ވޯލްޑް ކަޕް 2022 ހުޅުވުގެ ރަސްމިޔާތު ވެގެން ދިޔައީ މީގެ ކުރިން މި މުބާރާތް ހުޅުވުމުގައި ފެނިގެން ގޮސްފައިނުވާ ކަންތައްތަކެއް ފެނިގެންދިޔަ ރަސްމިއްޔާތަކަށެވެ. ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކުގެ އަޑު، އެތަކެއް މިލިޔަން މީހުންގެ ކުރިމަތީގައި އިވިގެންދިޔަ އެވެ. އެގޮތުން މި ހަފްލާގެ ތެރެއިންވެސް އެންމެ ގިނަބައެއްގެ ލޯ، އެ ވަގުތުކޮޅަކަށް ހުއްޓުނު ވަގުތުކޮޅަކީ ހޮލީވުޑްގެ މަޝްހޫރު ޝަހްސިއްޔަތު މޯގަން ފްރީމަން އާއި، ޤަތަރުގެ އެންމެ ޒުވާން ވިޔަފާރިވެރިޔާ އަދި މަޝްހޫރު ޔޫޓިއުބާ ޣާނިމް އަލް މުފްތާހު، ސްޓޭޖު މަތީގައި ހަރަކާތްތެރިވި ވަގުތެވެ.
ސޫރަތުލް ޙުޖުރާތުގެ 13 ވަނަ އާޔަތާއި އޭގެ މާނަ، ޣާނިމް ކިޔައިދީ މުޅި ދުނިޔެއަށް ހަނދާންކޮށްދިނީ މަތިވެރި ރައްބު، ﷲ ސުބްޙާނަހޫ ވަތަޢާލާގެ ވަޙީ ބަސްފުޅުން މުޅި އިންސާނީ އުއްމަތަށް ދެއްވާފައިވާ މަތިވެރި މެސެޖެކެވެ.
يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا ۚ إِنَّ أَكْرَمَكُمْ عِندَ اللَّهِ أَتْقَاكُمْ ۚ إِنَّ اللَّهَ عَلِيمٌ خَبِيرٌ [الحُجُرات ﴿١٣﴾]
” އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: آدم ގެފާނާއި، حوّاء ގެފާނުގެ ކިބައިންނެވެ.) އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު قوم ތަކަށާއި، قبيلة ތަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް تعارف ވުމަށްޓަކައެވެ. ހަމަކަށަވަރުން، اللَّه ގެ حضرة ގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ تقوى ވެރި މީހާއެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، خبير ވަންތަ ރަސްކަލާނގެއެވެ. ”
https://www.youtube.com/watch?time_continue=38&v=oSN6UBw-4T8&feature=emb_title
ޣާނިމް އަލް މުފްތާހު އަކީ ކާކުތޯ ބަލައިލަމާ ހިނގާށެވެ. ޣާނިމް އަލް މުފްތާހުއަކީ ވޯލްޑް ކަޕް 2022ގެ އެމްބެސެޑަރެވެ. އޭނާއަކީ މީހުންގެ ހިތްވަރު އައުކުރުމަށް ނުވަތަ މޯޓިވޭޓްކޮށްދިނުމަށް 870 ހާހަށްވުރެން ގިނަ މީހުން ފޮލޯކުރާ ޔޫޓިއުބް ޗެނަލެއްގެ އިތުރުން މީސްމީޑިއާގައި ހަރަކާތްތެރިވަމުން އަންނަ ޒުވާނެކެވެ.
05 މެއި 2002ގައި އުފަންވި ޣާނިމްްއަކީ ވަރަށް މަދުން ނޫނީ ނުފެންނަ ހާލަތެއް ކަމަށްވާ ‘ކައުޑަލް ރިގްރެޝަން ސިންޑްރަމް (ސީޑީއެސް) އާއެކު ދިރިއުޅެމުން އަންނަ ޒުވާނެކެވެ. ‘ކައުޑަލް ރިގްރެޝަން ސިންޑްރަމް (ސީޑީއެސް) އަކީ އުފަންވާއިރު، ހަށިގަނޑުގެ އުނަގަނޑުން ތިރީބައި އުފެދިފައިނުވާ ހާލަތެކެވެ. އެހެންކަމުން ޣާނީމް ހަރަކާތްތެރިވުމަށް ފުރޮޅުލީ ގޮނޑިއެއް ބޭނުންކުރަން ޖެހެއެވެ.
ޣާނީމް އަކީ މިފަދަ ތަފާތު ގޮތަކަށް އުފަންވެފައިވާ ކުއްޖެއް ނަމަވެސް އޭނާ އުންމީދު ކަނޑާލުމުގެ ބަދަލުގައި ދެއްކީ ހިތްވަރެވެ. މިއަދު ޣާނިމް އަކީ ވިޔަފާރިވެރިއެއްގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތް ކުރާ މީހެކެވެ.
ޢާނިމްގެ ޔޫޓިއުބް ޗެނަލް ބަލައިލާ ޣާނިމްއަކީ ކާކުކަން އިތުރަށް ދަނެގަނެ، ޣާނިމްގެ ހިތްވަރުން ހިތްވަރުލިބިގަންން ޖެހެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 19 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ބޭންޑްގެ ހަތަރުވަނަ ހުށައެޅުން 19 އޭޕްރީލްގައި
- 19 އޭޕްރިލް 2025ޚަބަރުޑާކް ރެއިންގެ ޕްރޮޖެކްޓް 37 ގެ ނަން މިމަހު ހާމަކުރަނީ
- 18 އޭޕްރިލް 2025ޚަބަރުޝާރިފް އަންގަނީ “ހޯދުނު ގޮތަކަށް ހޯދަން”
- 18 އޭޕްރިލް 2025ޚަބަރުހުވާކޮށްފަ ބުނަން، މަށަށް ހީވަނީ މި މުބާރާތް ކާމިޔާބުކުރާނީ ދިވެހިރާއްޖެއިން – އަނޫ މަލިކް