އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދިތިޔާ ނާރާޔަން އަދި އޭނާގެ އަނބިމީހާ ޝްވެތާ އަގަރަވާލް، އެ މީހުންގެ ދަރިފުޅު ތުވިޝާ ގޮވައިގެން ރާއްޖެ އަތުވެއްޖެ އެވެ. އަދިތިޔާ ނާޔަރަންގެ މި ދަތުރުގެ ފޮޓޯ އަދި ވީޑިއޯ އޭނާގެ އިންސްތަގްރާމުގައި ހިއްސާކުރަމުން އަންނަކަން ފާހަގަކޮށްލެވެ އެވެ.
ދިހަ އަހަރު ރައްޓެހިވެގެން އުޅުމަށް ފަހު އަދިތިޔާ އާއި ޝްވެތާ އަގަރަވާލް ކައިވެނިކުރީ 2020 ގަ އެވެ. މީގެ ހަ މަސް ކުރިން އެ މީހުންނަށް އަލަތު ދަރިފުޅު ލިބިފައިވާއިރު މިއީ އެ ކުއްޖާ ގޮވައިގެން ރާއްޖެއަށް އައި ފުރަތަމަ ފަހަރެވެ.
އަދިތިޔާ އޭނާގެ އިންސްޓަގްރާމުގައި އާންމުކުރި ޕޯސްޓެއްގައި ބުނީ ދަރިފުޅުގެ ޕާސްޕޯޓް ހެއްދުމަށް ފަހު އޭނާ ގޮވައިގެން އެންމެ ފުރަތަމަ ދަތުރުކުރި މަންޒިލަކީ ވެސް ރާއްޖެ ކަމަށެވެ. އެމީހުން ޗުއްޓީ ހޭދަކުރަމުން އަންނަނީ ބަގްލިއޯނީ ރިސޯޓުގައި ކަމަށާއި ވަރަށް މަޖާކުރަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.
View this post on Instagram
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓިކެޓް ބުކްކޮށްލަން ތައްޔާރުތަ؟
- 12 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ އަސަރުގަދަ ލަވަތައް ލަވަފޮށިން!
- 10 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާއިން ރެކޯޑެއް މުގުރާލައިފި
- 9 އޭޕްރިލް 2025ޚަބަރުރާއްޖޭގެ “ޓޫ އޮފްއަސް” ބޭންޑުން އިންޑިއާގެ ޖަޖުން އާޝޯޚްކޮށްލާ ފަދަ ހުށައެޅުމެއް!