“ރޮކް 50” އިވެންޓުން ރާއްޖޭގެ ރޮކް މިއުޒިކްގެ ފުރަތަމަ ޖީލަށް ނިސްބަތްވާ ބޭންޑްތަކުން މިވަގުތު ބައިވެރިވެވެން ތިއްބެވި މެންބަރުންގެ ހުށައެޅުންތައް ދައްކައިލުމަށް މަސައްކަތްކުރާނެ ކަމަށް އިވެންޓް އިންތިޒާމުކުރާ ފަރާތުން މަޢުލޫމާތުދެއެވެ. އެގޮތުން ފެނިގެންދާނެ ބޭންޑްތަކުގެ ކުރު ތަޢާރަފަކަށް ޖެހިލާނަމެވެ.

🎸 ދަ ޝޫޓިންގ ސްޓާރޒް (1970) ރާއްޖޭގައި އުފެއްދި ފުރަތަމަ ރޮކް ބޭންޑް “ދަ ޝޫޓިންގ ސްޓާރޒް”ގައި ހިމެނެނީ މުޙައްމަދު ބަދީޢު، މުޙައްމަދު ޝިހާމް، އަޙްމަދު އާތިފް (އެކްސްރޭ އާތިފް) އަދި އިބްރާހީމް ޚާލިދު އެވެ.

1971ވަނަ އަހަރުދަ ޝޫޓިންގ ސްޓާރޒް އިން އޯޑިއޯގައި ޝޯއެއްދެނީ – ފޮޓޯ: އާތިފް

🎸 ވެމްޕަޔަރޒް (1971) މި ބޭންޑްގެ ކުރީސަފުގައި ހިމެނެނީ ޒާހިދު، ރީނދޫ، އަޙްމަދު އައްބާސްގެ އިތުރުން ސީދި އެވެ. 🎸 ކޮރަލްސް (1972) މި ބޭންޑްގެ މެންބަރުންގެ ތެރޭގައި ހަބީބް، އިސްމާޢީލް، ޢަބްދުﷲ ފާއިޒް، އަދި މަހްދީ އިމާދް ހިމެނެ އެވެ. 🎸 ސިލޫޓްސް (1972) ޝަފީޤް، މެލްބެ، ކަނޑި، އަބޯ، ނަސީރުގެ އިތުރުން އަޙްމަދު އައްބާސް މި ބޭންޑްގައި ހިމެނެއެވެ.

1972 ވަނަ އަހަރު “ދަ ސިލޫޓްސް” އިން ޝޯއެއްދެނީ – ފޮޓޯ: އާތިފް

🎸 ޓްވެންޓިއަތު ސެންޗަރީ ބީސީ ((1975) މި ބޭންޑްގައި ހިމެނެނީ ޒާހިދު، ރީނދޫ، ޝަފީޤް އަދި ޝަރީފު އެވެ.

1980ގެ އަހަރެއްގައި “ޓެވެންޓިއަތު ސެންޗަރީ ބީސީ” – ފޮޓޯ: އާތިފް

🎸 ކުއިކްސޭންޑް (1976) ކުއިކްސޭންޑް މެންބަރުންގެ ތެރޭގައި ހަބީބް، އިސްމާޢީލް، ނަޒީރު ޖަމާލް، ޢަލީ ނަޢީމް، މަހްދީ އިމާދު، އަދި ސައްތާރު ޔޫސުފް ހިމެނެއެވެ.

“ދަ ކުއިކްސޭންޑް” އިން 1970ގެ މެދުތެރޭ އަހަރެއްގައި ޝޯއެއްދެނީ – ފޮޓޯ: އާތިފް

🎸 އެމޭޒަން ޖޭޑް (1979) މި ބޭންޑްގައި ހިމެނެނީ ޙަބީބް، ޝަރީފު، ރަޝާދު، އަބްސީ، ނަސީރު އަދި މޮހޮދޭ އެވެ.

1980ގެ އަހަރެއްގައި އެމޭޒަން ޖޭޑް – ފޮޓޯ: އާތިފް

“ރޮކް 50″ އޮންނާނީ މި މަހުގެ 13 އިން 14 އަށް އޮލިމްޕަހުގައެވެ. ޝޯގެ ޓިކެޓް މިހާރު އޮލިމްޕަހުން ވިއްކަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. ޓިކެޓްގެ އަގު އުޅެނީ 100 އަދި 200 ރުފިޔާއަށެވެ. މިއީ ޒަމާނީ ފެންވަރަށް އޮލިމްޕަސް ބަދަލުކުރި ފަހުން ބާއްވާ މިފަދަ ފުރަތަ ޝޯކަން ފާހަގަކޮށްލެވެއެވެ. “ރޮކް ސިލްވަރ”ގެ ނަމުގައި 1995 އަހަރުވެސް ވަރުގަދަ ޝޯއެއް ބޭއްވިއެވެ. އެއަހަރަކީ ރާއްޖޭއްގައި ރޮކް މިއުޒިކް ކުޅެން ފެށިތާ 25 އަހަރު ފުރުނު އަހަރެވެ.

ރާއްޖޭގައި ރޮކް މިއުޒިކް ކުޅެންފެށިތާ 25 އަހަރު ފުރުން ފާހަގަކުރުމަށް 1995ގައި ބޭއްވި “ރޮކް ސިލްވަރ”- ފޮޓޯ: އާތިފް

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.