2017 ވަނަ އަހަރު ބޭއްވި ދިވެހި ފިލްމު އެވޯޑްސް އިން އަށް އެވޯޑް ހޯދާފައިވާ ޑާކްރެއިން އެންޓަޓެއިންމެންޓް ލޯބީގެ ހެއްވާމަޖާ ފިލްމު ‘ވާށޭ މަށާ އެކީ’ ފުރަތަމަ ފަހަރަށް ޓީވީ ޕްރިމިއަރ ކުރުން މިރޭ 2100 ގައި ‘އައިސް ޓީވީ’ އަށް ޝެޑިއުލްކޮށްފި އެވެ.

ވާށޭ މަށާ އެކީ ހޯދާފައިވާ ކާމިޔާބުތަކަކީ:

  • ބެސްޓް އާޓް ޑައިރެކްޝަން: ވާށޭމަށާ އެކީ – މުހައްމަދު އަލީ އަދި އަލީ ޝިފާއު
  • ބެސްޓް ކޮރިއޮގްރަފީ: މަރިޔަމް މަޖުދާ / ވާށޭ މަށާ އެކީ
  • ބެސްޓް ކޮސްޓިއުމް: މަރިޔަމް މަޖުދާ / ވާށޭ މަށާ އެކީ
  • ބެސްޓް ސައުންޑް މިކްސިން: މުހައްމަދު އިކްރާމް – ވާށޭ މަށާ އެކީ
  • ބެސްޓް އެޑިޓިން: އަލީ ޝިފާއު – ވާށޭ މަށާ އެކީ
  • ބެސްޓް އެކްޓާ (އަންހެން): މަރިޔަމް މަޖުދާ – ވާށޭ މަށާއެކީ
  • ބެސްޓް އެކްޓާ (ފިރިހެން): ޖުމައްޔިލް ނިމާލު -ވާށޭ މަށާއެކީ
  • ބެސްޓް ޑައިރެކްޓާ: އަލީ ޝިފާއު – ވާށޭ މަށާ އެކީ
  • ބެސްޓް ފީޗާ ފިލްމު: ވާށޭ މަށާ އެކީ

ކާސްޓް: 

މުހައްމަދު ޖުމައްޔިލް – ޒިޔާދު
މަރިޔަމް މަޖުދާ – ނަތާޝާ
މުހައްމަދު ފައިސަލް – ތޯބެ
އަލީ ޝަޒްލީމް
އައިމިނަތު ނޫރާ
ފުބޫ

– ޑައިރެކްޓަރު: އަލީ ޝިފާއު (ޗިއްޕެ)
– ސްކްރީންޕްލޭ: މަހުދީ އަހުމަދު
– ޕްރޮޑިއުސްކުރީ: މުހައްމަދު އަލީ އަދި އައިޝަތު ފުއާދު ތައުފީގް
– ސްޓޫޑިއޯ: ޑާކް ރެއިން އެންޓަޓެއިންމަންޓް
– ފިލްމުގެ ދިގުމިން: 150 މިނެޓާއި 44 ސިކުންތު

ފިލްމު ނުބަލައި ތިބި މީހުންނާއި އަދިވެސް އެއްފަހަރު މި ފިލްމު ހަައި ކޮލިޓީގައި ބަލައިލުމަށް މިއީ ރަނގަޅު ފުރުޞަތެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.