އިންޑިޔާގެ ބައެއް އަވަަށްތަކަށް ނިސްބަތްވާ 1600 އާއިލާ އިން 8000 ވަރަކަށް ހިންދީ ދީނުގެ އަހުލުވެރިން މާތްވެގެންވާ އިސްލާމް ދީނަށް ވަނުމަށް ތައްޔާރުވެއްޖެ އެވެ. އިންޑިޔާ ގެ އަވަށަކަށް ނިސްބަތްވާ ބޮޑު ގްރޫޕަކުން ވަނީ ޚަބަރު ފަތުރާ ބައެއް ޗެނަލްތަކާއި އޮންލަައިންތަކަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި މި މަޢުލޫމާތު ހިއްސާކޮށްފަ އެވެ. މަޢުލޫމާާތު ލިބޭގޮތުން މިހާރުވެސް އަންނަނީ ގިނަ އާއިލާާ ތަަކަކުން އިސްލާާމްދީން ޤަބޫލުކުރަމުންނެވެ.
ނޫންވެރިންނާއި ވާހަަކަ ދައްކަަމުން މީހަކު ބުނީ ތިމަންނާމެން އެ އެއްޗެއްސަށް (ބުދުތަކަަށް) އެއްވެސް އިހްތިރާމެއް ނުކުރާކަމަށާއި މިއަދުން މިއަދަށްވެސް އެމީހުން އެންމެން އިސްލާމް ދީން ޤަބޫލުކުރާނެ ކަމަށެވެ.
“އަހަަރެމެންގެ އާއިލާތަކުގެ އެންމެން ވަރަށް އަވަހަށް އިސްލާމްދީން ޤަބޫލުކުރާނަން.” އޭނާ އިތުރަށް ބުނީ އެ އަވަށުގައި ދިރިއުޅޭ 1600 އާއިލާގެ މެންބަރުންގެ ތެރެއިން 7000 އާއި 8000 އާއި ދެމެދުގެ އަދަދެއްގެ މީހުން އިސްލާމްވާނެ ކަމަށެވެ.
https://www.youtube.com/watch?v=ZL3e_X0J8CI
މީސްމީޑިއާ ގައި އާއްމުވެފައިވާ ބައެއް ވީޑިއޯ ތަކުން ފެންނަގޮތުން ގޭގޭގައި ބަހަައްޓާފައިހުރި ބުދުތައް ގެއިން ބޭރަށް ނެރެ މުގުރައި ހަލާކުކުރަމުންދާ މަންޒަރު ފެނެ އެވެ. ހަމަ އެހެންމެ ގޭގައި ބަަހަައްޓާފައިހުރި ބުދުތަކުގެ ޕޯސްޓަރުތައް ވީދާ މަންޒަރާއި އަވަށުގެ ޒުވާނުން ބައިސްކަލު ގާޑިޔަލެއްގައި އެތަކެތި އެއްކޮށްގެން އެއްތަނަކަށް ގެންގޮސް ނައްތައިލުމަށް ތައްޔާރުވަމުން އަންނަ މަަންޒަރުވެސް ފެނެއެވެ.
2011 ވަނަ އަހަރުގެ އިންޑިޔާގައި ބޭއްވި ބޯހިމެނުމުގެ ތަފާސް ހިސާބުތައް ބުނާގޮތުން އިންޑިޔާގައި ހިންދޫންގެ ޕަސެންޓޭޖަކީ 79.80 އެކެވެ. އިސްލާމުންގެ ޕަަސެންޓޭޖަކީ 14.2 އެކެވެ. ކިރިސްތިއަނުންގެ ޕަަސެންޓޭޖަކީ 2.3 އެވެ. ސިކިޒަމް 1.7 އެކެވެ. ދެން ހުރި ދީންތައް ކަަމަށްވާ ބުދުދީން، ޖަައިނިޒަމް، އެހެނިހެން ދީންތަަކުގެ ޕަސެންޓޭޖް އެއްމެ ޕަސެންޓަކަށްވެސް ނާރައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ސެޕްޓެމްބަރ 2024ޚަބަރު“ދޭދަރު ރުއިން” ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި
- 19 ސެޕްޓެމްބަރ 2024ޚަބަރު“އުދަބާނި” މިރޭ އޮލިމްޕަހަށް
- 17 ސެޕްޓެމްބަރ 2024ޚަބަރު“ބިބީ” ގެ ޓިކެޓް ވިއްކަން ފަށައިފި
- 16 ސެޕްޓެމްބަރ 2024ރިޕޯޓްބުލީގެ ޝިކާރައެއް! އެހަނަސް، މިއީ ފިސާރި ހުނަރުވެރިއެއް!