1962 ވަނަ އަހަރުން ފެށިގެން އަދާއި ޖެހެންދެން އެއްގޮތަކަށްވެސް ނުނިދާކަމަށް ބުނާ މީހެއްގެ ވީޑިއޯއެއް މިވަނީ ވައިރަލްވެފަ އެވެ.

މަޝްހޫރު ޔޫޓިއުބަރ ޑްރޫ ބިންސްކީ، ވޭޓްނާމަށް ގޮސް އެއްގޮތަކަށްވެސް ނުނިދާ މީހާ އާ ބައްދަލުކޮށް އޭނާ ނެގި ވީޑިއޯ އާއްމުކުރީ އިންސްޓަގްރާމްގަ އެވެ.

މިހާތަނަށް 3.57 މިލިޔަން މީހުން މި ވީޑިއޯ ޔޫޓިއުބުން ބަލާފައިވާއިރު، ވީޑިއޯ އަޕްލޯޑްކުރިތާ ހަފުތާއެއްގެ ތެރޭގައި ދެ މިލިޔަނަށް ވުރެން ގިނަ މީހުން ވީޑިއޯ ބަލާފައިވެއެވެ.

ތައި ންގޯކް އަކީ ވޭޓުނާމުގެ މެދުތެރޭ ޕްރޮވިންސެއް ކަމަށްވާ ކުއަންގް ނަމް އަށް ނިސްބަތްވާ އުމުރުން 80 އަހަރުގެ މީހެކެވެ. ތައި ންގޯކް އެއްގޮތަކަށްވެސް ލޮލުފިޔައެއް ޖަހައިނުލާތާ 62 އަހަރު ވެފައިވިޔަސް އޭނާގެ ޖިސްމާނީ ސިއްހަތާއި ނަފުސާނީ ސިއްހަތުވެސް ބަރާބަރު ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި އާދަޔާޚިލާފު ކަންތަކާ ގުޅިގެން އެތަކެއް ސައިންސްވެރިންނެއް އަދިވެސް ތިބީ އެކަމުގެ އަސްލު ސަބަބުތައް ބުނެދޭން ނޭނގިފައެވެ.

ދުނިޔޭގެ ރެކޯޑްފޮތުން ދައްކާގޮތުން، އެންމެ ގިނަ ވަގުތު އިންސާނަކަށް ނުނިދާ ހުރެވިފައިވާކަމަށް ރެކޯޑްކުރުވިފައިވަނީ 264 ގަޑިއިރު ނުވަތަ 11 ދުވަސް ވާންދެން ކަމަށް 2010ގައި ބަޔާންކޮށްފައިވެއެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.