ވިހެއުމަށްފަހު އެއަރޕޯޓް ފާހާނާ އަކަށް ދަރިފުޅު އެއްލާލާފައި އަންހެނަކު ފިލައިފި އެވެ. ދަރިފުޅު އެއްލާލާފައި ކުއްޖާގެ މަންމަ ދިޔައީ ހައިރާންވާފަފަ ނޯޓެއްވެސް ބާއްވާފަ އެވެ.

ކަމާބެހޭ ފަރާތްތަކުން ކުއްޖާގެ މަންމަ ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުން ނެވެ. އެމެރިކާގެ ޓަކްސަން އިންޓަނޭޝަނަލް އެއަރޕޯޓްގެ ފާހާނައެއް ތެރެއަށް ތުއްތު ފިރިހެން ކުއްޖާ ދޫކޮށްލާފައި ދަމުން ކުއްޖާގެ މަންމަ ކަމަށް ބެލެވޭ އަންހެންމީހާ ބާއްވާފައިދިޔަ ނޯޓްގައި ވަނީ، “އަހަރެން އެދެނީ އޭނާއަށް (ދަރިފުޅަށް) އެންމެ ރަނގަޅުގޮތް ވުމަށް. އެކަން ކޮށްދެވޭނެ މީހަކީ އަހަންނެއް ނޫން.”

ސެކިއުރިޓީ ކެމެރާއަށް އަރާފައިވާ މަންޒަރުން  ފެންނަގޮތުން ރަޖާއަކަށް ލައި އޮޅާލާފައިވާ ކޮންމެވެސް އެއްޗެއް ހިފައިގެން ފާޑަކަށް ހިނގަމުންދިޔަ އަންހެންމީހާއަކީ އެމެރިކާގެ އަރިޒޯނާ، ޓަކްސަން އެއަރޕޯޓް ފާހާނާ އެއްގައި ކުއްޖަކު ވިހާފައި ފާހާނާގައި ހުރި ޗޭންޖިން ރޫމެއްގެ މޭޒެއް މަތީގައި ދަރިފުޅު ބާއްވާފައި ފިލި އަންހެންމީހާ އެވެ. ލޮސްއެންޖަލިސް ގެ އޭބީސީ ޓީވީ ސްޓޭޝަން ކޭއޭބީސީން ބުނެފައިވަނީ ކުއްޖާ ކައިރީގައި އަތުން ލިޔެފައިވާ ނޯޓެއް ބާއްވާފައި އޮތްކަމަށެވެ.

ތިރީގައިވާ ފޮޓޯގެ ވާތްފަރާތުން ފެންނަން ހުރި އަންހެންމީހާ އަކީ 14 ޖެނުއަރީ 2018 ވަނަ ދުވަހު އެއަރޕޯޓް ފާހާނާއަށް ދަރިފުޅު އެއްލާލާފައި ފިލިކަމަށް ޝައްކު ކުރެވޭ އަންހެން މީހާކަމަށް ޓަކްސަން އެއަރޕޯޓް އޮތޯރިޓީން ބުނެއެވެ. ޓަކްސަން އެއަރޕޯޓުންވަނީ އަންހެންމީހާގެ މަންޒަރުތައް ފެންނަ ވީޑިއޯ ފުޓޭޖް ވެސް ރިލީޒްކޮށްފަ އެވެ.

ޓަކްސަން އެއަރޕޯޓް އޮތޯރިޓީން ހޯދަމުން އަންނަ އަންހެންމީހާ ފޮޓޯގެ ކަނާތްފަރާތުގައި

ކުއްޖާގެ މަންމަ ކަމަށް ބެލެވޭ މީހާ ބާއްވާފައިއޮތް ނޯޓްގައި ބުނަނީ، ” ޕްލީޒް މަށަށް އެހީވެދީ. އަހަރެންގެ މަންމައަށް ނުވެސް އެނގުނު ބަނޑުބޮޑުވީއިރުވެސް. އޭނާ (މަންމަ) އަށް އަހަރެން ބެލުމުގެ ގާބިލުކަމެއް، ކުޅަދާނަކަމެއް ނެތް. ކަމާބެހޭ އިދާރާތަކަށް އަހަރެން ހަވާލުކޮށްދީ ޕްލީޒް. އޭރުން އެމީހުން އަހަންނަށް ރަނގަޅު ބޯހިޔާވަހިކަމެއް ހޯދަދޭނެ.”

“އަހަރެން އެދެނީ އޭނާއަށް (ދަރިފުޅަށް) އެންމެ ރަނގަޅުގޮތް ވުމަށް. އެކަން ކޮށްދެވޭނެ މީހަކީ އަހަންނެއް ނޫން.” ނޯޓުގައި އިތުރަށް ލިޔެފައި ވެއެވެ.

ކުއްޖާގެ މަންމަ ކަމަށް ބެލެވޭ އަންހެންމީހާ ކުއްޖާ އެއްލާލާފައި ދަމުން ބޭއްވި ނޯޓް

ފާހާނާ ތެރެއަށް ކުއްޖާ އެއްލާލާފައިވަނިކޮށް ކުއްޖާ ފެނުނު މީހެއް ‘ރެސްކިއު ނައިން ވަން ވަން’ އަށް ގުޅައި ރިޕޯޓް ކުރުމުން 911 އިން އެއަރޕޯޓް ސެކިއުރިޓީއަށް ގުޅީކަމަށް ކޭއޭބީސީން ބުނެއެވެ. އަދި ހަމަ ވަގުތުން އެމީހުން އެކަން ތަހުގީގުކުރަން ފެށިކަމަށްވެސް ބުނެއެވެ.

ކަމާބެހޭ ފަރާތްތަކުން ބުނީ ކުއްޖާ އޮތީ ފުރިހަމަ ސިއްހަތެއްގައިކަމަށެވެ.

ވޮޝިންޓަން ޕޯސްޓުން ބުނާގޮތުން އެއަރޕޯޓްގެ ބައެއް މުއައްޒަފުންނަށް ވަނީ ފާހާނާ ތެރެއިން ލޭ ހޭކިފައިހުރި ފޮތިތަކެއްވެސް ފެނިފައެވެ. ގަބޫލުކުރެވޭގޮތުން އެއީ ކުއްޖާ އެއްލާލާފައިދިޔަ އަންހެންމީހާގެ ލެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.