މާރިޗް 05 ގައި އޮލިމްޕަހުގައި ރިލީޒްކުރާ ޑާކްރެއިން އެންޓަޓެއިންމެންޓް ގެ ފިލްމު ‘ވަކިން ލޯބިން’ ކުޅުދުއްފުށި، ހަނިމާދޫ އަދި އައްޑޫ ސިޓީ ޝޯ ތަކަށް ޓިކެޓް ބުކް ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މާލެ އެކޭ އެއްގޮތަށް މާރިޗް 05 ގައި ހދ. ކުޅުދުއްފުށީގައި ވެސް ފިލްމު ދެއްކުމަށް ހަމަޖެހިފައި ވެއެވެ. ކުޅުދުއްފުށިން ޓިކެޓް ބުކްކުރަން ގުޅުމަށް ވަނީ 9969035 އަދި 9972009 މި ދެ ނަންބަރު ގާއިމުކޮށްފަ އެވެ.

މި ފިލްމު އައްޑޫ ސިޓީ މީދޫއާއި އަދި ގުޅިފައިވާ ރަށްތައް ކަމަށްވާ ފޭދޫ، މަރަދޫ އަދި ހިތަދޫގައި ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. މީދޫގައި ފިލްމު ދެއްކުމަށް ހަމަޖެހިފައިވަނީ މާރިޗް މަހުގެ 8 ވަނަ ދުވަހު އެފްއެމްޑީ ގައެވެ. މީދޫ ޝޯގެ ޓިކެޓް ހޯއްދެވުމަށް 9902388 ނަންބަރު ވަނީ ގާއިމުކޮށްފަ އެވެ.

ފޭދޫ، މަރަދޫ އަދި ހިތަދޫ ގައި ދެއްކުމަށް ހަމަޖެހިފައިވާ ޝޯގެ ޓިކެޓް ހޯދުމަށް 9999641 ނުވަތަ 9997049 ނަންބަރު ވަނީ އާއްމުކޮށްފަ އެވެ. އައްޑު ސިޓީގައި ފިލްމު ދެއްކުމަށް ހަމަޖެހިފައި ވަނީ މާރިޗް 08،09 އަދި 10 ގަ އެވެ.

ހދ. ހަނިމާދޫގައި ވެސް މާރިޗް 08 ވަނަ ދުވަހުގެ ރޭ ފިލްމު ދައްކަން ވަނީ ނިންމާފައެވެ. ހަނިމާދޫއިން ޓިކެޓް ބުކްކުރަން ބޭނުންވާ ފަރާތްތަކުން 9932529 އަށް ގުޅުމުން ޓިކެޓް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.