ސްކޫލު މަދަރުސާތަކާއި ކޮލެޖު ޔުނިވާސިޓީތަކުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން އިސްލާމް، ޤުރުއާން އަދި ޢަރަބިބަސް ކިޔަވައިދޭ މުދައްރިސުން، މުދައްރިސްކަމުގެ ކޯސް ފުރިހަމަކުރާ ފަރާތްތައް އަދި ދަރިވަރުންނަށް ވަރަށް ބޭނުންތެރި ޕްލަގިން އެއް ހިއްސާކޮށްލާނަމެވެ.
މައިކްރޯސޮފްޓް ވޯޑް ބޭނުންކޮށްގެން ޓެސްޓް ޕޭޕަރާއި އެސައިންމެންޓް ފަދަ ޑޮކިއުމެންޓް ތައްޔާރުކުރުމުގެ މަސައްކަތްކުރަމުން އަންނައިރު، ކީރިތި ޤުރުއާނުގެ އާޔަތްތައް ކޮޕީކޮށް، ޕޭސްޓްކުރުމަށް ވެބް ބްރައުޒަރއެއް ހުޅުވަން ޖެހޭދޯ އެވެ. ނަމަވެސް މި ހިއްސާކޮށްލާ ޕްލަގިން އިންސްޓޯލްކޮށްލުމުން، ސީދާ މައިކްރޯސޮފްޓް ވޯޑް ޓެމްޕްލޭޓްގެ ތެރެއިން ވަރަށް ފަސޭހަކަމާއެކު ކީރިތި ޤުރުއާނުން ކޮންމެ އާޔަތެއް ފަސޭހަކަމާއެކު ކޮޕީކޮށް ޕޭސްޓްކޮށްލެވޭނެ އެވެ. އަދި އާޔަތުގެ އިނގިރޭސި ތަރުޖަމާގެ އިތުރުން ތަފުސީރު ވެސް ބަލައިލެވޭނެއެވެ.
ސޮޕްޓްވެއަރ: ޤުރުއާން އިން އެމްއެސް ވޯރޑް
ޑިވެލޮޕަރ: މުޙައްމަދު ތަޢުފީޤް
ލައިސަންސް: ފްރީވެއަރ
އޮޕަރޭޓިންގ ސިސްޓަމް: ވިންޑޯޒް 2000/ އެކްސްޕީ/ އެކްސްޕީ ޕްރޮފެޝަނަލް/ ވިސްޓާ/7/8/10/11
އެންމެ ފަހުގެ ވަރޝަން: 3.0
ތަފުޞީލު:
މައިކްރޯސޮފްޓް އޮފީސްގެ ކޮންމެ އެޕްލިކޭޝަނެއްގެ ތެރެއިން، ފަސޭހަކަމާއެކު ކީރިތި ޤުރުއާނުގެ އާޔަތްތަކާއި އިނގިރޭސި ތަރުޖަމާ އަދި ތަފުސީރު ހޯދާލައި ކޮޕީޕޭސްޓްކޮށް ބޭނުންކޮށްލެވޭނެ އެވެ. އިނގިރޭސި ބަހުގެ އިތުރުން ބޭރުގެ ބައެއް އެހެން ބަސްތަކުގެ ތަރުޖަމާވެސް ހިމެނިފައިވެއެވެ. ނަމަވެސް ދިވެހި ތަރުޖަމާ އަދި ހިމަނާފައެއް ނުވެއެވެ.
ޤުރުއާނުގެ ސޫރަތްތަކާއި، ބޭނުންވާ އާޔަތްތައް ފަސޭހަކަމާއެކު ހޯދައިލެވެ އެވެ. ބޭނުންވާ ލަފުޒެއް ވަކީން ހޯދާލެވެއެވެ.
“ޤުރުއާން އިން އެމްއެސް ވޯރޑް 64 ބިޓް” މުނިއަވަސް މެދުވެރިކޮށް މި ލިންކުން ޑައުންލޯޑްކޮށްލެވޭނެ އެވެ. މިއީ މުޙައްމަދު ތަޢުފީޤުގެ އަމިއްލަ އުފެއްދުމެއް ނަމަވެސް މުޅީން ހިލޭ ޑައުންލޯޑްކޮށް ބޭނުންކޮށްލެވޭ ސޮފްޓްވެއަރއެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 18 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ބޭންޑްގެ ހަތަރުވަނަ ހުށައެޅުން 19 އޭޕްރީލްގައި
- 18 އޭޕްރިލް 2025ޚަބަރުޝާރިފް އަންގަނީ “ހޯދުނު ގޮތަކަށް ހޯދަން”
- 18 އޭޕްރިލް 2025ޚަބަރުހުވާކޮށްފަ ބުނަން، މަށަށް ހީވަނީ މި މުބާރާތް ކާމިޔާބުކުރާނީ ދިވެހިރާއްޖެއިން – އަނޫ މަލިކް
- 15 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ގެ ތިންވަނަ ހުށައެޅުން މާދަމާ ހަވީރު