ރާއްޖޭގެ ހުނަރުވެރި އަދި މަޝްހޫރު އެކްޓްރެސް ނުޒުހަތު ޝުޢައިބް އާއި ފިރިމީހާ ޢަބްދުﷲ ޝަފީޢު އަށް ދަރިއެއް ލިބިއްޖެ އެވެ.

އަލްޙަމްދުލިﷲ. މަރުޙަބާ ބައްޕަ ޢަބްދުﷲ ޝަފީޢު އަދި އަހަރެން، މަންމަ އަށް. 6.3.2023  22:51. މާޝާﷲ ދަރިފުޅޫ،” ސޯޝަލް މީޑިއާގައި އާއްމުކުރި ޕޯސްޓެއްގައި ނުޒޫ ބުނެފައިވެއެވެ. ނުޒޫއަށް ލިބުނީ ކޮން ޖިންސެއްގެ ކުއްޖެއްކަން އޭނާ ހާމަކޮށްފައެއް ނުވެއެވެ. ނުޒޫއަށް ލިބުނު ދަރިފުޅުގެ ޖިންސް އަހައިލުމުން ބުނީ މިކަމަށް ޚަބަރެއް ހަދަން ބޭނުންނުވާ ކަމަށެވެ.

ނުޒޫގެ މި އުފަލުގައި މުނިއަވަސް ޓީމާއި ކިޔުންތެރިންގެ ނަމުގައި ނުޒޫއަށް މަރުޙަބާކިޔަމުއެވެ.

12 ޖެނުއަރީ 2020ވަނަ ދުވަހު ނުޒޫ ކައިވެނިކުރީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަބްދުﷲ ޝަފީއު (ރިޗަޑް) އާއެވެ.

ދިވެހި ފިލްމު “މަލިކާ” އިން މޮޅު އެކްޓިންއަކާއެކު ފިލްމީ ދާއިރާ އަށް ތައާރަފުވި ނުޒޫ އަކީ މިވަގުތު އެންމެ ހުނަރުވެރި އަންނަ ދިވެހި ފިލްމީ ފަންނާނުންގެ ތެރެއިން ފަންނާނެކެވެ.

އައިފިލްމްސްގެ ފިލްމު “ބަވަތި”އިން ހުނަރުވެރި އެކްޓިންއެއް ދެއްކި ނުޒޫގެ ވަރުގަދަ ފިލްމެއް އައިފިލްމްސް އިން ކުޅެ ހުރިހާ ކަމެއް ނިންމާފައި އޮންނަތާ ދުވަސްތަކެއް ވެއްޖެއެވެ. އޮލިމްޕަސް ސިނަމާއިން އައިފިލްމްސް އަށް ޖާގަ ލިބުނުހާ އަވަހަކަށް ފިލްމު “ނީނާ” ދައްކަން ފަށާނެ ތާރީޚެއް އިޢުލާނުކުރާނެ ކަމަށް މަޢުލޫމާތުލިބިފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.