“މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން 2023 އަށް މަރުހަބާ ކިޔުމަށް ބާއްވާ 5K ޓީމް ރަންގެ ރަޖިސްޓްރޭޝަނަށް ހުޅުވާލުން”

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ކުލަބު ސްޕޯޓްސްކޯ އިންތިޒާމްކޮށްގެން އާ އަހަރަށް މަރުހަބާ ކިޔުމަށް، އަންނަ ޖެނުއަރީ 13، 2023 ވާ ހުކުރު ދުވަހު ހެނދުނު 06:30 ގައި “5K ޓީމް ރަން” ގެ ނަމުގައި ޓީމް ރަން އެއް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ނިންމާ ރަޖިސްޓްރީ ވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

“5K ޓީމް ރަން” ބޭއްވުމުގެ މަޤްސަދަކީ އާންމުންގެ މެދުގައި ދުޅަހެޔޮ ސިއްޙަތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ދިރިއުޅުމުގެ އާދަކާދަތަކާއި ގުޅިގެން ދިމާވާ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ހޭލުންތެރި ކުރުމުގެ އިތުރުން އެކުވެރި މާހައުލެއްގައި ދުވެލުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

މި ރޭހުގައި ބައިވެރިވުމަށްޓަކައި ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކަށާއި ކުޅިވަރު އެކަޑަމީތަކުގެ އިތުރުން އެން.ޖީ.އޯތަކަށް ވަނީ ހުޅުވާލެވިފައެވެ. ޓީމެއްގައި 5 ދުވުންތެރިން ހިމެނޭނެހެން، ކޮންމެ ޓީމަކުންވެސް ދުވުމަށް ހަމަޖެހިފައިވަނީ ފަސް ކިލޯމީޓަރަށެވެ. ޓީމުން މިދުވުން ނިންމި ކަމަށް ބެލެވޭނީ ޓީމުގެ ހުރިހާ ދުވުންތެރިން އެއްވަގުތެއްގައި ދުވުން ނިންމުމުންނެވެ.

މިދުވުމުގައި ރެޖިސްޓަރީ ކުރުމަށްޓަކައި، ރެޖިސްޓްރޭޝަން ފޯމް ސްޕޯޓްސް ކޯޕަރޭޝަންގެ ވެބްސައިޓުންނާއި، ފޭސް ބުކް ޕޭޖްގެ އިތުރުން، ސްޕޯޓްސް ކޯޕަރޭޝަނުން ލިބެން ހުންނާނެއެވެ. ރަޖިސްޓްރޭޝަންގެ ސުންގަޑިއަކީ 25 ޑިސެމްބަރ 2022 ވާ އާދީއްތަ ދުވަހުގެ 12:00 ގައެވެ.

މިދުވުމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ބޭނުންފުޅު ވާނަމަ 7976725 އަށް ގުޅައިގެން މަޢުލޫމާތު ލިބޭނެ އެވެ.

5K ޓީމް ރަންގެ ހޯސްޓިން ޕާޓުނަރަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.