ހިތްގައިމު ދިވެހި ފިލްމީ ތަރި އާމިނަތު ރަޝްފާ (އާޝާ)އަށް އުފަންދުވަހުގެ ތަހުނިޔާ މުނިއަވަސް އިން ކިޔަމެވެ. މިއަދު މިއީ އާޝާގެ އުފަންދުވަހަށް ވާތީ ކަމަށްވެސް ވެދާނެ އެވެ. އަހަރެންގެ “ލޮލަކަށް ނިންޖެއް ނާދޭ” މި ބުނެލަނީ ނިދީގެ ކަންފުޅެއްވެސް ނެތީމައެވެ.

އާޝާގެ އުފަންދުވަސް މި އަހަރުވެސް ތަފާތުވެގެން ދަނީ އާޝާގެ އައު ވީޑިއޯ ލަވައެއް ފެނިގެންދާނެތީ އެވެ. މިއަދު މެންދުރުފަހު 13:30ގައި ޑާކް ރެއިން އެންޓަޓެއިންމެންޓްގެ “ލޮލަކަށް ނިންޖެއް ނާދޭ” ރިލީޒްކުރަނީ އާޝާގެ މި މުހިންމު މުނާސަބާއާވެސް ގުޅުވާލައިގެންނެވެ. މިއީ ޑާކް ރެއިން އެންޓަޓެއިންމެންޓުން މަސައްކަތް ފަށާފައިވާ ފީޗާ ފިލްމު “ހިނދުކޮޅެއް”ގެ ލަވައެކެވެ.

“ލޮލަކަށް ނިންޖެއް ނާދޭ” މިއަދު ހެނދުނު ރާއްޖެ ޓީވީގެ ‘ފަށާއިރު” ޕްރޮގްރާމުގައި ރިލީޒްކުރުމަށްފަހު، މެންދުރުފަހު ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ޔޫޓިއުބް ޗެނަލުން ރިލީޒްކުރާނެ އެވެ. ފަށާއިރު ޕްރޮގްރާމުގައި މި ލަވައިގެ މަޢުލޫމާތު ހިއްސާކުރުމަށް އާޝާ ބައިވެރިވާނެ ކަމަށްވެސް ޑާކް ރެއިން އިން ބުނެފައިވެއެވެ.

ކުރިން ބޮޑު މަޝްހޫރުކަމެއް ލިބިފައިވާ “ލޮލަކަށް ނިންޖެއް ނާދޭ”ގެ މި ވާރޝަންގައި އާޝާގެ އިތުރުން ޝަރަފު ފެނިގެންދާއިރު، ފިލްމު “ހިނދުކޮޅެއް”ގެ ވާހަކަތައް ދައްކައިދެ އެވެ. ޢަލީ ރަމީޒް ކިޔާފައިވާ މި ލަވައިގެ ތަފާތު ވާރޝަން ބަލައިލުމަށް ތައްޔާރަށް ތިބޭށެވެ. މަޝްހޫރު ޅެންވެރިޔާ އީސާ ޝަރީފުގެ ހިތްގައިމު ޅެންވެރިކަނ އެކުލެވޭ މި ލަވަ ކިޔާފައިވަނީ އަޝްފާ އަދި ޙުސައިން ތަޢުފީޤް އެވެ.

https://www.youtube.com/watch?v=2SEysSijHWU

ޝަރަފް ޢަބްދުﷲ އަދި އާމިނަތު ރަޝްފާ (އާޝާ) އިސް-ބަޠަލުންގެ ގޮތުގައި ހަރަކާތްތެރިވާ ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ލޯބީގެ ފިލްމު “ހިނދުކޮޅެއް”ގެ ސްކްރީންޕްލޭ ލިޔުނީ އަޙްމަދު ޠަލާލް (ތޮލް) އެވެ. ޑައިރެކްޓްކުރަނީ ޢަލީ ޝިފާޢު (ޗިއްޕެ) އެވެ. ޕްރޮޑިއުސަރުންނަކީ ޢާއިޝަތު ފުއާދު އަދި މުޙައްމަދު ޢަލީ (މޮގާ) އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.