ބޮލީވުޑްގެ ހުނަރުވެރި ބަޠަލާ ރާނީ މުކްރަޖީގެ އައު ފިލްމު “މިސިޒް ޗެޓަރޖީ ވާސަސް ނޯރވޭ” ބަލާފައި ބެލުންތެރިންނަށް ފުން އަސަރުތަކެއްކޮށް ރޮއްވާލާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނަން ފަށައިފިއެވެ. މީގެ ހަތަރު ދުވަސް ކުރީން ފިލްމުގެ ޓްރެއިލާ އާއްމުކޮށްފައިވާއިރު، ޓްރެއިލާ އިން ފެންނަ މަންޒަރުތަކުންވެސް ހިތްތަކާ ކުޅެލާ މަންޒަރުތަކެއް ފެނިިގެންދެ އެވެ.

މި ފިލްމަކީ އަތުން ބީވެފައިވާ ދަރިއެއް އަނބުރާ ހޯދުމަށް މަންމައަކު ކުރި މަސައްކަތުގެ ސަބަބުން ޤައުމަކަށް ލޮޅުން އަރައިގެންދިޔަ ހަޤީޤީ ވާހަކައެއް ގެނެސްދޭނެ ހާދިސާއެެއް ކަމަށް ފިލްމުގެ ޓީޒާ އާއްމުކުރަމުން ބުނެފައިވެ އެވެ. މިއީ 2011 ވަނަ އަހަރު ނޯވޭގައި ދިރިއުޅުނު އިންޑިއާގެ ދެމަފިރިއަކަށް ދިމާވި ހަގީގީ ހާދިސާއަކަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

މި ފިލްމުގައި ފެނިގެންދާނީ ނޯވޭގެ ބަޔަކު އެޓޮޕްކޮށްފައިވާ އިންޑިއާ އަންހެނެއްގެެ ދަރިއެއް އަލުން އަނބުރައި ހޯދުމަށް އެ އަންހެންމީހާ ކުރާ މަސައްކަތްތަކެއް ދައްކުވައިދޭ ހަޤީޤީ ވާހަކައެކެވެ.

ފިލްމު “މިސިޒް ޗެޓަރޖީ ވާސަސް ނޯރވޭ” ޑައިރެކްޓްކުރީ އަޝިމާ ޗިބާރ އެވެ. މި ފިލްމު ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހު އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.