ކުޑައިރުގެ ކޮންމެވެސް ދުވަސްވަރެއްގައި ފުރާޅަށް އަރައި އުޅުނު ހަނދާންތައް ގެނެސްދޭ ހިތްގައިމު ލަވައެއް ‘އެސްޓިއަން ރެކޯޑްސް’އިން ނެރެފި އެވެ. މަގުބޫލުކަން ހޯދަމުން އަންނަ ރެކޯޑް ލޭބަލް ‘އެސްޓިއަން ރެކޯޑްސް’ގެ “ފުރާޅެއް” އަޑުއަހައިލުމުން އަހަރުމެން ގެންގޮސްދެނީ ކުޑައިރުގެ އުފާވެރި ހަނދާންތަކުގެ ތެރެއަށެވެ. ކުޑައިރު، ހާސްކަން ފިލުވައިލުމަށް ފުރާޅަށް އަރައި އުޅޭ ހަނދާންތަކުގެ ތެރެއަށެވެ. ކަމެއް ގޯސްކޮށް ކުރެވުމުން މަންމަމެންނަށް ފިލަން ނުވަތަ އެކަހެރިވެލަން ފުރާޅަށް އަރާ ހަނދާންތަކާ ހަމައަށް މި ލަވަ ގެންގޮސްދެނީ ހިތްގައިމު އަމިއްލަ ދިވެހި އުފެއްދުމެއްގެ ތެރެއިންނެވެ.
“ފުރާޅެއް” ލަވައިގެ ރާގު ހެދީ އެސްޓިއަންގެ މިއުޒިކް ޕްރޮޑިއުސަރު ހުސައިން ޝަހުދާން (ޝަހުވޭން) އެވެ. ލަވަ ކިޔާފައި ވަނީ މުޙައްމަދު ޖައިލަމް ޢަބްދުއްސައްތާރު (އޮސްކޯ) އަދި އިސްރާ އިބްރާހީމް (އިޝޫ) އެވެ.
ރޯދައާ ދިމާކޮށް ނެރުނު މިލަވައިގެ ވީޑިއޯ ދޫކޮށްލިތާ ހަތްދުވަސް ތެރޭގައި ދެހާސް ފައްސަތޭކައަށް ވުރެން ގިނަ މީހުން ލަވަ ބަލާފައިވެ އެވެ.
އެސްޓިއަން ރެކޯޑްސް އަކީ އެހާ އުމުރުން ހަގު ރެކޯޑް ލޭބަލެއް ނަމަވެސް އެމީހުންގެ ގިނަ ލަވަތަކެއް މިހާރު ވަނީ ރިލީޒް ކޮށްފަ އެވެ. އޭގެ ތެރެއިން، އެންމެ މަގްބޫލު ލަވަޔަކީ، މިދިޔަ އަހަރު ނެރުުނު “ޚަންޖަރު” ލަވަ އެވެ.
އެސްޓިއަން ރެކޯޑްސް ފެށީ އަމިއްލައަށް ރާގާއި ޅެން ހަދަައިގެން ލަވަ އުފެއްދުމުގެ މަގްސަދުގައެވެ. އެ މަޤުޞަދު އެމީހުން ކާމިޔާބުކުރަމުން އަންނަނީ ކުރިއަރަން ބޭނުންވާ އައު ފަންނާނުންނަށް އެކަމުގެ ފުރުޞަތު ފަހިކޮށްދިނުމުގެވެސް މަޤުޞަދުގައި ކަމަށް އެ ލޭބަލުން ބުނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓިކެޓް ބުކްކޮށްލަން ތައްޔާރުތަ؟
- 12 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ އަސަރުގަދަ ލަވަތައް ލަވަފޮށިން!
- 10 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާއިން ރެކޯޑެއް މުގުރާލައިފި
- 9 އޭޕްރިލް 2025ޚަބަރުރާއްޖޭގެ “ޓޫ އޮފްއަސް” ބޭންޑުން އިންޑިއާގެ ޖަޖުން އާޝޯޚްކޮށްލާ ފަދަ ހުށައެޅުމެއް!