ކުޅިވަރު ކުޅުމާއި ކުޅިވަރު ކުރިއެރުވުމާއި އެކުވެރިކަން ޢާލާކުރުމާއި ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުމުގައި މަޤްޞަދުގައި އުފައްދާފައިވާ ހަންޏާމީދޫ އެކުވެރިންގެ ދިރުން (އެޗް.އީ.ޑީ) އިން އިންތިޒާމްކޮށްގެން ހަންޏާމީދޫގައި ބޭއްވި ވެޓެރަންސްކަޕް ފުޓްސެލް ދެވަނަ މުބާރާތުގެ ޗެންޕިއަންކަން ދަ ވެޓެރަންސްއިން ހޯދައިފިއެވެ.

މިއަހަރުގެ މުބާރާތަކީ ބީޗް ސްޓަރ މޯލްޑިވްސްގެ ފަރާތުން ސްޕޮންސަރ ކޮށްފައިވާ މުބާރާތަކަށްވާތީ މިއަހަރުގެ މުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ ” ބީޗް ސްޓަރ މޯލްޑިވްސް އެޗް.އީ.ޑީ ވެޓެރަންސްކަޕް 1444 ” ގެ ނަމުގައެވެ.

ފިތުރު އީދު ދުވަހާއި ފިތުރު ޢީދު ދުވަހުގެ ރޭ ކުރިޔަށް ގެންދިޔަ މިމުބާރާތުގައި މިފަހަރު ހަތަރު ޓީމަކުން ބައިވެރިވެފައިވެއެވެ. އެ ޓީމްތަކަކީ ދަ ވެޓެރަންސް، ނުގުޑާނެ، ގުޑާނެ، މާލެޓީމް އެވެ.

ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމް ފައިނަލަށް ދާގޮތަށް ކުރިޔަށް ގެންދިޔަ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައި، ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކުރި ދަ ވެޓެރެންސް އާއި ދެވަނައަށް އެންމެގިނަ ޕޮއިންޓް ހޯދި ނުގުޑާނެ ޓީމެވެ. ނުގުޑާނެ ޓީމަކީ މިދިޔަ އަހަރުގެވެސް ޗެންޕިއަން ޓީމެވެ.

ނުގުޑާނެ އާއި ދަ ވެޓެރަންސް ބައްދަލުކުރި ފައިނަލް މެޗް ދަ ވެޓެރެންސްއިން ކާމިޔާބުކުރީ 3 ލަނޑު 2 ލަނޑުންނެވެ. ފައިނަލް މެޗްގައި ދަ ވެޓެރަންސްގެ ގޯލްތައް ޖަހައިދިނީ ހަސަން އަޝްރަފް ދެ ގޯލް އަހްމަދު ޠަލްހަތު އެއްގޯލެވެ. ނުގުޑާނެ ޓީމުގެ ގޯލްތައް ޖަހައިދިނީ އާދަމް ޒާހިރު އާއި އާދިލް ރަޝީދު އެވެ.

މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނު ކުޅުންތެރިންނަކީ: ހަސަން އަޝްރަފް ( ދަ ވެޓެރަންސް ) އާދަމް ޝަރީފް ( ދަ ވެޓެރަންސް ) އަހްމަދު ޠަލްހަތު ( ދަ ވެޓެރަންސް ) މަސްއޫދު ހަސަން ( ދަ ވެޓެރަންސް ) މުހައްމަދު އަޒުހަރު ( ނުގުޑާނެ ) އެވެ.

ރަނަރަޕް ޓީމް

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.