“ސަތިޔާ (1998)”، “ޕިޔާރް ތޫނޭ ކިޔާ ކިޔާ (2001)” އަދި “ބޫތު (2003)” ފަދަ ފިލްމުތަކުން ވަރުގަދަ އެކްޓިންގއެއް ދެއްކި ބޮލީވުޑް ބަތަލާ އުރްމީލާ މަޓޮންޑްކަރް، 8 އަހަރުގެ މެދުކެނޑުމަކަށްފަހު އެނބުރި އެކްޓިންގއަށް އަންނަން ތައްޔާރުވެއްޖެއެވެ.
“ތިވާރީ” ގެ ނަމުގައި ގެނެސްދޭ މި ވެބް ސީރީޒާއި ބެހޭގޮތުން މާގިނަ މަޢުލޫމާތެއް އާންމުކޮށްފައި ނުވާއިރު، މި ވެބް ސީރީޒަކީ އިންޑިއާގެ ކުޑަކުޑަ އަވަށެއްގައި ދިރިއުޅޭ މަޔަކާއި އަންހެން ދަރިއެއްގެ ވާހަކަ އޭގެ އެންމެ ފުނަށް ދައްކުވައިދޭނެ ސީރީޒެއް ކަމަށްވެއެވެ.
ވަރަށް އަވަހަށް ޝޫޓިންގ ފަށަން ތައްޔާރުވަމުން އަންނަ “ތިވާރީ” އަކީ ޑރ. ރާޖް ކިޝޯރް ކަވާރީ އާއި އުޓްޕާލް އަޗާރިޔާ ޕްރޮޑިއުސްކޮށް ސައުރަބް ވަރްމާ ޑައިރެކްޓްކުރާ ތުރިލާ ވެބް ސީރީޒެކެވެ.
ސްޓްރީމް ކުރާނެ ޕްލެޓްފޯމެއްވެސް ނުނިންމާ “ތިވާރީ” އިން އުރްމީލާ އެނބުރި އަންނައިރު، އޭނާ ވަނީ މިދިޔަ ސެޕްޓެމްބަރު 25 ގައި ނިންމާލީ ޒީ ޓީވީގެ ޑާންސް ރިއަލިޓީ ޝޯވ “ޑީއައިޑީ ސުޕަ މޯމްސް” ގެ 3 ވަނަ ސީޒަންގެ ޖަޖުކަންވެސް ކޮށްދީފައެވެ.
އެންމެ ފަހުން 2014 ގެ މަރާޓީ ފިލްމު “އަޖޯބާ” އިން ފެނުނު އުރްމީލާގެ ފާހަގަކޮށްލެވޭ އިތުރު ފިލްމުތަކުގެ ތެރޭގައި “ރަންގީލާ (1995)”، “ޖުދާއީ (1997)”، “ކޯން (1999)”، “ދީވާންގީ (2002)”، “ޕިންޖަރް (2003)” އަދި “އޭކް ހަސީނާ ތީ (2004)” ހިމެނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 1 މެއި 2024ވާހަކައިމްނާ
- 16 އޮކްޓޯބަރ 2023ޚަބަރުމާމޮރިސް ބ: ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ޓީމް ޗަޑްސް އިން އުންމީދު އާކޮށްފި
- 16 އޮކްޓޯބަރ 2023ޚަބަރުމާމޮރިސް ބ. ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ރޯޔަލް ފްރެންޑްސް އާއި ޗެލެންޖާސް ސްޕޯޓްސް ކްލަބަށް މޮޅެއް
- 14 ސެޕްޓެމްބަރ 2023ޚަބަރުހަމް ޓީވީއިން މިފަހަރު ގެނެސްދެނީ “ފިތުނާ”