރ 2024ރިޕޯޓްބުލީގެ ޝިކާރައެއް! އެހަނަސް، މިއީ ފިސާރި ހުނަރުވެރިއެއް!
- 13 ސެޕްޓެމްބަރ 2024ޚަބަރުއައިފިލްމްސް އަދި ކަޒްމިކްގެ “ދޭދަރު ރުއިން” ފިލްމުގެ ޓީޒާ ދައްކާލައިފި