މިހާރު އއ. އުކުޅަހުގައި ކުރިއަށްދާ ފިލްމު ‘ލީނާ’ ގެ ޝޫޓިން ތެރެއިން ހަނިހަނި ވަގުތުކޮޅެއް ހޯދައިގެން އައްޒަ އާއި ދޮން އައްޔަ މިވަނީ ފިސާރި ވަރުގަދަ ލަވައެއް ފަޅާލާފަ އެވެ.

‘ލީނާ’ ގެ ޤާތިލް އަދި ޑައިރެކްޓަރ ޢަބްދުﷲ މުއާޒް (މުއާ) ގެ ފޭސްބްކް ގައި މި ލަވައިގެ ވީޑިއޯ ޕޯސްޓްކޮށްލުމާއި އެކު މިހާރު މިވަނީ ލައްކަ އަކަށް ވުރެން ގިނަ މީހުން ވީޑިއޯ ބަލާފަ އެވެ.

‘ކަމަކު ނުދޭ’ ހިޕްހޮޕް ލަވައިގެ މި ވީޑިއޯ ހަމަ ގައިމުވެސް މިވަނީ ދިވެހި އޯޑިއަންސަށް ވަރަށް ވެސް ބޮޑަށް ކަމުގޮސްފަ އެވެ.

މިއަހަރު ޖެނުއަރީ 18 ގައި ޔޫޓިއުބް ކޮށްފައިވާ ‘ޓްރޯ، ހޭޝްޓެގް އަދި މިސް ކިޔު ގެ ‘ކަމަކު ނުދޭ’ އައަށް މިއަދާއި ހަމައަށް 94294 (ނުވަލައްކަ ހަތަރުހާސް ދުއިސައްތަ ނުވަދިހަ ހަތަރު) ވިއު ލިބިފައިވާއިރު، އައްޒަ އާއި ދޮން އައްޔަގެ ވީޑިއޯ މިވަނީ ދެގަޑިއެއްހައި އިރު ތެރޭގައި ދެލައްކަ އަށްވުރެން ގިނަ މީހުން ވިއު ކޮށްފަ އެވެ. އެހެންކަމުން ފިލްމީ ތަރިންގެ ލިޕްސިން ކުރާ ސްޓައިލްގައި މި ދެތަރިން މިވަނީ އައްމަޑޭގެ ބަހުންނަމަ ފިސާރި ވަރުގަދައަށް ލަވައެއް ފަޅާލާފަ އެވެ.

ފިލްމު ޝޫޓިން ތަކުގައި ސްޓާރުން ފޫހިފިލުވައިލުމަށް ކޮށްފައި ހުންނަ މަޖާ ޕޯސްޓް ތައް ވައިރަލް ވެ ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަކޮށްލެވެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.