ލީޝް ވިސާމް އަދި އެންލައިޓްން އަ މައިންޑްފުލް ކޮމިއުނިޓީއާއި ގުޅިގެން 2022 އޮކްޓޯބަރ 08 ވާ ހޮނިހިރު ދުވަހު ހެދުނު 9:00 އިން ހަވީރު 5:00 އަށް އެއްދުވަހަށް “އެވްރި މައިންޑް މެޓާރސް” ގެ ނަމުގައި މެންޓަލް ހެލްތު ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެންލައިޓްން އަ މައިންޑްފުލް ކޮމިއުނިޓީން ބުނެފި އެވެ.

“އެވްރި މައިންޑް މެޓާރސް” ފޯރަމްގެ ބައިވެރިންނަށް ނަފްސާނީ ދުޅަހެޔޮކޮމާއި ގުޅޭގޮތުން ތަފާތު މަޢުލޫމާތު ލިބި ހޭލުންތެރިވެގެންދާނެ ކަމަށް އެންލައިޓްން އަ މައިންޑްފުލް ކޮމިއުނިޓީން ބުނެ އެވެ.

މިފޯރަމްގައި ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭ މައުލޫމާތު ދެއްވާނީ ރާއްޖޭގައި ތިއްބެވި މިދާއިރާތަކުގެ ފުންނާބު އުސް މާހިރުންނެވެ. އެގޮތުން މި ފޯރަމްގައި ބައިވެރިވެލަައްވާ ބައިވެރިންނަށް 10 މަޢުޟޫއަކަށް މަޢުލޫމާތު ހިއްސާކުރެވިގެންދާނެއެވެ.

“އެވްރި މައިންޑް މެޓާރސް” ފޯރަމްގައި ބައިވެރިވާން ބޭނުންފުޅުވާނަމަ ތިރީގައިވާ ލިންކުގައި ދީފައިވާ ފޯމު ފުރިހަމަ ކުރެއްވުމަށް އެންލައިޓްން އަ މައިންޑްފުލް ކޮމިއުނިޓީން އެދެ އެވެ.

https://forms.gle/dg7YiGCsUsfRkmWw5

މީގެ އިތުރުން ފޯރަމްގައި ރެޖިސްޓްރީ ވުމަށް ތިރީގައިވާ ބެނާގައި ދީފައިވާ ކިޔުއާރް ކޯޑް ސްކޭންކޮށްގެންވެސް ރެޖިސްޓްރޭޝަން ފޯމު ލިބިވަޑައިގަންނަވާނެ އެވެ.

އިތުރު މަޢުލޫމާތު ހޯ ދެވުމަށް 9199918 އަށް ގުޅުއްވުމުން ލިބޭނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.